ސަޒާ (ފިލްމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
ސަޒާ
ފައިލު:Sazaaa.jpg
ސަޒާ ގެ ޕޯސްޓަރެއް
ޑައިރެކްޓަރހުސައިން މުނައްވަރު
ޕްރޮޑިއުސަރފަރިވާ ފިލްމްސް
ލިޔުންތެރިޔާމަހުދީ އަހުމަދު
Starringނިއުމާ މުހައްމަދު
ލުފްޝާން ޝަކީބް
އިސްމާއިލް ރަޝީދު
ފާތިމަތު އާޒިފާ
Music byމުހައްމަދު އިކްރާމް
Cinematographyހުސައިން މުނައްވަރު
Edited byއަލީ މުސްތަފާ ސެމީ
ރިލީޒްކުރި ތާރީޚް
29 މާރޗް 2011
ދިގުމިން
145 މިނެޓް
ބަހުރުވަދިވެހި

މިއީ ފަރިވާ ފިލްމްސް އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އޭޕްރިލް 2010 ގެ ފަހުކޮޅު އުފައްދަން ފަށާފައިވާ ފިލްމެކެވެ. މިފިލްމުގެ ޝޫޓިންގްވަނީ ބ. މާޅޮހުގައި ނަގާ ނިންމާފައެވެ. މިހާރު މިފިލްމުގެ ކުރެވެމުންދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ.

ވާހަކަ[އުނިއިތުރު ގެންނަވާ]

ކިޔަވަން ދުރު އަތޮޅެއްގައި ހުރެފައި ރަށުގައި ޗުއްޓީ ހޭދަކުރާ ރީމާ (ނިއުމާ މުޙައްމަދު) އާއި އެރަށަށް ލޭންޑް ސާރވޭކުރަން މާލެއިން އަންނަ ޒައިދު (ލުފުޝާން ޝަކީބު) އާއި ދިމާވެއެވެ. ނަމަވެސް މި ދެ ޒުވާނުން ދިމާވާ ފުރަތަމަ ދުވަހުވެސް ދެމީހުން ދެމީހުންނަށް ދެކޮޅުވެރިކަން ފާޅުކުރަންފަށައެވެ. އަދި އިސާހިތަކު އެކަކު އަނެކަކަށް ލަނޑުދޭން ފަށައެވެ. ތަފާތު މަޖާ ހާދިސާ ތަކަކަށްފަހު، މި ދެ ޒުވާނުން ލޯބީގެ ގޮތުން ގުޅޭތަނުން، ޒައިދު މާލެއަށް ފުރަންޖެހެއެވެ. އަދި ދެތިން ދުވަހެއްގެތެރޭގައި އެނބުރި އައިސް ރީމާއާއި ކައިވެނީގެ ގޮތުން ގުޅުމަށް ރީމާގެ ގާތުގައި ޒައިދު ވައުދުވެއެވެ.

ނަމަވެސް ޒައިރު އެރަށުން ފުރުމާއެކު، ރީމާއަށް ޒައިދުގެ އެއްވެސް ހަބަރެއްނުވެ ގުޅުން ކެނޑެއެވެ. ޒައިދުއަށް ދެތިންދުވަހަށް ރީމާ ކުރި އިންތިޒާރު، ދެތިން ހަފްތާއަށް ބަދަލުވެ ދެތިން މަހަށް ދެމިގެންދެއެވެ. ޒައިދުއަށް ރީމާ ކުރާ އިންތިޒާރުގައި ރީމާގެ ދިރިއުޅުން ހީވެސް ނުކުރާކަހަލަ ގޮތަކަށް ބަދަލުވެއެވެ. ރީމާގެ ދިރިއުޅުން އެފުއްމިފުށަށް ޖެހެއެވެ. އަދި ލޯތްބައްޓަކައި ރީމާ ކުރި އިންތިޒާރު ކެތްކުރަންދަތި ސަޒާއަކަށް ބަދަލުވެގެން ދެއެވެ.

