މެމްބަރު:Maaldheefee/އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް
|
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަކީ: އިސްލާމީ ޝަރީޢަތް އޭގެ މައްޗަށް ބިނާވެފައިވާ ދަލީލުތަކެވެ. ގިނަ ފިރުޤާތަކުގެ މެދުގައި އެއްބަސްވެވޭ ދަލީލުތަކާއި، އިޚްތިލާފުވެވޭ ދަލީލުތައް ވެއެވެ. ޤުރްއާނާއި ސުންނަތަކީ އެހެން މަޞްދަރުތަކުގެ އަޞްލެވެ. އޭގެ ފަހުން އަންނަނީ އިޖްމާޢު އަދި ޤިޔާސްއެވެ. މި ހަތަރު މަޞްދަރަކީ ޖުމްހޫރު ޢިލްމުވެރިންގެ މެދުގައި އެއްބަސްވެވިފައިވާ ޝަރުޢީ އަޞްލުތަކެވެ.
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް
[އުނިއިތުރު ގެންނަވާ]ޝަރީޢަތަކީ: ”الله އެކަލާނގެ ނަބިއްޔާގެ ދޫފުޅުމަތިން އަންގަވާފައިވާ ޙުކުމްތަކެވެ.“
އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޞްދަރަކީ ﷲ ތަޢާލާގެ ހަޟްރަތުން، އެކަލާނގެ ރަސޫލާ ﷺ މެދުވެރިކުރައްވައިގެން އައިސްފައިވާ ތަކެއްޗެވެ. އެއީ ޤުރްއާނާއި ޙަދީޘެވެ. އެ ދެއެއްޗަކީ ވަޙީއެވެ. އަދި އެ ދެއެއްޗަކީ އެހެން ޝަރުޢީ ދަލީލުތައް އެއަށް ރުޖޫޢަވާ، އެއަށް ބަރޯސާވާ ދެ މަޞްދަރެވެ. ނަމަވެސް ޤުރްއާނާއި ޙަދީޘުގައި އިޖުމާލީކޮށް ނުވަތަ ފުޅާކޮށް ބަޔާންވެގެންވާ ޝަރުޢީ ޙުކުމްތަކެއް ވެއެވެ. އެހެންކަމުން، އިޖްތިހާދުގެ ގޮތުން ޝަރުޢީ ޙުކުމްތައް ދަލީލުތަކުން ނެގުމަށްޓަކައި ދަލީލުތަކެއް އޮތުން ލާޒިމުވެއެވެ. މި ދަލީލުތަކަށް ކިޔަނީ އުޞޫލުލް އަޙްކާމެވެ. އަދި މިއީ އުޞޫލުލް ފިޤުހު ޢިލްމުގައި ބަޙުޘުކުރެވޭ ދަލީލުތަކެވެ.
ޝަރުޢީ ދަލީދުތަކުގެ މަފްހޫމް
[އުނިއިތުރު ގެންނަވާ]ބަހަވީ ގޮތުން ދަލީލަކީ: މަގުދައްކައިދޭ އަދި އިރުޝާދުދޭ ފަރާތެވެ.[1]
ޝަރުޢީ ދަލީލުތަކަކީ: އެއިން ޝަރުޢީ ޙުކުމްތައް ނެރެވޭ، ފިޤުހުގެ އިޖުމާލީ ދަލީލުތަކެވެ. އަދި އުޞޫލުލް ފިޤުހުގެ ޢިލްމުވެރިންގެ އަރިހުގައި އެއީ: ޞައްޙަ ނަޒަރަކުން ބެލުމުން ޚަބަރީ މަޤްޞަދަކަށް ވާޞިލުވެވޭ އެއްޗެކެވެ.[2]
އިސްލާމީ ޝަރީޢަތުގެ އެއްބަސްވެވިފައިވާ މަޞްދަރުތައް
[އުނިއިތުރު ގެންނަވާ]ކީރިތި ޤުރްއާން
[އުނިއިތުރު ގެންނަވާ]އެއީ ތަޝްރީޢުގެ އެންމެ ފުރަތަމަ މަޞްދަރެވެ.[3] އޭގައި ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތައް ހިމެނެއެވެ. އެއީ ހަލާލާއި ހަރާމްގެ މައްޗަށެވެ. އޭގެ ގިނަ ހުކުމްތައް ވަނީ ޝަރީޢަތުގެ މަޤްޞަދުތަކަށް[4] އިޝާރާތްކުރާ ގޮތަށް އިޖުމާލީކޮށެވެ. ޤުރްއާނަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިންމު މަޞްދަރެވެ. އެއީ ހުރިހާ ކަމެއްގެ ބަޔާނެކެވެ. އެހެނީ އެއީ ކޮންމެ ޤާނޫނަކަށާއި ނިޒާމަކަށް ކޮންމެހެން ބޭނުންވާ ހުރިހާ ހާލަތްތަކަކާއި ޤަވާޢިދުތަކެއް ހިމެނޭ އެއްޗެކެވެ. އެގޮތުން އިންސާފު ޤާއިމުކުރުމާއި ހަމަހަމަކަމާއި ޝޫރާ އަދި ދަތިކަން ނައްތާލުމާއި ގެއްލުން ދުރުކުރުމާއި ޙައްޤުތައް އޭގެ ވެރިފަރާތްތަކަށް ދިނުމާއި އަމާނާތްތައް އޭގެ އަހުލުވެރިންނާ ހަވާލުކުރުމާއި މުހިންމު ކަންތައްތައް ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވުން ފަދަ ކަންތައްތައް ހިމެނެއެވެ.[5]
ނަބަވީ ސުންނަތް
