ފިތުގެ ކެންސަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ފިތް އަކީ ފުރަމޭގެ ދަށުގައި ހަރުލާފައި އޮންނަ ގުނަވަނެކެވެ. މިއީ ފުރަމޭ އިން އުފައްދާ ބައިލް ކިޔާ ފެހިކުލައިގެ ދިޔަ ރައްކާކޮށްދޭ ގުނަވަނެކެވެ. ބައިލްއަކީ ކެއުމުގައި ބޭނުންކުރާ ތެޔޮ އެކުލެވިފައިވާ ކާނާ ހަޖަމުކޮށް ދިނުމަށް އެހީވެދޭ މާއްދާ އެކެވެ. ފިތުގެ ކެންސަރު(އިނގިރޭސި ބަހުން: Gall bladder Cancer) ޖެހުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. އަދި ފިތަށް ކެންސަރު ޖެހިއްޖެނަމަ އެގުނަވަނާ ކައިރީގައިވާ އެހެން ގުނަވަންތަކަށް ވެސް ކެންސަރުގެ އަސަރު ވަރަށް ފަސޭހައިން ފެތުރިގެންދާގޮތް ވެއެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

ފިތުގައި ތަކުރާރުކޮށް ޖަރާސީމް އުފެދުން : ފިތުގައި ޖަރާސީމް އުފެދޭގޮތްވަނީ އެތާގައި ހިލަ އުފެދުމުގެ ސަބަބުންނެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

 • ބަނޑުގައި ވައިހެދި ބަނޑުފުފުން
 • ބަނޑުގައި ރިހުން
 • ބަރުދަން ލުއިވުން
 • ކާހިތްނުވުން
 • ހުންއައުން
 • މޭނުބައިކުރުން
 • ބަނޑުގައި އަތްޖައްސާލުމުން ހަރުތަނެއް އޮންނަކަން އިހްސާސްވުން
 • ކެންސަރު ޖެހި ގިނަ ދުވަސްވުމުން ޖޯންޑިސްޖެހުން

ފަރުވާ[އުނިއިތުރު ގެންނަވާ]

 • އޮޕަރޭޝަން ކުރުން
 • ރޭޑިއޭޝަން ދިނުން
 • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

ނޯޓް:- ފިތުގެ ކެންސަރު ޖެހިފައިވާކަން ގިނަފަހަރަށް އެނގެނީ ބަލިޖެހޭތާ ދުވަސްތަކެއް ފާއިތުވާ ފަހުންނެވެ. އެކަމުގެ ސަބަބުން ބަލި ދެނެގަނެވޭއިރު ބަލީގެ އަސަރު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ހުންނަނީ ފެތުރިފައެވެ. އެހެންކަމުން ކެންސަރު ޖެހިފައިވާ ފިތް އޮޕަރޭޝަންކުރަނީ ހަށިގަނޑުގެ އެކި ހިސާބުތަކަށް ބަލި ފެތުރުމުގެ ކުރިންނެވެ. ނުވަތަ ފަހުގެ މަރުހަލާތަކަށް ބަލީގެ ޙާލަތު ބަދަލުވުމުގެ ކުރިންނެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

 • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005