ފައިޞަލް ނަސީމް
ފައިޞަލް ނަސީމް | |
|---|---|
ފައިޞަލް ނަސީމް، 2018 | |
| ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު | |
މަޤާމުގައި 17 ނޮވެންބަރު 2018 – 17 ނޮވެންބަރު 2023 | |
| ރައީސް | އިބްރާހީމް މުޙައްމަދު ޞާލިޙް |
| ކުރިން ހުންނެވީ | ޢަބްދުﷲ ޖިހާދު |
| ފަހުން ވަޑައިގަތީ | |
| ރައްޔިތުންގެ މަޖިލީހުގެ މެންބަރު | |
މަޤާމުގައި 28 މޭ 2014 – 16 ނޮވެންބަރު 2018 | |
| ރައީސް | ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| މަޖިލީހުގެ ރައީސް | ޢަބްދުﷲ މަސީޙު މުޙައްމަދު ޤާސިމް އިބްރާހީމް |
| ކުރިން ހުންނެވީ | ޢަބްދުﷲ ޖާބިރު |
| ފަހުން ވަޑައިގަތީ | ޢަބްދުﷲ ޖާބިރު |
| ދާއިރާ | ކާށިދޫ ދާއިރާ |
| އުފަންވީ | 20 ޖުލައި 1973 ފުވައްމުލައް (ޏ. އަތޮޅު)، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (2024 އިން ފެށިގެން) |
| އެހެނިހެން ސިޔާސީ ގުޅުންތައް | ޖުމްހޫރީ ޕާޓީ (2008 - 2024) |
| މަތީތަޢުލީމު | ޔުނިވަރސިޓީ އޮފް ބާރމިންގހަމް، އިނގިރޭސިވިލާތް ކާޑިފް މެޓްރެޕޮލިޓަން ޔުނިވަރސިޓީ، އިނގިރޭސިވިލާތް |
ފައިޞަލް ނަސީމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1973ވަނަ އަހަރުގެ ޖުލައި މަހުގެ 20ވަނަ ދުވަހުއެވެ. އެ މަނިކުފާނަކީ 2018ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަޤާމު އަދާކުރައްވައިފައިވާ ބޭފުޅެކެވެ.
ފައިޞަލް ނަސީމް ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ އިނގިރޭސިވިލާތުގެ ދަ ޔުނިވަރސިޓީ އޮފް ބާރމިންގހަމްގައި ހޮސްޕިޓާލިޓީއާއި ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިންނެވެ. މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވީ އިނގިރޭސިވިލާތުގެ ކާޑިފް މެޓްރެޕޮލިޓަން ޔުނިވަރސިޓީގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
އިނގިރޭސިވިލާތަށް ކިޔަވައިވިދާޅުވާން ވަޑައިގަތުމުގެ ކުރީގައި ފައިޞަލް ނަސީމް ވަނީ ޚިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެގޮތުން އެސިސްޓަންޓް މެނޭޖަރުކަމުގެ މަޤާމުން ފެށިގެން ޖެނެރަލް މެނޭޖަރުކަމާ ހަމައަށް ތަފާތު މަޤާމުތައް އަދާކުރައްވައިފައިވެއެވެ.
ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތީ ޤާނޫނުއަސާސީ ޑްރާފްޓްކުުރެއްވި މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމުގެ މަޤާމުން 2004ވަނަ އަހަރުގައެވެ. 2008ވަނަ އަހަރާ ހަމައަށް އެ މަޤާމު އަދާކުރެއްވިއެވެ. ސިޔާސީ ކަންތައްތަކާ ދުރުގައި 5 ވަރަކަށް އަހަރު ހޭދަކުރެއްވުމަށް ފަހު އަލުން އެ ދާއިރާއަށް ވަދެވަޑައިގަތީ 2014ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަމުންނެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންގމޭޓަކަށް ފައިޞަލް ނަސީމް ހަމަޖެއްސެވިއެވެ. އެ އިންތިޚާބުގައި އެ ދެ ބޭފުޅުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވިއެވެ.
ފައިޞަލް ނަސީމް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ ހުވާކުރެއްވީ 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުއެވެ.
2022 ފެބުރުވަރީ 25ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރެއްވުމާ ގުޅިގެން 3 ގަޑިއިރާ 30 ވަރަކަށް މިނިޓު ވަންދެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ފައިޞަލް ނަސީމް ޙަވާލުވެވަޑައިގެންފައިވެއެވެ.
| ކުރިން ހުންނެވީ: | ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު
2018 - 2023 |
ފަހުން ވަޑައިގަތީ: |