[އުނިއިތުރު ގެންނަވާ]ޝަރީޢަތް ބިނާވެގެންވަނީ ދެ އަޞްލެއްގެ މައްޗަށެވެ. އެއީ: ޤުރުއާން އާއި ސުންނަތެވެ. ފަހެ ސުންނަތް އިންކާރުކޮށްފި މީހަކު ދީން މުގުރާލައިފިއެވެ. ސުންނަތް އޮންނަނީ ޝަރީޢަތް ކަނޑައެޅުމުގައި މުސްތަޤިއްލުކޮށް ނުވަތަ ޤުރުއާން ތަފްސީރުކޮށްދީ ބަޔާންކޮށްދީ، އޭގެ މުޠުލަޤު މުޤައްޔަދުކޮށް، އޭގެ ޢާންމު ޚާއްޞަކޮށްދިނުމުގައެވެ.[6]
ސުންނަތުގެ މާނައަކީ: "އެއީ ރަސޫލުالله ފަންވަތް:صلى الله عليه وسلم 2 ގެ އަރިހުން ސަނަދުތަކުގެ ޞައްޙަކަމާއެކު، ރިވާކުރާ ރާވީންގެ ޘިޤާތްކަމާއެކު، އަދި މާނައިގެ ޞައްޙަކަމާއެކު، އެހެން ޝަރުޢީ އަޞްލުތަކާ ފުށުނާރާ ގޮތަށް ރިވާޔަތުގެ ގޮތުން ޞައްޙަވެގެން އައި ކޮންމެ އެއްޗެކެވެ،[7]
އަދި މުސްލިމުން އިއްތިފާޤުވެފައިވަނީ ރަސޫލުاللهގެ އަރިހުން ޝަރީޢަތުގެ ކަންކަމުގައި ނުވަތަ ވެރިކަމާއި ޤަޟާގެ ކަންކަމުގައި އައިސްފައިވާ ބަސްފުޅެއް ނުވަތަ ޢަމަލުފުޅެއް ނުވަތަ ތަޤުރީރުފުޅެއް ޞައްޙަ ސަނަދަކުން އަހުރެމެންނާ ހަމައަށް ގެނެވިފައިވާނަމަ، އެއީ މުސްލިމުންގެ މައްޗަށް ޙުއްޖަތެއް ކަމަށާއި، އަދި އެއީ މުޖުތަހިދުން މުކައްލަފުންގެ ޢަމަލުތަކުގެ ޝަރުޢީ ޙުކުމްތައް ނެރުމަށް ބޭނުންކުރާ ޝަރުޢީ މަޞްދަރެއްކަމަށެވެ. އެހެންކަމުން ނަބަވީ ސުންނަތަކީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން ދެވަނަ މަޞްދަރެވެ. އަދި އޭގެ މަޤާމަކީ ޤުރުއާނުގެ މަޤާމުގެ ފަހުގެ މަޤާމެކެވެ. އަދި ޤުރުއާނަށް ތަބަޢަވުން ވާޖިބުވާ ފަދައިން ސުންނަތަށް ތަބަޢަވުންވެސް ވާޖިބުވެގެންވެއެވެ.[8]
އިޖްމާޢު
[އުނިއިތުރު ގެންނަވާ]އެއީ: މުޙައްމަދު ފަންވަތް:صلى الله عليه وآله وسلم އަވަހާރަވުމަށްފަހު، ދީނުގެ ކަންކަމުގެ ތެރެއިން ކޮންމެ ކަމެއްގައި އެ ޒަމާނެއްގެ މުޖުތަހިދު ޢިލްމުވެރިން އިއްތިފާޤުވުމެވެ.[9]
ފަހެ، ކަމެއް ހިނގައި އެކަމެއް އިސްލާމީ އުއްމަތުގެ ހުރިހާ މުޖުތަހިދުންނަށް އެކަން ހިނގި ވަގުތު ހުށަހެޅި، އެކަމުގައި އެބޭކަލުން ޙުކުމެއްގައި އިއްތިފާޤުވެއްޖެނަމަ، އެބޭކަލުންގެ އިއްތިފާޤަށް އިޖުމާޢޭ ކިޔޭނެއެވެ. އަދި އެކަމުގައި އެއް ޙުކުމެއްގައި އެބޭކަލުންގެ އިޖުމާޢުވުމަކީ ހިނގި ކަމުގައި ޝަރުޢީ ޙުކުމަކީ މިއީ ކަމުގެ ދަލީލެއްކަމުގައި ބެލެވޭނެއެވެ. ތަޢުރީފުގައި ރަސޫލުالله އަވަހާރަވުމަށްފަހު ކަމަށް ބުނެފައިވަނީ، އެހެނީ ރަސޫލުالله ދުނިޔޭގައި ހުންނެވި ދުވަސްވަރު ޝަރުޢީ ކަންކަމުގައި ހަމައެކަނި މަރްޖިޢަކީ އެކަލޭގެފާނު ކަމަށްވާތީއެވެ. އެހެންކަމުން ޝަރުޢީ ޙުކުމެއްގައި އިޚްތިލާފެއް އަދި އިއްތިފާޤެއްވެސް އޮތުމަކީ މުސްތަޙީލުކަމެކެވެ. އަދި އިއްތިފާޤެއް އޮންނާނީ ޢަދަދެއްގެ މެދުގައިކަމަށްވާތީއެވެ.[10]
އަދި އިޖުމާޢަކީ ޢާދައިގެ ގޮތުން ވެދާނެކަމެކެވެ. އެއީ އެތައް މިސާލެއްގައި އެކަން ހިނގާފައިވާތީއެވެ. އޭގެ ތެރޭގައި: ދަރިފުޅު ހުރެ ދަރިފުޅުގެ ދަރިފުޅު ޙަޖުބުވުމާއި، ވަޞިއްޔަތުގެ މައްޗަށް ދަރަނި އިސްކުރުމާއި، ވުޟޫކުރުމުގައި ދޮވުމާއި ފެންފޮހުމުގައި ވާޖިބުވެގެންވަނީ އެއްފަހަރު ކަމާއި، އޫރުމަހުގެ ސަރުބީ އޭގެ މަސް ފަދައިން ޙަރާމްވުން ހިމެނެއެވެ.[11]
