ފާނަ ބަސަނދު
Appearance
ފާނަ ބަސަނދު (އިނގިރޭސި ބަހުން: Chicken pox)އަކީ ހަމުގެ ބައްޔެކެވެ. މިއީވަރަށް އަވަހަށް ފެތުރޭ ބައްޔެކެވެ. މިބަލީގެ ފަނި، ހަށިގަނޑަށް ވަންނަތާ 11 ދުވަހާ 81 ދުވަހާ ދޭތެރޭގައި ގަދައަށް ހުން އާދެއެވެ. ހުން އަންނަތާ 42 ގަޑިއިރުގެ ތެރޭގައި ރަތްކުލައިގެ ބިހިތަކެއް ނަގައެވެ. މިބިހިތައް ބޮޑެތިވެ ފޮޅުތަކަކަށް ބަދަލުވެ، ކުރަމަގާލިލައި، 21 ދުވަސް ފަހުން ކުރަމަގާލިތައް ނެއްޓިދެއެވެ.
ފާނަ ބަސަނދު އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ ޢާންމުކޮށް ކުޑަކުދިންގެ މެދުގައި ފެތުރޭ ނުރައްކާތެރި ބައްޔެކެވެ.
ފާނަ ބަސަނދު ޖެހެނީ ވެރިސެއްލާ ޒޯސްޓަރ(އިނގިރޭސި ބަހުން: Varicella zoster) ކިޔާ ވައިރަސް އެއްގެ ސަބަބުންނެވެ.