ސާބިއާ
Republic of Serbia Република Србија / Republika Srbija
|
||||||
---|---|---|---|---|---|---|
|
||||||
Anthem: Боже Правде / Bože Pravde | ||||||
![]() on the European continent (green + dark grey) |
||||||
Capital and largest city | Belgrade 44°48′N 20°28′E / 44.800°N 20.467°E | |||||
Official languages | Serbian1 | |||||
Demonym | Serb, Serbian | |||||
Government | Parliamentary republic | |||||
- | President | Boris Tadić | ||||
- | Prime Minister | Mirko Cvetković | ||||
Establishment | ||||||
- | First independence | 850 | ||||
- | Medieval Kingdom | 1217 | ||||
- | Serbian Empire | 1345 | ||||
- | Independence lost | 14592 | ||||
- | Serbian revolution | 15 February 1804 | ||||
- | Unification with Vojvodina | 25 November 19183 | ||||
- | Independent Republic | 5 June 2006 | ||||
Area | ||||||
- | Total | 88 361 km2 (113th) 34 116 sq mi |
||||
- | Water (%) | 0.13 | ||||
Population | ||||||
- | 2009 estimate | 7,498,001[1] (excl. Kosovo) | ||||
- | Density | 107,46/km2 (94th) 297/sq mi |
||||
GDP (PPP) | 2008 estimate | |||||
- | Total | $79.798 billion[2] (72nd) | ||||
- | Per capita | $10,810[2] (excluding Kosovo) (74th) | ||||
GDP (nominal) | 2008 estimate | |||||
- | Total | $50.061 billion[2] (73rd) | ||||
- | Per capita | $6,782[2] (excluding Kosovo) (70th) | ||||
Gini (2007) | .24 low |
|||||
HDI (2006) | 0.821 very high · 65th |
|||||
ކަރަންސީ | Serbian dinar (RSD) | |||||
Time zone | CET (UTC+1) | |||||
- | Summer (DST) | CEST (UTC+2) | ||||
ޑްރައިވްސް | right | |||||
Calling code | 381 | |||||
އިންޓަރނެޓް ޓީއެލްޑީ | .rs | |||||
1 Albanian, Bosnian, Bulgarian, Bunjevac, Croatian, Hungarian, Romanian, Romany, Rusyn, Slovak, Ukrainian and Vlach[3] are recognized by the ECRML 2 Serbian dynasty, nobility tributed to Hungary until 1540.[4][5] Serbia was briefly reestablished by Jovan Nenad 1526–27. |
ސާބިޔާއަކީ މެދުތެރޭ އަދި އިރުދެކުނު ޔޫރަޕަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
ސާބިޔާގެ ރަސްމީ ބަހަކީ ސާބިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ސާބްސް ނުވަތަ ސާބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބަލްގްރޭޑެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 86 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 88361 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ rs. އެވެ. ކޯލިން ކޯޑަކީ +381 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސާބިޔަން ދީނާރެވެ.