ސްކްރީންޕްލޭ[އުނިއިތުރު ގެންނަވާ]

މިފިލްމް އުފެއްދުމަށްޓަކައި ފަރިވާ ފިލްމްސް އާއި ކިޑް ޕްރޮޑަކްޝަންގެ ފަރާތުން ގަނެފައިވަނީ ގާނިއަރ މިއަދު ކްރިސްޓަލް އެވޯޑް 2008 ގެ ޓީވީ ޑްރާމާ ސިލްސިލާތަކުގެ ބައިން އެންމެ މޮޅު ވާހަކަ ހާސިލްކޮށްފައިވާ މަރިޔަމް މޫސާ ލިޔެފައިވާ ސްކްރީންޕްލޭއެކެވެ. ފިލްމުގެ ޝޫޓިންގއަށް ބ. މާޅޮހަށް ފުރަން ވަރަށް ގާތްވެފައިވަނިކޮށް، ފިލްމްގެ ޑައިރެކްޓަރު ހުސެއިން މުނައްވަރު މިސްކްރީންޕްލޭ އިތުރަށް ފުރިހަމަކުރުމަށްޓަކައި ތިންވަނަ އަދި ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި އެންމެ މޮޅޫ ސްކްރީންޕްލޭ ހާސިލްކޮށްފައިވާ މަހުދީ އަހުމަދު އާއި ހަވާލުކުރެއެވެ.

މިސްކްރީންޕްލޭ ކިޔުމަށްފަހު، އިތުރަށް ފުރިހަމަކުރުމަށްޓަކައި މުޅި ސްކްރީންޕްލޭއަށާއި، ކެރެކްޓަރ ޑިވެލޮޕްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން މުޅި ސްކްރީންޕްލޭ ލިޔަންޖެހޭކަމަށް މަހުދީ އެންގުމުން، ސްކްރީންޕްލޭ އަލުން ލިޔެދިނުމަށް މުނައްވަރު އެދެއެވެ. ނަމަވެސް އަލުން ސްކްރީންޕްލޭ ލިޔެވޭނީ ގާތްގަނޑަކަށް 15 ދުވަހުން ކަމަށް މަހުދީ ބުނުމުން، ޝޫޓިންގއަށް ފުރުން މުނައްވަރު ލަސްކުރުމަށްފަހު ސްކްރީންޕްލޭ އަލުން ލިޔުމަށް މަހުދީއާއި ހަވާލުކުރެއެވެ.

މަރިޔަމް މޫސަ ލިޔެފައިވާ ސްކްރީންޕްލޭގެ ބޭސިކް ޕްލޮޓް ބޭންދުމަށްފަހު، މުޅި ސްކްރީންޕްލޭއަށް ބޮޑެތި ބަދަލުގެނެސް، އައު ބައިތަކެއް އިތުރުކުރުމަށްފަހު، ކެރެކްޓަރތައް އަލުން ޑިވެލޮޕްކޮށް އަދި ކްލައިމެކްސްއަށް ބޮޑު ޓްވިސްޓެއް ގެނައެމަށްފަހު، ޝޫޓިންގއަށް ފުރޭވަރަށް ސްކްރީންޕްލޭގެ ފުރަތަމަ އަދި ދެވަނަ އެކްޓް ހަފްތާއެއްގެތެރޭގައި މަހުދީ ލިޔެ ނިންމުމަށްފަހު މުނައްވަރާއި ހަވާލުކުރެއެވެ.

