Jump to content

ފިޓްޖެހުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފިޓްޖެހުން(އިނގިރޭސި ބަހުން: Seizer / Epilepsy / fits) އަކީ ކުޑަ ހިނދުކޮޅަކަށް ސިކުނޑިއަށް އަންނަ ކުއްލި ބަދަލުތަކަކާއި ގުޅިގެން މީހާގެ ހަށިގަނޑަށް ގެނެވޭ އާދަޔާ ޚިލާފު ކުއްލި ހަރަކާތެކެވެ. ފިޓްޖެހިގެން އުޅޭ ވަގުތުގައި އާންމު ގޮތެއްގައި ސިކުނޑިއާއި ހަށިގަނޑާއި ދެމެދު އޮންނަ ގުޅުން ނެތިގެން ދެއެވެ. ނުވަތަ ސިކުނޑިއާއި ހަށިގަނޑާއި ދެމެދު އޮންނަ މުއާމަލާތް ކުރުން ހުއްޓިގެން ދެއެވެ.

ފިޓް ޖެހުމުގެ ތަފާތު ގިނަ ވައްތަރު ތަކެއް ވެއެވެ. ބައެއް ފަހަރު ފިޓްޖެހުމުގެ ނުރައްކާތެރި ހާލަތެއް ތަޖުރިބާ ކުރެވެމުންދާއިރު މީހާ ވެއްޓި އަތާއި ފަޔަށް ކުއްލި ހަރަކާތްތަކެއް އާދެއެވެ. މިފަދަ ވަގުތެއްގައި މީހާ ހޭނެތިފައި އޮތުމުގެ ސަބަބުން ވާނުވާނޭގި، އަދި ކަންތައްތައް އިހްސާސެއް ނުކުރެވެއެވެ. މަދު ހާލަތެއްގައި ހަށިގަނޑުނޫވުން އަދި ކުޑަކަމުދެވުން ނުވަތަ ބޮޑު ކަމުދެވުން ފަދަ ކަމެއް މެދުވެރިވާގޮތް ވެއެވެ. މާ ނުރައްކާ ނޫން ފިޓް ޖެހުމުގެ ވައްތަރުތައް ދެމިގެންދަނީ ކުޑަ ހިނދުކޮޅަކަށެވެ. ނުވަތަ މިނިޓެއް ދޮޅު މިނިޓެއް ވަންދެނެވެ.

މިގޮތުން އާންމުކޮށް ފިޓް ޖެހުމުގެ ކުރީގައި މީހާ ކުރަމުން ދިޔަ ކަންތައް ހުއްޓާލައި، އެކަމާ ނުގުޅޭ އާދަޔާ ޚިލާފު ހަރަކާތްތަކެއް އަތާއި ފައިން ކުރެވެން ފެށެއެވެ. ކުދި ފިޓްތައް ތަޖުރިބާ ކުރެވޭއިރު މީހާ ކުރިން ކުރަމުން ގެންދިޔަ ކަންތައް ހުއްޓާލައި ދުރުބަލަން އިނދެވެއެވެ. މިފަދަ ހާލަތް ތަކުގައި މީހާ އަށް ވާނުވާ ނޭގިދެއެވެ. އަދި ފިޓް ޖެހި ނިމުމުން ފިޓް ޖެހުނުކަން ވެސް ނޭގިދެއެވެ.

ބައެއް މީހުންނަށް މިދެވައްތަރު ( ނުރައްކާތެރި، އަދި ނުރައްކާތެރި ނޫން ) ގެ ފިޓްޖެހުން ވެސް ތަޖުރިބާ ކުރެވެއެވެ. އަދި ބައެއް މީހުންނަށް ފިޓްޖެހުމުގެ ނުރައްކާތެރި ނޫން ވައްތަރު ގިނަ ދުވަސްވާވަރަކަށް ނުރައްކާތެރި ވައްތަރަށް ބަދަލުވެގެންދާ ގޮތް ވެސް ވެއެވެ.

ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފިޓް ޖެހެއެވެ. ބައެއް ކުދިންނަށް ކުޑައިރު ފިޓް ޖެހުނު ނަމަވެސް ބޮޑުވުމުން މިފަދަ ކަމެއް ތަޖުރިބާއެއް ނުކުރެވއެވެ. މިއާއި ޚިލާފަށް ނުރައްކާތެރި ނޫން ފިޓް ކުޑައިރު ޖެހި، އަދި އުމުރުން ދުވަސްވާ ވަރަކަށް ނުރައްކާތެރި ނޫން ފިޓް ޖެހެމުން ދެއެވެ. އެކިމީޙުންނަށް ފިޓް ޖެހޭ ވަގުތާއި އަދަދު ތަފާތުވެދެއެވެ. ބައެއް މީހުންނަށް ކޮންމެ ދުވަހަކު ވެސް ފިޓް ޖެހިދާނެއެވެ. އަނެއް ބައި މީޙުންނަށް ކޮންމެ މަހަކު 2 ނުވަތަ 3 ފަހަރު ފިޓް ޖެހެއެވެ.