ލެފްޓިނަންޓް (ރިޓަޔަރޑް) ޢަލީ ޙަސަން (ޕިޓީ)

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ ލެފްޓިނަންޓް ޢަލީ ޙަސަން (ޕިޓީ) އިން)

ވަނަވަރު[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ޢަލީ ޙަސަން (ސ. ނަންބަރ:69) އަކީ 1959 ވަނައަހަރު އޯގަސްޓް މަހުގެ 3 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 49 އަހަރާއި 11 މަހާ 26 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ ދެމިހުންނެވި ބޭފުޅެކެވެ.

ފުރުއްވި ރޭންކުތައް[އުނިއިތުރު ގެންނަވާ]

އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްކަމާއި، ސްޓާފް ސަރޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ.

ޝަރަފުގެ ނިޝާން[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ޢަލީ ޙަސަން ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާންގެ ގޮތުގައި 6 ކުލައާ 5 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، ސައްތައިގެ މެޑަލް، 3 ނޮވެމްބަރުގެ މެޑަލް ހާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި އަޚްލާޤީ ކުލަ 3 ވަނަ ފަހަރަށް ޙަސިލްކުރުން ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

ޚިދުމަތް ކުރެއްވި ޔުނިޓްތައް[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ޢަލީ ޙަސަންގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި އެކި ފަހަރުމަތީން ޑިއުޓީސެކްޝަނުގައި ޚިދުމަތް ކުރެއްވުމާއި ދޫނިދޫ އާއި ހުޅުލެއާއި ގާމަދޫ އާއި ގިރިފށީގައި ޑިއުޓީ އަދާ ކުރެއްވުމާއި، ހުޅުލޭ ފަޔަރުގައި ޚިދުމަތް ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން މެއިންޓަނަންސް ސެކްޝަގައި ޚިދުމަތް ކުރައްވާފައި ވާކަން ފާހަގަ ކުރެވެއެވެ. ރިޓަޔަރ ކުރެވުނު އިރު ޚިދުމަތް ކުރައްވަމުން ގެންދެވީ އެމް.އެން.ޑީ.އެފް ގެ މިލިޓަރީ އިންޖިނޭރިން ސަރވިސްގެ އޮފިސަރެއްގެ ގޮތުންނެވެ.

ބޮޑެތި މަސައްކަތްތައް[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ޢަލީ ޙަސަން ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި ހުވަދޫ ބަޣާވާތާ ގުޅިގެން ހައްދުންމައްޗަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވުމައި، ހުވަދޫ ބަޣާވާތުގައި ފުވައްމުލަކުގައި ޑިއުޓީއަށް 11 މަސްދުވަސްވާދެން ހުންނެވިކަން ފާހަގަ ކުރެވެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީސަރަހައްދު ބެލެހެއްޓުމުގެ ގޮތުން ޕެޓްރޯލް ދަތުރުތަކުގައި ބައިވެރިވެ ލެއްވުމުގެ އިތުރުން މަގުއްދޫ ފަރަށް އުރުނު ބޯޓެއް ފުންކުރުމާއި، ގާފަރު ބޯޓުގައި ޑިއުޓީ އަދާކުރުމުގެ އިތުރުން ހައްދުންމައްޗަށް ވަދެ އުޅުނު ކޮރެޔާ ބޯޓެއް ހިފުމުގެ ދަތުރުގައި ބައިވެރިވެ ވަޑައިގެންފައި ވެއެވެ. 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގެވަގުތުގައި ސިފައިންގެ މައިމަރުކަޒު ދިފާޢުކުރުމުގައި ދުޝްމިނުންނަ ހަނގުރާމަ ކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ.

ޚިދުމަތުން ރިޓަޔަރ ކުރެއްވުން[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް ޢަލީ ޙަސަން އަކީ ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. ޢަލީ ޙަސަންގެ މަތިވެރި ޚިދުމަތްތަކަކީ، މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުވައިދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.

އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ލެފްޓިނެންޓް ޢަލީ ޙަސަން ރިޓަޔަރ ކުރެއްވުމުން ޢަލީ ޙަސަން ގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.