ފުރަން 2 ދުވަހަށް ވެފައި އޮއްވާ ކާސްޓިންގ ގެ މައްސަލައެއް މުނައްވަރާ ކުރިމަތިވެއެވެ. ފިލްމުގެ މުހިންމު އެއް ރޯލު ކުޅެން ހަމަޖައްސާފައިވާ އެކްޓަރެއްގެ ފަރާތުން ފިއްތުންތަކެއް ކުރިމަތިވާން ފެށުމުން، ލަފާހޯދުމަށް ފުންނާބު އުސް ފިލްމް އުފެއްދުންތެރިޔާ މުޙައްމަދު ނިޔާޒް ޓެޑްރީ އާއި މުނައްވަރު ބައްދަލުކުރެއެވެ. އަދި ޓެޑްރީގެ ލަފާގެމަތިން، މިއެކްޓަރު ފިލްމުން ވަކި ކުރުމަށްފަހު ލީޑް ރޯލްކުޅެން ހަމަޖައްސާފައިވާ އިސްމާޢީލް ރަޝީދު އަށް އެބައި ދެއެވެ. އަދި ލީޑް ރޯލަށް، ދުވަހަކުވެސް ފީޗަރ ފިލްމެއްގައި ލީޑްރޯލް އަދާކޮށްފައިނުވާ ލުފްޝާން ޝަކީބް ހަމަޖައްސައެވެ.

ކާސްޓިންގގެ މިބޮޑު ބަދަލާއެކު، ސްކްރީންޕްލޭއަށްވެސް މިބަދަލުތައް މަހުދީ ގެނައުމުގެ ނަތީޖާއަކަށްވީ، ސްކްރީންޕްލޭ އިތުރަށް މުއްސަނދިވެ، ސްކްރީންޕްލޭއަށް ލިބިފައިނުވާ ތަފާތުބޮޑު ރަހައެއް އިތުރުވުމެވެ. މި ބަދަލުތަކާއެކު ލިޔެ ނިމިފައިވާ ފުރަތަމަ އަދި ދެވަނަ އެކްޓް ހިފައިގެން ޝޫޓީންގ އަށް ބ. މާޅޮހަށް މުނައްވަރާއި އެނާގެ ކާސްޓް އަދި ކްރޫ ފުރައެވެ. އަދި ޝޫޓިންގ ނިމުމުގެ ކުރިން، ސްކްރީންޕްލޭގެ ތިން ވަނަ އެކްޓް މަހުދީ ލިޔެ ނިންމުމަށްފަހު ބ. މާޅޮހަށް ފޮނުވައެވެ.

ޕްރޮޑަކްޝަން[އުނިއިތުރު ގެންނަވާ]

ޕްރޮޑަކްޝަން ފެށުމައްޓަކާ ފިލްމުގެ ކާސްޓާއި ކްރޫ ބ. މާޅޮހަށް ފުރާފައިވަނީ 22 އޭޕްރިލް 2010 ގައެވެ. އަދި ޕްރިންސިޕަލް ފޮޓޮގްރަފީ ނިންމައިގެން އެނބުރި މާލެ އައިސްފައިވަނީ 26 މެއި 2010 ގައެވެ.

ޕޯސްޓް ޕްރޮޑަކްޝަން[އުނިއިތުރު ގެންނަވާ]

ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތަކަށް އެޑިޓިން އެންމެ ފުރަތަމަ ކުރަންފެށީ ޑިރެކްޓަރ ހުސައިން މުނައްވަރެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް އަވަސްކޮށް އަދި ހަލުވި ކުރުމަށްޓަކައި، ފިލްމުގެ އެޑިޓިންވަނީ 7 ޕްރޮޖެކްޓް ފައިލަށް ބަހާލާފައެވެ. މިގޮތުން ފުރަތަމަ ޕްރޮޖެކްޓް ނިންމުމަށްފަހު، ބާކީ އޮތް 6 ޕްރޮޖެކްޓް އެޑިޓްކުރުމަށްޓަކައި ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި ވާލޯބި އެނގޭނަމަ (ފިލްމް) އިން އެންމެ މޮޅު އެޑިޓަރުގެ ރަން ވަނަ ހާސިލްކޮށްފައިވާ އަލީ މުސްތަފާ ސެމީ އާއި ހަވާލުކުރެވުނެވެ.