ޤިޔާސް
[އުނިއިތުރު ގެންނަވާ]އެއީ: ޙުކުމެއްގައި ނައްޞު އައިސްފައިވާ ކަމަކާ، ނައްޞު ނުވާ ކަމެއް، އެ ޙުކުމުގެ ޢިއްލަތުގައި ދެ ކަން އެއްގޮތްވުމުގެ ސަބަބުން ހަމަހަމަކުރުމެވެ. އަދި މިއީ ނައްޞު ނުވާ ކަމެއްގެ ޙުކުމް އިސްތިންބާޠުކުރުމަށް މުޖުތަހިދު ޢިލްމުވެރިޔާ އެންމެ ފުރަތަމަ ލެނބޭ މަގެވެ. އަދި މިއީ އިސްތިންބާޠުކުރުމުގެ އެންމެ ސާފު އަދި އެންމެ ވަރުގަދަ މަގެވެ.[12]
ޚުލާޞާއަކީ: "ފަހެ، ފުރަތަމަ ތިން މަޞްދަރުކަމުގައިވާ ފޮތާއި ސުންނަތާއި އިޖުމާޢުގައި މުޖުތަހިދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. އަދި ހަތަރުވަނަ މަޞްދަރު (ޤިޔާސް) ގައިވެސް ހަތަރު މަޛްހަބުގެ ފިޤުހުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ.[13]
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތެރެއިން އިޚްތިލާފުވެވޭ މަޞްދަރުތައް
[އުނިއިތުރު ގެންނަވާ]ޢުރުފު
[އުނިއިތުރު ގެންނަވާ]އެއީ: ބުއްދީގެ ގޮތުން ނަފްސުތަކުގައި އަށަގެންފައިވާ، އަދި ސާފު ސީދާ ޠަބީޢަތްތަކުން ބަލައިގަންނަ ކަންތައްތަކެވެ.[14] އެއީ ގިނަ މީހުން އެކަމަކަށް އާދަވެ، އެމީހުންގެ މެދުގައި ބޭނުންކުރާ ޢިބާރާތްތަކާއި، ވާހަކަދެއްކުމުގެ އުސްލޫބުތަކާއި، އަދި އެމީހުން އެއްބަސްވާ ޢަމަލުތަކާއި، މުޢާމަލާތްތަކުގެ ކަންކަމުގައި އާދަކާދައިގެ ގޮތުގައި ކުރާ ކަންތައްތަކުގެ ތެރެއިން، އެކަމެއް ނަފީކުރުމަށް ނުވަތަ ސާބިތުކުރުމަށް ޝަރުޢީ ދަލީލެއް ނެތް ކަންތައްތަކެވެ.[15]
"އެއީ: ޢަޤުލުގެ ގޮތުން ހިތްތަކުގައި އަށަގެންފައިވާ، އަދި ސަލާމަތް ޠަބީޢަތްތަކުން ޤަބޫލުކުރާ ކަންކަމެވެ.[16] އަދި އެއީ ގިނަ މީހުން ދަންނަ، އަދި މުޢާމަލާތުކުރުމުގެ ވަސީލަތްތަކާއި، ވާހަކަދެއްކުމާއި މުޚާޠަބުކުރުމުގެ އުސްލޫބުތަކާއި، އަދި އެބައިމީހުން އެއްބަސްވެ، ޢަމަލުކޮށް، މުޢާމަލާތުކުރުމުގައި ޢާދަކޮށްފައިވާ ކަންކަމެވެ. އަދި އެއީ އެކަމެއް ނަފީކުރުމަށް ނުވަތަ ޘާބިތުކުރުމަށް ޝަރުޢީ ދަލީލެއް ނުވާ ކަންކަމެވެ.[17]
އިސްތިޞްޙާބު
[އުނިއިތުރު ގެންނަވާ]"އެއީ: އެއްޗެއްގެ މައްޗަށް ކުރިން އޮތް ޙާލަތަށް ޙުކުމްކުރުމެވެ. އެއީ އެ ޙާލަތު ބަދަލުވެއްޖެކަމުގެ ދަލީލެއް ޤާއިމުވަންދެނެވެ. ނުވަތަ އެއީ މާޟީގައި ޘާބިތުވެފައިވާ ޙުކުމް، އެ ޙުކުމް ބަދަލުވެއްޖެކަމުގެ ދަލީލެއް ޤާއިމުވަންދެން، މިހާރުވެސް ދެމިއޮތްކަމަށް ބެލުމެވެ.[18]
އިސްތިޙްސާން
[އުނިއިތުރު ގެންނަވާ]"އުޞޫލީ ޢިލްމުވެރިންގެ އިޞްޠިލާޙުގައި އޭގެ ތަޢުރީފަކީ: "އެއީ ކަމެއްގައި ޝަރުޢީ ދަލީލަކުން ޘާބިތުވާ ޙުކުމަކުން އެހެން ޙުކުމަކަށް ރުޖޫޢަވުމެވެ. އެއީ އެ ރުޖޫޢަވުން ލާޒިމުކުރާ ޝަރުޢީ ދަލީލެއް އޮތުމުންނެވެ. އަދި މި ރުޖޫޢަވުން ލާޒިމުކުރާ ޝަރުޢީ ދަލީލަކީ އިސްތިޙްސާނުގެ ސަނަދެވެ".[19]
އަލްމަޞާލިޙުލް މުރްސަލާ (ދޫކޮށްލެވިފައިވާ މަޞްލަޙަތު)
