ފަންވަތް:Did you know/2010-03

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • ފުރިހަމަ ޞިއްޙަތެއްގައި ހުންނަ މީހެއްގެ ހަށިގަނޑުގައި ދުވާލެއްގެ މައްޗަށް 440 ގެލަންގެ ލޭ، ގުރުދާ ހުރަސްކޮށް ދައުރުކުރެއެވެ. އަދި 1.5 ލިޓަރުގެ ކުޑަކަމުދާ ތަކެތި ދުވާލެއްގެ މައްޗަށް ކުޑަކަމުދާ ނިޒާމް އިން އުފައްދައެވެ.
  • ކޮންމެ 15-10 ސިކުންތުގެ ތެރޭގައި ކުޑަކަމުދާ ތަކެތީގެ ކުޑަކުޑަ މިންވަރެއް ގުރުދާ އިން މަސާނާއަށް ފޮނުވާލައެވެ.
  • އިންސާނާގެ މަސާނާގައި 2 ޖޯޑް މިންވަރުގެ ކުޑަކަމުދާ ތަކެތި 5-2ގަޑިއިރާއި ދެމެދުގެ މުއްދަތަކަށް ރައްކާކޮށްފައި ބަހައްޓައިދެއެވެ.
  • ކުޑަކަމުދާ ތަކެތީގައި ހިމެނޭ ޔޫރިއާ އަކީ ގަސްތަކަށް ބޭނުންވާ ނައިޓްރޯޖަން ވަރަށް މުއްސަދި މަޞްދަރެކެވެ. އެހެން ކަމުން މުށީގައި ހައްދާފައި ހުންނަ ގަސްތަކަށް ކުޑަކަމުދާ ތަކެތި ފެނާއި އެއްކޮށްގެން ފެންދޭ އުޞޫލުން ގަސްތަކަށް އެޅިދާނެއެވެ.
  • ކޮންމެ ގުރުދާ އެއްގެ ތެރޭގައި ގާތްގަނޑަކަށް 1 މިލިޔަން ނެފްރޯން ހުރެއެވެ.
  • ގުރުދާ އާއި މަސާނާ ގުޅުވައިދޭ ހޮޅި ގުރުތާ ގެ ދިގުމިނަކީ 10-8 އިންޗި ވަރެވެ.
  • އަންހެނެއްގެ ކުޑަކަމުދާ ހޮޅިގެ ދިގުމިނުގައި 1 ނުވަތަ 2 އިންޗި ވަރު ހުންނައިރު ފިރިހެނުންގެ ކުޑަކަމުދާ ހޮޅީގެ ދިގުމިނުގައި 8 އިންޗި ވަރު ހުރެއެވެ.