ނަން[އުނިއިތުރު ގެންނަވާ]
ސާބިޔާގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ސާބިޔާއެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
ސާބިޔާގެ އުތުރުގައި އޮތީ ހަންގޭރީއެވެ. އިރުމަތީގައި އޮތީ ރުމޭނިޔާ އާއި ބަލްގޭރިޔާއެވެ. ދެކުނުގައި އޮތީ ރިޕަބްލިކް އޮފް މެސެޑޯނިޔާ އާއި ކޮސޯވޯއެވެ. ހުޅަނގުގައި އޮތީ ކްރޮއޭޝިޔާ އާއި ބޮސްނިޔާހެރްޒެގޮވީނާ އާއި މޮންޓިނީގްރޯއެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
އާސާރީ ހޯދުންތަކުން ދައްކާ ގޮތުގައި ސާބިޔާއަކީ ދިގު އަދި މުއްސަނދި ތާރީޚެއް އޮތް ތަނެކެވެ. މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނުގައި ރޯމަނުން މި ސަރަޙައްދު ފަތަޙަ ކުރުމުގެ ކުރީގައި ވެސް ސާބިޔާގައި މީހުން ދިރިއުޅެމުން އައިސްފައިވެއެވެ. މި ގޮތުން އޭރު ސާބިޔާގައި ވަޒަންވެރިވެފައިވާ އެއް ބަޔަކީ ސެލްތުންނެވެ. ސެލްތުން ވަނީ ސާބިޔާ ސަރަޙައްދުގައި ވަރަށް ގިނަ ކިއްލާތައް ބިނާކޮށް، އެތައް ޝަހަރެއްގެ ބިންގާ އަޅައިފައެވެ. މިއަދުގެ ސާބިޔާ ސަރަޙައްދުގައި ރޯމަން އެމްޕެރަރުންގެ ތެރެއިން މަދުވެގެން 17 ބޭފުޅުން އުފަންވެ ވަޑައިގެންފައިވެއެވެ. މިއީ ވެސް ރޯމަން އެމްޕަޔަރގެ ދުވަސްވަރުގައި މި ސަރަޙައްދުގެ މުހިއްމުކަން ދައްކައިދޭ ހެތްކެކެވެ. ސާބިޔާގެ ދައުލަތެއް ޤާއިމުވުން ގުޅިފައިވަނީ ބަލްކަން ސަރަޙައްދުގައި ދޮން ސާބުން ވަޒަންވެރިވުމާއެވެ. ސާބިޔާގެ މީހުން ނަޞާރާ ކުރުމުގެ އެންމެ ފަހު އަދި އެންމެ ކާމިޔާބު މަސައްކަތްތައް ހިނގާފައިވަނީ ޢީސާއީ މީލާދުގެ 867 އާއި 869 ވަނަ އަަހަރާ ދެމެދުގައެވެ. މީލާދީން 1459 އާއި 1791 ވަނަ އަހަރާ ދެމެދު ސާބިޔާ ސަރަޙައްދުގައި ހިނގާފައިވަނީ އުސްމާނީންގެ ވެރިކަމާއި އޮސްޓްރިޔާ މީހުންގެ ވެރިކަމެވެ. ސާބިޔާގެ އިންޤިލާބާއި މިނިވަންކަމުގެ ޙަރަކާތްތައް ހިނގާފައިވަނީ މީލާދީން 1804 ވަނަ އަހަރާއި 1878 ވަނަ އަހަރާ ދެމެދުގައެވެ. މީލާދީން 1804 ވަނަ އަހަރުން 1817 ވަނަ އަހަރަށް ދެމިގެން ދިޔަ އިންޤިލާބީ ޙަރަކާތަކީ މިއަދުގެ މިނިވަން ސާބިޔާ ޤާއިމުވުމުގެ މައިގަނޑު ސަބަބެވެ. އުސްމާނީންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޅިން ނަޞާރާ އާބާދީއެއް ސުލްޠާންއާ ދެކޮޅަށް ތެދުވީއެވެ. ފުރަތަމަ އިންޤިލާބަށް ފަހުގައި މާ ގިނަ ދުވަހެއް ނުވަނީސް އުސްމާނީން ވަނީ އަނެއްކާ ވެސް މި ސަރަޙައްދުގައި އެމީހުންގެ ވެރިކަން އިޢާދަކޮށްފައެވެ. ސާބިޔާގެ ތާރީޚަށް ބަލާއިރުގައި އެންމެ ފުރަތަމަ މިނިވަން ދައުލަތެއް ޤާއިމުވީ މީލާދީން 850 ގައެވެ. މެދުޒަމާނުގެ ރަސްކަން ފެށިފައިވަނީ މީލާދީން 1217 ގައެވެ. ސާބިޔަން އެމްޕަޔަރ ޤާއިމުވީ 1345 ގައެވެ. ސާބިޔާގެ މިނިވަންކަން ގެއްލުނީ 1459 ގައެވެ. ސާބިޔާގެ އިންޤިލާބުގެ ދުވަހަކީ 15 ފެބުރުއަރީ 1804 އެވެ. ވޮޖްވޮދީނާ އާއި ޔުނިފައިވެފައިވަނީ 25 ނޮވެންބަރު 1918 ގައެވެ. މިނިވަން ޖުމްހޫރިއްޔާއެއްގެ ގޮތުގައި މިހާރުގެ ސާބިޔާ ޤާއިމުވީ 5 ޖޫން 2006 ގައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