[އުނިއިތުރު ގެންނަވާ]އެއީ އެކަމަކަށް ޤުރުއާނުގެ ނައްޞަކުން ނުވަތަ އިޖްމާޢަކުން، އެކަމަކީ ޝަރުޢީގޮތުން މަޤްބޫލުކަމެއްކަމުގައި ނުވަތަ މަޤްބޫލުނޫންކަމެއްކަމުގައި، ޝަރުޢީ އަޞްލަކުން ހެކިނުވާ ކަންކަމެވެ. މިޘާލަކަށް މުޞްޙަފު އެއްކުރުމާއި ލިޔުން؛ ފަހެ، އެއީ ޝާރިޢުގެ ފަރާތުން އެކަމަށް ދަލީލުކުރާ ނައްޞެއް ނެތުމުންނެވެ. އެހެންކަމުން، އަބޫބަކުރުގެފާނު އާއި ޢުމަރުގެފާނު ފުރަތަމަ އެކަމުގައި މަޑުކުރެއްވިއެވެ. އެއީ ދީނުގެ މަޞްލަޙަތެއްކަމާއި އެކަން ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރެއަށް ވަންނަކަން ޔަޤީންވަންދެނެވެ. އަދި ދީވާންތައް ތަރުތީބުކުރުމާއި ޝަރުޢީ ޢިލްމުތަކާއި އެނޫންވެސް ޢިލްމުތައް ލިޔުންވެސް ހިމެނެނީ މިބާވަތުގެ ތެރޭގައެވެ.[20]
ޝަރުޢު މަން ޤަބްލަނާ (ކުރީގެ އުއްމަތްތަކުގެ ޝަރީޢަތްތައް)
[އުނިއިތުރު ގެންނަވާ]"އޭގެ މުރާދަކީ: އެބައިމީހުންނަށް ތަކުލީފުކުރެވިފައިވާ، އެ ޝަރީޢަތްތަކުގެ ތެރެއިން އަހަރެމެންނަށް ނަޤުލުވެފައިވާ ޙުކުމްތަކެވެ. އެއީ الله ގެ ޝަރީޢަތެއްކަމުގައި ބަލައިގެންނެވެ. އޭގެ ޙުއްޖިއްޔަތަކީ: الله ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި، ނުވަތަ އެއިލާހުގެ ރަސޫލާ ފަންވަތް:ޞ އެކަލޭގެފާނުގެ ސުންނަތުގައި ގެންނަވާފައިވާ ވާހަކަތަކާއި، ޚަބަރުތަކާއި، އިސްވެދިޔަ ޝަރީޢަތްތަކުގައި އައިސްފައިވާ ޙުކުމްތަކެވެ. އެއީ އެކަންކަން އިންކާރުކުރުމެއްނެތި، އަދި އެކަންކަމަކީ އަހަރެމެންގެ މައްޗަށް ޝަރުޢުވެގެންވާ ކަންކަންކަމުގައި ދަލީލުކުރާ ދަލީލެއް ނެތި، އަދި އެކަންކަމަކީ އަހަރެމެންގެ ކިބައިން މަންސޫޚުވެފައިވާ ކަންކަންކަމުގައި ދަލީލުކުރާ ދަލީލެއް ނެތިއެވެ."[21]
މަޛްހަބުއް ޞަޙާބީ (ޞަޙާބީގެ މަޛްހަބު)
[އުނިއިތުރު ގެންނަވާ]އެއީ އަހަރެމެންނަށް ނަޤުލުވެފައިވާ، އަދި ރަސޫލުالله ފަންވަތް:ޞ ގެ އަޞްޙާބުންގެ ތެރެއިން ބޭކަލެއްގެ ކިބައިން ޘާބިތުވެފައިވާ ފަތުވާއެއް ނުވަތަ ޤަޟާއެކެވެ. އެއީ ޝަރުޢީ ޙާދިޘާއެއްގައި، އެކަމުގައި ޤުރުއާނުން ނުވަތަ ސުންނަތުން ނައްޞެއް އައިސްފައިނުވާ، އަދި އެކަމުގައި އިޖްމާޢެއް ވެވިފައިނުވާ ކަމެއްގައެވެ. "އަދި މުސްލިމުންގެ އިމާމުންނާއި ޢިލްމުވެރިންގެ ޖުމްހޫރުން އިއްތިފާޤުވެވަޑައިގަންނަވާގޮތުގައި ރަސޫލުالله ފަންވަތް:ޞ ގެ އަޞްޙާބުންނަކީ ޢަދުލުވެރި ބޭކަލުންނެވެ. އެބޭކަލުންގެ ހެކިބަސް ރައްދުނުކުރެވޭނެއެވެ. އަދި އެބޭކަލުންގެ ރިވާޔަތަށް ޠަޢުނުނުކުރެވޭނެއެވެ. އެއީ އެބޭކަލުންގެ ކިބައިން އެކަމެއް ޘާބިތުވެއްޖެނަމައެވެ."[22]
ސައްދުއްޛަރާއިޢި
[އުނިއިތުރު ގެންނަވާ]
ޛަރީޢާއެއްގެ މާނައަކީ، އެއީ އެކަމެއްގެ ބޭރުފުށުން ހުއްދަކަމަށް ދައްކާ، އެކަމެއް މެދުވެރިކޮށް މަނާކަމަކަށް އަރައިގަނެވޭ މައްސަލައެވެ.[23]، އަދި ސައްދުއްޛަރާއިޢިގެ މުރާދަކީ، އެއީ އެކަމެއް މެދުވެރިކޮށް މުފްސަދާތަކަށް އަރައިގަނެވޭ ހުއްދަކަންކަން މަނާކުރުމެވެ.[24]
އިސްލާމީ ޝަރީޢަތްތަކުގެ މަޞްދަރުތަކުގެ ތާރީޚީ ތަރައްޤީ
[އުނިއިތުރު ގެންނަވާ]ތަޝްރީޢު: އެއީ ރިސާލަތުގެ ޒަމާނުގައްޔާއި އޭގެ ފަހުގެ ޒަމާނުގައި އިސްލާމީ ފިޤުހުގެ ޙާލަތު ބަޔާންކުރާ ޢިލްމެކެވެ. އެއީ ޙުކުމްތައް ޝަރުޢުކުރެވުނު ޒަމާންތައް ކަނޑައެޅުމާއި، އެ ޙުކުމްތަކަށް އައި ނަސްޚުކުރުމާއި، ތަޚްޞީޞްކުރުމާއި، ތަފްރީޢުކުރުން ފަދަ ބަދަލުތައް ބަޔާންކުރުމާއި، ފަޤީހުންނާއި މުޖްތަހިދުންގެ ޙާލަތު ބަޔާންކުރުމުގެ ގޮތުންނެވެ. ފަހެ، "ތާރީޚުއްތަޝްރީޢު" މި ލަފްޒަކީ، "ތާރީޚުލް ފިޤުހު" މި ލަފްޒާ އެއް މާނައެއްގައި ބޭނުންކުރެވޭ ލަފްޒެކެވެ. އަދި އެ ލަފްޒުން ދޭހަކޮށްދެނީ ހަމަ އެ މާނައެވެ.[25]
