ފުސްޠާޠު ( މިސްރު )

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުސްޠާޠު އޮންނަނީ މިޞްރުގައި ވެރިރަށް ޤާހިރާގެ ރަށްބޭރުގައެވެ. ފުސްޠާޠުގެ އިރާއި އުތުރުން ވަނީ މުޤައްޠަމް ފަރުބަދަ އެވެ. ހުޅަގަށް އޮންނަނީ ނީލަކޯރެވެ.

- ހިޖުރައިން 21 ވަނަ އަހަރު ޢަމުރުބުނުލް ޢާޞް މިޞްރު ފަތަހަކުރެއްވުމަށް ފަހު ވެރިކަންކުރާނޭ ރަށެއް ހެދުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ވެރިރަށެއްގެ ގޮތުގައި ފުސްޠާޠު ކަނޑައަޅުއްވައި އެރަށް ބިނާކުރެއްވި އެވެ.

- ފުސްޠާޠު ވެފައިވަނީ މިސްރުގެ ވެރިން އެކި ދުވަސްވަރު ހޭދަކުރައްވާ ނުވަތަ ދިރިއުޅުއްވާ ތަނެއްގެ ގޮތުގައެވެ. ހިޖުރައިން 133ވަނަ އަހަރު އައްބާޞީ ދައުލަތް ފެށިގެން އައި ދުވަސްވަރު ފުސްޠާޠުގައި ޢަސްކަރު ނުވަތަ ކޭމްޕްއެއް ފުސްޠާޠު ގައި ބިނާކުރެވުނެވެ. އައްބާސީ ދައުލަތުގެ ޚަލީފާއިން ދިރިއުޅުއްވީ މިބުނި ޢަސްކަރުގައެވެ. ނަމަވެސް އަހުމަދު ބިން ޠޫލޫން ޤަޠާއިޢު އޭ ކިޔޭ ރަށް ހިޖުރައިން 256ވަނަ އަހަރު ބިނާކުރެއްވުމަށް ފަހު ޠޫލޫންގެ ޒަމާން ނިމެންދެން ވެރިންތައް ހޭދަކުރެއްވީ މިބުނިރަށް ޤަޠާއިޢު ގައެވެ.

- އެއަށްފަހު ފާތިމީ ދައުލަތުގެ ދުވަސްވަރު ޖައުހަރު އައްޞަޤުލީ ޤާހިރާ ބިނާކުރަންދެން މިސްރުގެ ވެރިކަމަށް އިސްވި ބޭފުޅުން އުޅުއްވަމުން އައިސްފައިވަނީ ފުސްޠާޠުގައި ބިނާކުރެވުނު ޢަސްކަރު ގައެވެ.

- ފުސްޠާޠުގައި މިހާރު ހުރި އެންމެ ފާހަގަކޮށްލެވޭ އާޘާރީ ތަނަކީ ޢަމުރުބުނުލް ޢާޞް ގެ މިސްކިތެވެ. މިޞްރުގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިމިސްކިތް ބިނާކުރެއްވީ ޢަމުރުބުނުލް ޢާޞް ހިޖުރައިން 12ވަނަ އަހަރުގައެވެ. މިމިސްކިތަށް ތާޖުލް ޖަވާމިޢު އަދި ޖާމިޢުލް ޢަތީޤު އޭ ވެސް ކިޔައެވެ.