ސާބިޔާގެ ރައްޔިތުން ނިސްބަތްވާ ނަސްލުތަކަށް ބަލާއިރުގައި ހަންގޭރީން، ބޮސްނިއާކުން، އަލްބާނީން، ރޯމާ ޖިޕްސީން، ކްރޮއަތުން، ޗެކުން، ސްލޮވެކުން، މެސެޑޯނިޔަނުން، ބަލްގޭރިޔަނުން، ރުމޭނިޔަނުން، ޖަރުމަނުން، ސީނީން، ހިމެނެއެވެ. ރޯމާ ޖިޕްސީންގެ ތެރެއިން 500000 އެއް ހައި މީހުން ސާބިޔާގައި ދިރިއުޅެއެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
ސަގާފަތަށް ބަލާއިރުގައި ސާބިޔާއާ އެންމެ ގާތް ގުޅުމެއް އޮތް އެއް ޤައުމަކީ ރަޝިޔާއެވެ. ސާބިޔާ މީހުންނަކީ “މޯސްޓް ވެސްޓަނައިޒްޑް އޮފް ދަ އީސްޓަން އޮތޮޑޮކްސް ޕީޕަލް” އެވެ. މި ތަޢާރަފުން ސާބިޔާގެ މީހުންގެ ސަގާފީ ގުޅުންތައް ހާމަވެގެންދެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
މުޅި ދުނިޔޭގައި ހައްދާ ރާސްބެރީގެ ތެރެއިން 20% ރާސްބެރީ (ނުވަތަ ތޫތު) ހައްދަނީ ސާބިޔާގައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 10810 ޑޮލަރެވެ.
External links[އުނިއިތުރު ގެންނަވާ]

Serbia އާއި ބެހޭ އިތުރު މައުލޫމާތު ވިކިޕީޑިޔާގެ އެހެނިހެން މަޝްރޫޢުތަކުން ހޯއްދަވާ: | |
---|---|
![]() |
ރަދީފާއި ބަސްނިބޫ |
![]() |
ޓެކްސްޓް ބުކްސް |
![]() |
ބުނުންތައް |
![]() |
އާންމު މަސްދަރުތައް |
![]() |
ފޮޓޯތަކާއި ފައިލްތައް |
![]() |
އާ ވާހަކަތައް |
![]() |
ދަސްކުރުމުގެ މަސްދަރުތައް |
ސަރުކާރުގެ ބައެއް ރަސްމީ ވެބްސައިޓްތައް[އުނިއިތުރު ގެންނަވާ]
- People's Office of Serbian President
- National Bank of Serbia
- National Assembly of Serbia
- President of the Republic of Serbia
- The EU integration Office of Serbian Government
- National Tourism Organisation of Serbia
- Serbian Government
- Republic of Serbia Statistical Office
- Belgrade Travel Guide, Serbia
އެހެނިހެން ފާލަންތައް[އުނިއިތުރު ގެންނަވާ]
- CIA World Factbook profile on Serbia
- Japan Mint: 2006 International Coin Design Competition, Future Designer award -- "Nikola Tesla" by Aleksandra Stokic (Serbia)
- ↑ http://webrzs.stat.gov.rs/axd/index.php
- ↑ 2.0 2.1 2.2 2.3 Cite error: Invalid
<ref>
tag; no text was provided for refs namedimf2
- ↑ http://www.fosserbia.org/view_file.php?file_id=171
- ↑ 03
- ↑ East Central Europe in the Middle Ages, 1000–1500, By Jean W. Sedlar