ތާރީޚުއްތަޝްރީޢު، ތާރީޚުލް ފިޤުހުގެ މައްޗަށް ބިނާވުމުން ތިން ކަމެއް ނުކުމެގެން އާދެއެވެ.
- ފުރަތަމަ ކަމަކީ: ރަސޫލުالله ފަންވަތް:ޞައްލަالله ޢަލައިހި ވަސައްލަމަ 2 އަވަހާރަވުމުން ތަޝްރީޢު ނިމުމަކަށް ނައުމެވެ.
- ދެވަނަ ކަމަކީ: ތާރީޚުއްތަޝްރީޢު އާއި ތާރީޚުލް ފިޤުހު މި ދެ ލަފްޒުގެ މެދުގައި އެއްވެސް ތަފާތެއް ނެތުމެވެ.
- ތިންވަނަ ކަމަކީ: ޞަޙާބީންނާއި ތާބިޢީންގެ ޒަމާނުގައި އިޖްތިހާދީ ޙުކުމްތައް، އަހަރެމެންނަށްޓަކައި ވާ ޝަރީޢަތަކަށް ވުމެވެ.[26]
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުގެ ތާރީޚީ މަރުޙަލާތައް ހަ ޒަމާނަކަށް ބަލައި، ދިރާސާކުރެވިދާނެއެވެ.
ފުރަތަމައީ: ނަބަވީ ޒަމާނުގައި ޝަރީޢަތުގެ މަޞްދަރުތައް
[އުނިއިތުރު ގެންނަވާ]މި ޒަމާނުގެ ތިން ޚާއްޞިއްޔަތެއް ވެއެވެ. އެއީ: ޤުރުއާން ބާވައިލެއްވުން، ސުންނަތް ބަޔާންކުރެއްވުން، އަދި ނަބިއްޔާ ފަންވަތް:ޞައްލަالله ޢަލައިހި ވަސައްލަމަ 2 ގެ އިޖްތިހާދެވެ. އަދި މި ޒަމާނުގެ މުއްދަތު ކުރުވެގެންވެއެވެ. ފަހެ، ރަސޫލުالله ފަންވަތް:ޞައްލަالله ޢަލައިހި ވަސައްލަމަ 2 ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު، އެކަލޭގެފާނު ދުނިޔޭގައި ހުންނެވި މުއްދަތު 23 އަހަރަށްވުރެ އިތުރުނުވެއެވެ.[27]
ޤުރުއާން ބާވައިލެއްވުން: ޤުރުއާން ބާވައިލެއްވުނީ އަސްބާބުއްނުޒޫލު ގެ ނަމުން މަޝްހޫރުވެފައިވާ އެކިއެކި ހާދިސާތަކާއި މުނާސަބަތުތަކާ ގުޅިގެން، 23 އަހަރުގެ މުއްދަތުގެ ތެރޭގައި ބައިބަޔަށެވެ. އެއްފަހަރާ ބާވައިނުލައްވައި، ބައިބަޔަށް ޤުރުއާން ބާވައިލެއްވުމުގެ ޙިކުމަތަކީ، ނަބިއްޔާ ފަންވަތް:ޞައްލަالله ޢަލައިހި ވަސައްލަމަ 2 ގެ ހިތްޕުޅު ސާބިތުކޮށްދެއްވައި، ގަދަފަދަކޮށްދެއްވުމެވެ. ފަހެ، އެކަލޭގެފާނު އެ ހިތުދަސްކުރައްވައި، ރައްކާތެރިކުރައްވާނެއެވެ. އަދި އެއް ޙުކުމުން އަނެއް ޙުކުމަށް ބަދަލުވުމާއި، ބައެއް ސުވާލުތަކާއި އިސްތިފްސާރުތަކަށް ޖަވާބުދެއްވުމެވެ. މިއީ އެއީ الله ގެ ޙަޟްރަތުން އައިސްފައިވާ ވަޙީއެއް ކަމުގެ ދަލީލެކެވެ.[28]
ސުންނަތް: "އެއީ الله ގެ ވަޙީއެއްގެ ގޮތުން ޤުރުއާނާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އަދި މި ގުޅުން އަހަރެމެންނަށް އިތުރަށް ސާފުވެގެންދާނީ، ސުންނަތް އައިސްފައިވަނީ ޤުރުއާނަށް ބަޔާންކޮށްދީ، ތަފްޞީލުކޮށްދީ، އޭގެ މުޠްލަޤު ތަޤްޔީދުކޮށް، އޭގެ ޢާއްމު ތަޚްޞީޞްކޮށް، އޭގެ މުޝްކިލު ސާފުކޮށްދީގެންކަން އަހަރެމެންނަށް އެނގުމުންނެވެ. ފަހެ، އެއީ ޤުރުއާނުގެ އާޔަތްތައް ފަހުމުވުމުގައި ބަރޯސާވެވޭ އެއްޗެވެ. އަދި ހަމައެހެންމެ، ޤުރުއާނުގައި ބަޔާންވެގެން ނުވާ އެތައް ޙުކުމްތަކެއް ސުންނަތުގައި އައިސްފައިވެއެވެ.[29]" މި މަރުޙަލާގައި، އިސްލާމީ ޝަރީޢަތް ބިނާވެފައިވަނީ ތިން އަސާސެއްގެ މައްޗަށެވެ.
