ލޭގައި މެޓްހީމަގްލޯބިން އިތުރުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލޭގައި މެޓްހީމަގްލޯބިން އިތުރުވު(methaemoglobinemia)މަކީ ލޭގައި ހުންނަ އުނިކަމެކެވެ. ހީމަގްލޯބިން އަކީ ހަށިގަނޑުގެ އެކިއެކި ގުނަންތަކާއި، ހިސާބުތަކަށް އޮކްސިޖަން އުފުލައިދޭ މާއްދާ އެވެ. ލޭގައި މެޓްހީމަގްލޯބިން އިތުރުވުން ނިސްބަތް ކުރަނީ އާދަޔާ ޚިލާފަށް ލޭގައި މެޓްހީމަގްލޯބިން ގިނަވެ އިތުރުވުމަށެވެ. މިހެންވުމުން ހަށިގަނޑުގެ ޓިޝޫތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ހީމަގްލޯބިން ނުކުޅެދެއެވެ. މެޓްހީމަގްލޯބިން(methaemoglobin) އަކީ ހީމަގްލޯބިން ގެ ވައްތަރެކެވެ. ލޭގައި މަދު މިންވަރަކަށް މެޓްހީމަގްލޯބިން ހުރެއެވެ. އާންމުކޮށް ވެސް ލޭގައި މެޓްހީމަގްލޯބިން %1 އަށްވުރެ މަދުން ނުވަތަ ގާތްގަނޑަކަށް %1 ގައި ހުންނާނެ އެވެ.