ފާތިމަތު މޫސާ (ހުސްނުހީނާގެ، ފ.ނިލަންދޫ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފާތިމަތު މޫސާ (ހުސްނުހީނާގެ، ފ.ނިލަންދޫ) އަކީ ނިލަންދޫއަށް ނިސްބަތްވާ ފޫޅުމާ އެކެވެ. ފާތިމަތު މޫސާއަށް ފޫޅުމާކަން ނުވަތަ ބޭކިިިނބިކަމުގެ ތެރެއަށް ލޯހުޅުވިގެން ދިޔައީ އޭނާގެ ދައްތަ ޢާއިޝަތު މޫސާގެ ފުށުންނެވެ. ދައްތަ އަރިހުގައި އެހީތެރިއަކަށް ހުރެ އެންމެ ފަހުން ފާތިމަތު މޫސާ ފޫޅުމާއަކަށް ވެލެއްވީ އެވެ.

ފާތިމަތު މޫސާ އަކީ ވިހެއުމަށްފަހު 40 ވަންދެން ފެންއެޅުމާއި، އަދިވެސް ވިހެއުމަށްފަހު ކޮށްއުޅޭ ބައެއް ފަރުވާތައް ކުރުމުގައި އެކަމަށް އެދޭމީހުންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތެކެވެ.

ފ.ނިލަންދޫގައި ކުރިން އަންހެނުންނަށް ވަކި މިސްކިތެއް ހުރި ދުވަސްވަރު އެމިސްކިތުގައި އިސްވެ ނަމާދު ކުރައްވާ ހެއްދެވިއެވެ. މީގެ އިތުރުން ފާތިމަތު މޫސާ ނުވަތަ ތުއްތު ކަނބުލޮ ދައްތަ އަކީ އެދުރު ދައިތަ އެއް ވެސް މެއެވެ. ދަނޑުވެރިކަން ވެސް ކޮންމެވެސް މިންވަރަކަށް ކުރެއްވި އެވެ.

ރަށުގެ އަންހެނުން ކުރާ މަސައްކަތްތަކުގައި ތުއްތު ކަނބުލޮ ދައްތަމެންގެ ރަން ދުވަސްވަރު ވަރަށް ހީވާގި ކަމާއެކު ބައިވެރިވެ، އިސް ދައުރެއްވަނީ އަދާކޮށްފައެވެ. އަދި މިހާރު ވެސް އަންހެނުން ރަށުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކުގައި ވަރަށް ފުރިހަމައަށް ބައިވެރިވާކަމަށް ވެއެވެ. ދަރިން ޢަބުދުއްނާޞިރު އިސްމާޢީލް ތުއްތު ކަނބުލޮ ދައްތަގެ ދަރިންގެ ތެރެއިން ޢަބުދުއް ނާޞިރު އިސްމާޢީލަކީ ރަށުގައި ގާއިމްވެ ޚިދުމަތް ނުދެއްވި ނަމަވެސް ރަށަށް އެކިގޮތް ގޮތުން ޚިދުމަތްތަކާއި އެހީތައް ވެދެއްވާފައިވާ ފަރާތެކެވެ. ފ.އ.ތ.މ ގެ ލައިބްރަރީއަށް ވަނީ އެތައް ފޮތްތަކެއް ހަދިޔާކޮށް އެލައިބްރަރީ ޢިލްމީ ގޮތުން މުއްސަދި ކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން ބައެއް ވައްތަރުގެ މެޝިންތައް ވެސް ކުރިން ފ.އ.ތ.މ އަށް ހޯއްދަވާ ދެއްވާފައި ވެއެވެ.

ފަރީދާ އިސްމާޢީލް ފަރީދާ އަކީ ވެސް ގައުމަށް ޚިދުމަތް ކުރުމުގައި ފައިތިލަ ސާބިތުކޮށްފައިވާ ތަޢުލީމީ ޒުވާނެއްކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ. ފަރީދާގެ ޢިލްމީ ހުނަރު ސުކޫލު ދައުރުއްސުރެ ވަނީ ފާހަގަ ކުރެވިފައެވެ. މަދަރުސަތުލް އަމީރު އަހުމަދުގައި ކިޔެވި ދުވަސްވަރު ސްކޫލް ވައިސް ކެޕްޓަންކަން ކުރުމުގެ އިތުރުން އެސުކޫލްގެ ގިނަ ހަރަކާތްތަކުގައި އިސްދައުރެއް އަދާކޮށްފައި ވެއެވެ. އެއަށްފަހު ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ ހިންގި ކޯހެއްގައި ބައިވެރިވެ، އެކޯހުން 1ވަނަ ޙާޞިލްކޮށްފައި ވެއެވެ. މިއަދު ފަރީދާ މަސައްކަތް ކުރައްވަނީ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ކަމުގައިވާ ދިރާޤު ގައެވެ.

އެހެންދަރިން މުހައްމަދު ނަޞީރަކީ ޓީއެމްއޭގެ އެއާކްރާފްޓް އިންޖިނޭރެކެވެ. އަމީނާ އިސްމާޢީލް އަކީ ފ.އ.ތ.މ ގައި ކިޔަވާ ދެއްވާ ސާނަވީ އިސްލާމް ޓީޗަރެކެވެ. މުއުމިނާ އިސްމާޢީލް އަކީ ސުކޫލްގެ އިދާރީ ބައިގައި މަސައްކަތް ކުރައްވާ ހީވާގި މުވައްޒަފެކެވެ.