- އުނދަގޫތައް ނައްތާލުން ތަކުލީފުތައް މަދުކުރުން ޙުކުމްތައް ތަދްރީޖީކޮށް ގެނައުން.[30]
ދެވަނައީ: ރާޝިދީ ޚަލީފާއިންގެ ޒަމާނުގައި ޝަރީޢަތުގެ މަޞްދަރުތައް
[އުނިއިތުރު ގެންނަވާ]މި މަރުޙަލާ ފެށެނީ ރަސޫލުالله ފަންވަތް:ޞައްލަالله ޢަލައިހި ވަސައްލަމަ 2 ސުވަރުގެ ވަޑައިގަތުމަށްފަހުގައެވެ. ފުތޫޙާތުތައް ފުޅާވެ، މުސްލިމުންގެ ބާރު ޢަރަބި ޖަޒީރާ އިން ބޭރަށް ފެތުރި، ކުރިން ދިމާވެފައިނުވާ މައްސަލަތަކާއި ހާދިސާތައް ފާޅުވާން ފެށުމުން، ޞަޙާބީން އިޖްތިހާދުކުރުމުގެ ބުރަ ޒިންމާ އުފުއްލެވިއެވެ. އެބޭކަލުން އެކިއެކި ހާދިސާތަކުގެ ޙުކުމް ޤުރުއާނާއި ސުންނަތުން ހޯއްދެވުމަށްފަހު، ފުޅާ މާނައެއްގައި އިޖްތިހާދު ކުރެއްވިއެވެ. އެގޮތުން، އެބޭކަލުން ނައްޞުތަކުގެ ދަލީލުތައް ދިރާސާކުރައްވައި، ޤިޔާސްކުރައްވައި، އިސްތިޙްސާން ކުރައްވައި، އަދި ޝަރީޢަތުގެ މަޤްޞަދުތަކާ އެއްގޮތްވާ މަޞްލަޙަތުތަކަށް ޢަމަލުކުރެއްވިއެވެ.[31]
ތިންވަނައީ: ތާބިޢީންގެ ޒަމާނުގައި ޝަރީޢަތުގެ މަޞްދަރުތައް
[އުނިއިތުރު ގެންނަވާ]"މި މަރުޙަލާ ފެށެނީ ހިޖުރައިން 41 ވަނަ އަހަރު ޚަލީފާއިންގެ ޒަމާން ނިމުމުން، ހިޖުރައިން ދެވަނަ ޤަރުނުގެ ކުރީކޮޅާ ހަމައަށެވެ. މި ޒަމާނުގައި ޝަރީޢަތް ބިނާވެގެންވަނީ ޞަޙާބީން ޢަމަލުކުރެއްވި ގޮތާއި، އެބޭކަލުންގެ ގޮތަށް ތަބާވެ ޙުކުމްތައް އިސްތިންބާޠު ކުރުމުގެ މައްޗަށް ކަމުގައިވިޔަސް، މި ޒަމާނުގައި ކުރެވުނު އިޖްތިހާދު، ކުރީގެ ޒަމާނާ ތަފާތުވާ ބައެއް ކަންކަން ވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ: ފިޤުހުގެ ދާއިރާ ފުޅާވެ، އޭގެ މައްސަލަތަކުގައި ޚިލާފު ގިނަވުމެވެ.[32]
'''ފިޤުހީ އުޞޫލުތަކުގައި މެދުމިނުގެ ޖުމްހޫރު ޢިލްމުވެރިން ދެ ބަޔަކަށް ބެހިގެން ދިޔައެވެ.'''
- އެއް ބަޔަކީ، ހަމައެކަނި ނައްޞުތަކާއި، ވާޤިޢީ ފިޤުހުގައި ހިފެހެއްޓި ބައެކެވެ. އެބޭކަލުންނަށް އަހުލުލްޙަދީޘް ނުވަތަ މަދްރަސަތުލް ޙަދީޘް އޭ ކިޔުނެވެ.
