ލެފްޓިނަންޓް (ރިޓަޔަރޑް) އިބްރާހީީމް ފުއާދު

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ ލެފްޓިނަންޓް އިބްރާހީީމް ފުއާދު އިން)

ވަނަވަރު[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް އިބްރާހީމް ފުއާދު (ސ. ނަންބަރ:62) އަކީ 1959 ވަނައަހަރު ޖުލައިި މަހުގެ 7 ވަނަ ދުވަހުން ފެށިގެން, މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ވޭތުވެ މިދިޔަ 50 އަހަރާއި   24 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ޚިދުމަތް ކުރުންމަތީ  ދެމިހުންނެވި ބޭފުޅެކެވެ.

އަދާކުރެއްވި މަޤާމުތައް[އުނިއިތުރު ގެންނަވާ]

އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސަރޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ. އަދިމީގެ އިތުރުން  ސްޓާފް ސަރޖަންޓް ގެ މަޤާމްވެސް ފުރުއްވިއެވެ.

ޝަރަފުގެ ނިޝާން[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް އިބްރާހީމް ފުއާދު ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން، ޝަރަފުގެނިޝާނުގެ ގޮތުގައި 8 ކުލައާ 6 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑަލްތަކުގެ ތެރޭގައި، އަޚްލާޤީ މެޑަލް، ސިފައިންގެ ޚިދުމަތުގެ މެޑަލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑަލް، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް، ސައްތައިގެ މެޑަލް، 3 ނޮވެމްބަރުގެ މެޑަލް  ހާސިލް ކުރައްވާފައި ވާކަން ފާހަގަ ކުރަމެވެ. ޙާސިލްކުރެއްވި ކުލަތަކުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާގެ ކުލައާއި ޚާއްސަ ޚިދުމަތުގެ ކުލަ އާއި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން ތަފާއެކިއެކި ކަންކަމާގުޅިގެން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ލިޔުއްތައް ޙާސިލްކުރައްވާފައިވާކަން ފާހަގަ ކުރަމެވެ.

ޚިދުމަތް ކުރެއްވި ޔުނިޓްތައް[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް އިބްރާހީމް ފުއާދުގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި، ޑިއުޓީސެކްޝަންގެ އިތުރުން ވިލިގިއްޔާ ދޫނިދޫގެ އިންޖީނުގެ ބެލެހެއްޓުމާއި، ދޫނިދޫގައި ސްލިޕްވޭ އެއްހެދުމުގެ ގޮތުން ކުރެވުނު ބޮޑު މަސައްކަތް ތަކުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ. ރިޓަޔަރ ކުރެވުނު އިރު ޚިދުމަތް ކުރައްވަމުން ގެންދެވީ އީ.އެމް.އީގެ އޮފިސަރެއްގެ ގޮތުންނެވެ.

ބޮޑެތި ޚިދުމަތްތައް[އުނިއިތުރު ގެންނަވާ]

ލެފްޓިނެންޓް އިބްރާހީމް ފުއާދު  ބައިވެރިވެ ވަޑައިގެންނެވި ބޮޑެތި މަސައްކަތް ތަކުގެ ތެރޭގައި، މޯލްޑިވްސްޓާރ ހުވަދޫ ދަތުރުގައި ސިފައިންގެ މީހެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވުމާއި ފޯއްމުލަކު ދިއުޓީ އަދާކުރެއްވުން ހިމެނެއެވެ. އަދި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލަގައި އެވަގުތު ސިފައިންގެއިން ބޭރުގައި ހުންނަވަން ޖެހި ވަޑައިގަތުމުން ސިފައިންގެއިން ބޭރުގައި ތިއްބެވި ސިފައިންގެ އިސްބޭފުޅުންގެ ފަރާތުން އިރުޝާދު ލިބިވަޑައިގެންނެވި ގޮތުގެ މަތީން ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ.

ލެފްޓިނެންޓް އިބްރާހީމް ފުއާދަކީ ސިފައިންގެ ތެރޭގައި މިދެންނެވި ޚިދުމަތްތަކުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުންމަތީ ދެމިހުންނެވި ލާމަސީލު ބޭފުޅެކެވެ. އިބްރާހީމް ފުއާދުގެ މަތިވެރި ޚިދުމަތްތަކަކީ،  މިއަދުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ ފަހުލަވާނުންނާއި މާދަމާ ދިވެހި ސިފައިންގެ ލަޝްކަރުގެ ސަފުތަކާ ގުޅޭ ޒުވާން ދަރިންނަށް ދައްކުވައި ދެއްވި ރީތި މިސާލެއްކަމުގައި ދަންނަވަމެވެ.

ރިޓަޔަރ ކުރެއްވުން[އުނިއިތުރު ގެންނަވާ]

އިސްވެ ދެންނެވުނު އެންމެހައި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން  01 އޯގަސްޓް 2009 ގައި ޝަރަފުވެރި ކަމާއެކު ލެފްޓިނެންޓް އިބްރާހީމް ފުއާދު ރިޓަޔަރ ކުރެއްވުމުން، އިބްރާހީމް ފުއާދު ގެ ވަރުގަދަ ޢަޒުމާ ހިތްވަރަށް، އައްސަރިބަހާއި ސާބަސް ދަންވައި، މަތިވެރި ޚިދުމަތްތަކަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރާއި މުބާރިކުބާދީ އަދާކުރަމެވެ.