ލޭގައި ހިސްޓިޑީން ހުރުން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ލޭގައި ހިސްޓިޑީން ހުރުން (އިނގިރޭސި ބަހުން: Histidinemia) ނުވަތަ ލޭގައި ހިސްޓިޑީން ގިނަވުން އަކީ ވާރުތަކުރާ މެޓަބޮލިކް ޑިސްއޯޑަރ އެކެވެ. މިއީ އެމިނޯ އެސިޑް ހިސްޓިޑީން ގެ މެޓަބޮލިޒަމް ގައި މުހިއްމު ދައުރެއްއަދާކުރާ ހިސްޓިޑޭސް އެންޒައިމް މަދުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ހިސްޓިޑޭސް އެންޒައިމް މަދުވުމުގެ ނަތީޖާ އަކީ ލޭގައި ގިނަ އަދަދަކަށް ހިސްޓިޑީން ހުރުމެވެ. އަދި ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހިސްޓިޑީން، އިމިޑަޒޯލް، އަދި ޕައިރުވިކް އެސިޑް ފަދަ މާއްދާތައް ހަށިގަނޑުން ބޭރުކުރަން ފެށުމެވެ.

ލޭގައި ހިސްޓިޑީން ހުންނަ މީހުންނަށް އެކަމުގެ ސަބަބުން އެއްވެސް އުދަގުލެއް އިހްސާސެއް ނުކުރެވެއެވެ. މާނައަކީ މިއީ އުދަގޫތައް ކުރިމަތިނުވާ ޙާލަތެކެވެ. ލޭގައި ހިސްޓިޑީން ހުރުން ވާރުތަވަނީ އޮޓޯސޯމަލް ރިސެސިވް ޓްރޭޓް އެއްގެ ގޮތުގައެވެ.