ފަންވަތް:Featured article/2012-09

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުހައްމަދު

މުޙައްމަދުގެފާނަކީ (ޢަރަބިބަހުން: محمد) މުސްލިމުންގެ ގާތުގައި ގެ ރަސޫލެކެވެ. ނަބީކަން ޚަތިމް ކުރެއްވި ކަލޭގެފަނެވެ. ހުޅަނގުގެ ތާރީޚު ޢިލްމުވެރިންގެ ގާތުގައި އެކަލޭގެފާނަކީ އިސްލާމީ ތާރީޚުގެ ބާނީއެވެ.

ގިނަ ތާރީޚީ ލިޔުން ތަކުން ހެކި ލިބޭ ގޮތުގައި މުޙައްމަދުގެފާނު އުފަންވެ ވަޑައިގަތީ މީލާދީން 571 ވަނަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ އަށް ވީ ހޯމަ ދުވަހުއެވެ. މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ހޯމަ ދުވަހެއްގައިކަން ތާރީޚު ޢިލްމުވެރިން އިއްތިފާޤުވެއެވެ.

އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރީގައިބައްޕާފުޅު އަވަހާރަވެއްޖެއެވެ. އެހެންކަމުން މުޙައްމަދުގެފާނު އުފަންވެވަޑައިގަތީ ޔަތީމު ބޭފުޅެއްގެ ގޮތުގައެވެ. ޢުމުރުފުޅުން އެއްމެ 6 އަހަރުފުޅުގައި މަންމާފުޅު ވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ބެއްލެވުމުގެ ޒިއްމާ އުފުއްލަވަން ފެއްޓެވީ ކާފާފުޅެވެ. ޢުމުރުފުޅުން 8 އަހަރަށް އަޅައިގަތް އިރު ކާފާފުޅުވެސް އަވަހާރަވެއްޖެއެވެ. ދެން އެކަލޭގެފާނު ގެންގުޅުއްވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނެވެ. މުޙައްމަދުގެފާނަށް ވަޙީ ބާވާލެއްވުނީ އެކަލޭގެފާނުގެ ޢުމުރުފުޅުން 40 އަހަރުގައެވެ. ޙިރާ ފަރުބަދައިގެ ހޮޙޮޅައިގެ ތެރޭގައި އިންނަވަނިކޮށެވެ. ފުރަތަމަ ބާވާލެއްވުނީ ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. މީގެ ތިން އަހަރު ފަހުން އެކަލޭގެފާނު ފައުޅުގައި މީސްތަކުންނަށް ވަޙީ ވިދާޅުވެދެއްވައި ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. އަދި އިތުރަށް...