- އަނެއް ބަޔަކީ، ޤިޔާސްގެ މަގުން، ޙުކުމްތަކުގެ އަޞްލުތަކާއި، ޢިއްލަތްތަކާއި، ދަލީލުތަކުގެ މައްޗަށް ބުރަވެ، ނައްޞުތަކުގެ މައްޗަށް ބަރޯސާވުން ފުޅާކުރެއްވި ބައެކެވެ. އެބޭކަލުން ހަމައެކަނި ވާޤިޢީ މައްސަލަތަކުގައި އިޖްތިހާދުކުރެއްވުމަކުން ނުފުއްދަވައި، އިފްތިރާޟީ މައްސަލަތަކަށް ވެސް ޙުކުމްތައް ކަނޑައެޅުއްވިއެވެ. އެހެންކަމުން، އެބޭކަލުންނަށް އަހުލުއްރައުޔު ނުވަތަ މަދްރަސަތުއްރައުޔު އޭ ކިޔުނެވެ.[33]
ހަތަރުވަނައީ: މަޛުހަބުތަކުގެ އިމާމުންގެ ޒަމާނުގައި ޝަރީޢަތުގެ މަޞްދަރުތައް
[އުނިއިތުރު ގެންނަވާ]މި ޒަމާން ފެށެނީ ހިޖުރައިން ދެވަނަ ޤަރުނުގެ ކުރީކޮޅުން ފެށިގެން ހަތަރުވަނަ ޤަރުނުގެ މެދާ ހަމައަށެވެ. މިއީ ފިޤުހާއި އިޖްތިހާދުގެ ރަން ޒަމާނެވެ. ހަތަރު މަޛުހަބުގެ އިމާމުންނާއި އެނޫން ބޭކަލުން އިޖްތިހާދުކުރުމާއި ފިޤުހީ އުޞޫލުތައް އެކުލަވާލެއްވުމުގައި ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯއްދެވިއެވެ. ފުރިހަމަ އަދި މުއްސަނދި ފިޤުހީ މަޛުހަބުތަކެއް އުފެދި، މުސްލިމުން އެ މަޛުހަބުތަކަށް ތަބާވާން ފެށިއެވެ.[34]
ފަސްވަނައީ: މަޛުހަބުތަކަށްފަހުގެ ޒަމާން
[އުނިއިތުރު ގެންނަވާ]މި ޒަމާން ފެށެނީ ހިޖުރައިން ހަތަރުވަނަ ޤަރުނުގެ މެދުން ފެށިގެން ހަތްވަނަ ޤަރުނުގެ މެދާ ހަމައަށެވެ. މިއީ ނިސްބަތުން ކުރީގެ އިމާމުންގެ މަޛުހަބުތަކުގައި ހިފެހެއްޓި، ތަޤްލީދުކުރުން ޢާންމުވެފައިވާ ޒަމާނެކެވެ. މި ޒަމާނުގެ ޢިލްމުވެރިން މަޝްޣޫލުވެވަޑައިގަތީ ޙުކުމްތަކުގެ ޢިއްލަތް ބަޔާންކުރެއްވުމާއި، އެއް މަޛުހަބުގެ ތެރޭގައި ރާޖިޙު ގޮތް ކަނޑައެޅުއްވުމާއި، އެއް މަޛުހަބު އަނެއް މަޛުހަބުގެ މައްޗަށް އިސްކުރެއްވުމުގައެވެ. އަދި މަޛުހަބު ދިފާޢުކޮށް، އެއަށް ނަޞްރުދިނުމުގެ ބަހުސްތައް ޢާންމުވިއެވެ.[35]
ހަތްވަނަ ޤަރުނުގެ މެދަށްފަހު، ހިމޭންކަމާއި ހުއްޓުން ޢާންމުވެ، ފަތުވާތަކާއި ފިޤުހީ ޢަމަލީ ތަޠްބީޤުތައް ލިޔެ އެއްކުރުމުގެ ޙަރަކާތް ފެށިގެން ދިޔައެވެ. މިއީ ތާރީޚުއްތަޝްރީޢު ލިޔުއްވި ބޭކަލުންގެ އަރިހުގައި ފިޤުހުގެ ހަވަނަ މަރުޙަލާގެ ގޮތުގައި ބެލެވޭ މަރުޙަލާއެވެ.[36]
ހަވަނައީ: ހޭލުންތެރިކަމުގެ ނުވަތަ ޒަމާނީ އާރޯކަމުގެ ޒަމާން
[އުނިއިތުރު ގެންނަވާ]މި ޒަމާން ފެށެނީ މަޖައްލަތުލް އަޙްކާމިލް ޢަދުލިއްޔާ ޝާއިޢުކުރެވުނު ތާރީޚު، ހިޖުރައިން 1286 ވަނަ އަހަރު (މީލާދީން 1851 ވަނަ އަހަރު) ގައެވެ. އޭގައި 1851 މާއްދާ ހިމެނެއެވެ. އޭގެ ފަހުން އެތައް ފޮތްތަކަކާއި މަޖައްލާތަކެއް ޝާއިޢުކުރެވުނެވެ. އާރޯކަމުގެ އެންމެ މުހިންމު ބައެއް ކަންކަމުގެ ތެރޭގައި، އައްޝައުކާނީ، އަލްއަފްޣާނީ، ޢަބްދުއް، މުޙައްމަދު ބިން ޢަބްދުލް ވައްހާބު ފަދަ އިޞްލާޙީ އިމާމުންގެ މަސައްކަތްތައް ހިމެނެއެވެ. އިޖްތިހާދަށް އޮތް ނަޒަރު، އައްސުޔޫޠީ (އަވަހާރަވީ 911ހ.) ގެ މަސައްކަތްޕުޅުން ފެށިގެން އިޞްލާޙުކުރެވުނެވެ. އޭނާ އިޖްތިހާދުގެ މުހިންމުކަމަށާއި، އެއީ ފަރުޟު ކިފާޔަތެއް ކަމަށް ގޮވާލެއްވިއެވެ. ޢިލްމުވެރިން ޝަރުޢީ ޙުކުމްތަކުގެ އަޞްލަށް އެނބުރިވަޑައިގެން، އެކަމަށް ޤާބިލުކަން ހުރި ބޭކަލުންނަށް އިޖްތިހާދުގެ ދޮރު ހުޅުވާލެއްވިއެވެ. އަދި މުސްލިމުންގެ ޖުމްހޫރުން ޤަބޫލުކުރާފަދަ އިޖްތިހާދީ ޤާބިލުކަން ހުރި ބޭކަލުންނަށް އެކަމުގެ ދޮރު ހުޅުވިގެންދިޔައެވެ.