ފިލްމުގެ 5 ވަނަ ޕްރޮޖެކްޓް އެޑިޓްކޮށް ނިންމި ތަނުން، ޕްރޮޖެކްޓް ފައިލްގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެފައިލް ހަލާކުވިއެވެ. ނަމަވެސް ޑިރެކްޓަރ މުނައްވަރު ބޭނުންވީ އެޕްރޮޖެކްޓް އަލުން އެޑިޓްނުކޮށް ބާކީ އޮތް 6 އަދި 7 ވަނަ ޕްރެޖެކްޓް ނިންމުމަށްފަހު 1 ވަނަ އަދި 5 ވަނަ ޕްރޮޖެކްޓް އަލުން އެޑިޓްކުރުމަށެވެ. ފަސްވަނަ ޕްރޮޖެކްޓްގެ އެޑިޓިންކުރެވުނުއިރު އެޕްރޮޖެކްޓްގެ ދިގުމިނަކީ 20 މިނެޓެވެ.

22 އޯގަސްޓް 2010 ގައި ސެމީ ވަނީ 7 ވަނަ ޕްރޮޖެކްޓް އެޑިޓްކޮށް ނިންމާފައެވެ. އަދި 1 ވަނަ އަދި 5 ވަނަ ޕްރޮޖެކްޓް އަލުން އެޑިޓްކޮށް ނިންމަން ހަފްތާއެއްވަރު ނަގާނެކަމަށް ސެމީ ލަފާކުރެއެވެ.

އެޑިޓްކުރެވުނު 2 ވަނަ އާއި 3 ވަނަ އަދި 4 ވަނަ ޕްރޮޖެކްޓްގެ ކަލަރ ގްރޭޑިންގ ވަނީ އިޓާނަލް ސްޓޫޑިއޯގައި ހަދަން ފަށާފައެވެ. މިމަސައްކަތް ކުރާ ފަރާތަކީ ރާއްޖޭގެ ފުންނާބު އުސް ޑައިރެކްޓަރ މުޙައްމަދު ނިޔާޒް ޓެޑްރީ އެވެ

10 ސެޕްޓެމްބަރު 2010 ގައި މިފިލްމުގެ އެޑިޓިންގއާއި ޑަބިންވަނީ ނިމިފައި. މިހާރު މިފިލްމުގެ ކުރެވެނީ ކަލަރގްރޭޑިންގގެ މަސައްކަތެވެ.

ފިލްމުގެ މިއުޒިކާއި ސައުންޑްގެ ހުރިހާ މަސައްކަތެއްކޮށްފައިވަނީ ގައުމީ ފިލްމް އެވޯޑް ހާސިލްކޮށްފައިވާ ކާމިޔާބު މިއުޒިކް ކޮމްޕޯޒަރ މުހަންމަދު އިކްރާމް އެވެ.

ރިލީޒްކުރުން[އުނިއިތުރު ގެންނަވާ]

މިފިލްމު ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި ޕްރިމިއަރކޮށްފައިވަނީ 29 މާރޗ 2011 ދުވަހުގެ ރޭ އޮލިމްޕަހުގައެވެ. ފިލްމު ރިލީޒްކޮށްދެއްވީ މާލޭ ސިޓީގެ ފުރަތަމަ މޭޔަރ ސަރަނގު އާދަމް މަނިކެވެ.