ބޭރު ޤައުމުތަކާއި ގުޅުން ބަދަހިވުމާއި، ފިކުރީ އަރައިރުންތައް ފެންމަތިވުމާއި، އެތައް ސަތޭކަ އައު މައްސަލަތަކެއް ފެންމަތިކުރި ޒަމާނީ ބޭނުންތަކަކީ ވެސް އިޖްތިހާދުގެ ޙަރަކާތަށް ދިރުން ގެނުވި މުހިންމު ކަންކަމެވެ.[37]
ޗާޕުގެ ސަބަބުން ތަފާތު ރައުޔުތަކާއި ފިޤުހީ ޚަޒާނާތައް ފެތުރުމަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. ޔުނިވަރސިޓީތައް ޤާއިމުކުރެވި، އެތަންތާނގެ ޕްރޮފެސަރުން އައުކުރުމަށް ބާރުއެޅުއްވިއެވެ. އިމާމު އަލްމަރާޣީގެ ޒަޢާމަތުގައި އަލްއަޒްހަރު ގައި އުނގަންނައިދިނުން އިޞްލާޙުކުރުމަށާއި، ކުއްލިއްޔަތުއްޝަރީޢާގެ މުޤައްރަރުތަކަށް ފިޤުހުލް މުޤާރަން (އެކި މަޛުހަބުތަކުގެ ފިޤުހު އަޅާކިޔުން) ތަޢާރަފުކުރުމަށް ހެޔޮ ބަދަލުތަކެއް ގެނެވުނެވެ. ދެން މުޅި އިސްލާމީ އުއްމަތުގައި ކުއްލިއްޔަތުއްޝަރީޢާތައް ގިނަވެ، މި ހުރިހާ ކަމެއްގެ ސަބަބުން އައުކުރުމާއި ތަރައްޤީގެ ޙަރަކާތް ފެށި، އިތުރު ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިވެގެންދިޔައެވެ.[38] [[ޤިސްމު:އިސްލާމީ ފިޤްހު]] [[ޤިސްމު:އިސްލާމް]] [[ޤިސްމު:އިސްލާމީ މުޞްޠަލަޙުތައް]] [[ޤިސްމު:އުޞޫލުލް ފިޤްހު]]
- ↑ رمضان محمد عيد هتيمي. كتاب محاضرات في أصول الفقه للحنفية. ص. 78
- ↑ Cite error: Invalid
<ref>tag; no text was provided for refs namedReferenceA2 - ↑
{{استشهاد بكتاب}}: تحقق من التاريخ في:|سنة=(مساعدة)صيانة الاستشهاد: التاريخ والسنة (link) - ↑ مناع بن خليل القطان (2001). "كتاب تاريخ التشريع الإسلامي - المكتبة الشاملة". shamela.ws (الخامسة ed.). مكتبة وهبة. pp. 43،73. Archived from the original on 2023-07-14. Retrieved 2023-11-05.
- ↑ محمد فهمي علي أبو الصفا (١٩٧٧). "كتاب التشريع الإسلامي صالح للتطبيق في كل زمان ومكان - المكتبة الشاملة". shamela.ws. الجامعة الإسلامية. p. 102. Archived from the original on 2021-09-24. Retrieved 2023-11-05.
{{cite web}}: Check date values in:|year=(help) - ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ Cite error: Invalid
<ref>tag; no text was provided for refs named:02 - ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ Cite error: Invalid
<ref>tag; no text was provided for refs named:14 - ↑ ފަންވަތް:استشهاد ويب
- ↑ د مصطفى ديب البغا (2000). "اثر الادلة المختلف فيها". daralejadh.com (in Arabic). دار الإمام البخاري –دمشق. pp. 17،18،242،338، 339. Archived from the original on 12 نوفمبر 2023. Retrieved 2023-11-07.
{{cite web}}: Check date values in:|archive-date=(help)CS1 maint: bot: original URL status unknown (link) - ↑ عبد الكريم بن علي بن محمد النملة (2000). "كتاب الجامع لمسائل أصول الفقه وتطبيقاتها على المذهب الراجح". shamela.ws. مكتبة الرشد - الرياض - المملكة العربية السعودية. p. 393. Archived from the original on 2023-11-07. Retrieved 2023-11-07.
- ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ Cite error: Invalid
<ref>tag; no text was provided for refs named:123 - ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ Cite error: Invalid
<ref>tag; no text was provided for refs named:33 - ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد بكتاب
- ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ ފަންވަތް:استشهاد ويب
- ↑ Cite error: Invalid
<ref>tag; no text was provided for refs named:63 - ↑ Cite error: Invalid
<ref>tag; no text was provided for refs named:43 - ↑ Cite error: Invalid
<ref>tag; no text was provided for refs named:73 - ↑ Cite error: Invalid
<ref>tag; no text was provided for refs named:523 - ↑ ފަންވަތް:استشهاد ويب
- ↑ Cite error: Invalid
<ref>tag; no text was provided for refs named:44 - ↑ ފަންވަތް:استشهاد ويب
- ↑ Cite error: Invalid
<ref>tag; no text was provided for refs named:83 - ↑ Cite error: Invalid
<ref>tag; no text was provided for refs named:45 - ↑ ފަންވަތް:استشهاد ويب