ތަރުހީބު[އުނިއިތުރު ގެންނަވާ]

ފިލްމުގެ ޑިރެކްޓަރު އެމްއެންބީސީ ވަން ގެ ފިލްމީ އުދަރެހަށް 8 އޭޕްރިލް 2011 ގައި ދިން ބަސްދީގަތުމެއްގައި އިއުތިރާފްވެފައިވަނީ މިފިލްމު ރިލީޒްކުރުމާއި ހަމައަށް ޓިކެޓް ސޭލްސް އެސްޓިމޭޓްކުރިވަރަށްވުރެ ދަށްކަމަށެވެ. ނަމަވެސް ޕްރިމިއަރ ނައިޓަށްފަހު ޖެހިގެން ފިލްމު ދެއްކި ރޭ، ފިލްމުގެ ހުރިހާ ޓިކެޓެއް ގާތްގަނޑަކަށް ވިކި ހުސްވެ ދެން އައި ރޭތަކުގައި ޓިކެޓް ސޭލްސް ރަނގަޅުވެ ފިލްމުގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. އަދި ވަރަށް ގިނަ ފަރާތްތަކެއްގެ ކޮމެންޓްތަކުން މިއީ ބަލައިލަން ކަމުދާ ހުރިހާ ރަހަތަކެއް ވަރަށް ހަމައަށް ހުރި ފިލްމެއްކަމަށެވެ. އަދި މިފިލްމު އުފެއްދި ފަރާތްތަކުން ބޭނުންވި ގޮތަށް މިފިލްމު ބެލި އެންމެންވެސް ފިލްމު ބަލައިގެން ނުކުތީ އެންޓަޓެއިންވެގެން ކަމަށެވެ.

އަލަށް ލީޑް ރޯލަކުން ފެނުނު ލުފްޝާން ޝަކީބްގެ މަގުބޫލުކަން މިފިލްމުން އިތުރުވެ އަދި އަންހެނުންނަށް އަނިޔާކުރާ އަހަންމާގެ ރޯލު އަދާކޮށްފައިވާ ކޮޕީ އިސްމާއިލް ރަޝީދު އެރޯލް ހުށަހަޅާދީފައިވާލެއް މޮޅުކަމުން ގިނަ ބެލުންތެރިން އަހަންމާ ދެކެ ބިރުގަނެ، ޖެހިލުންވެ އަދި ފޫހިވީކަމަށްވެސްވެއެވެ. އަދި އޭނާގެ 'އޭ ފޯރ އެޕަލް' ޑައިލޮގްކޮޅުވަނީ ދިވެހި ފިލްމީ ތާރީހުގެތެރެއަށް ވަދެފައެވެ. އަދި މީގެ އިތުރުން، ހިތާމަވެރި ރޯލުތަކުން މިހާތަނަށް މަގުބޫލުކަން ހޯދާފައިވާ ނިއުމާ މުހަންމަދު މިފިލްމުގެ އިންޓަވަލްކުރި ބިނާކޮށްފައިވާ ރޮމޭންޓިކް ކޮމެޑީގައި އޭނާގެ ކޮމިކް ޓައިމިންގ މަޖާކަމުން، މިއީ ނިއުމާގެ މުޅީން ތަފާތު އެކްޓިންގެއް ބެލުންތެރިންނަށް އަލަށް ފެނުނު ފުރުސަތެއްގެ ގޮތުގައި ފާހަގަކޮށް އެކަމަށް ތައުރީފްކޮށްފައިވެއެވެ.

ވިޔަފާރި[އުނިއިތުރު ގެންނަވާ]

މިފިލްމަކީ 2011 ވަނަ އަހަރު ނުކުތް އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ. މިފިލްމަށްވަނީ ސުޕަރހިޓްގެ ދަރަޖަ ލިބިފައެވެ.

ލިބުނު އެވޯޑްތައް[އުނިއިތުރު ގެންނަވާ]

އެންޝޯންޓަރ މޯލްޑިވްސް ފިލްމް އެވޯޑްސް 2012 ގެ އޮރިޖިނަލް ސްކްރީންޕްލޭ ވަނީ މިފިލްމްއިން މަހުދީ އަހުމަދު ހާސިލްކޮށްފައެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

  • 'ސަޒާ' ފޭސްބުކް އިން =[1]