Jump to content

މެމްބަރުގެ ވާހަކަ:އާދަމް ޒާހިރު (ކުރޮޅި)

Page contents not supported in other languages.
ޚިޔާލެއް އިތުރުކުރައްވާ
ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ކުޅި ކުޅެވޭނީ ކުޅިފަސް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް ލިޔުނީ: ކުރޮޅި އާދަމް ޒާހިރު

އެއްވެސް ޝައްކެއް ނެތެވެ. ކުޅިއަކީ އިންސާނާ ވުޖޫދުކުރެއްވީއްސުރެ މި ދުނިޔޭގައި ހުސްވުމެއް ނެތި އޮތް އެއްޗެކެވެ. ނުވިތާކަށް ބާވަތްތައް އިތުރުވެ ގުނަވަމުންދާ ވަރުގަދަ ނުފޫޒެކެވެ. އިންސާނުްނަކީ މި އީޖާދުގެ ތެރޭގައި ނިކަން ވަރުގަދައަށް ވަކި ހިއްޕައިލައިގެން ތިބޭ ބައެކެވެ. ހިތާމައަކީ މި ދެންނެވި ކުޅިވަރޭ ކިޔުނު އަށީގައި އިއްތޭ ބައެއް އިންސާނުންނަށް އެކަމުގައި ވަޖިދުވެވޭކަމެވެ. ތިމާޣެ އަނބި ވިހަން ތަންމައްޗަށް އަރައިފިކަމުގައ ޚަބަރު ދިނުމުން ރޭކާނުލާފަދައިން ތިމާގެ ފިރިމީހާ މަސައްތައް ލޮޔަށް ލައިފިއޭ ބުނީމާވެސް ރޭކާއެއް ހިރުވައިވެސް ނުލައި ކުޅީގައި ޖެހިފައި އެބަތިބެއެވެ. މިއީ ޙަޔާތުގައި ނާކާމިޔާބީގެ ފެށުމެއްކަމުގައި ނޫނީ ނުވާނެއެވެ. ދެން އޮތީ ނަމެއްގައި ކުޅީގައި އުޅޭ މީހުންނެވެ. މިބައިމީހުން ކުޅިކުޅި ކުޅެނީ އެވެނި މީހަކު ކުޅުނީތީއެވެ. އެވެނިމީހާ ކުޅޫނީ ކުޅި ޖަހާ ދިމާއެނގިގެންކަން ތިމާމެންނަށް ނުވިސްނެއެވެ. ކުޅި ޖެހޭނޭ ދިމާއާ ކުޅި ހިނގާނޭ މަގުތައް ނުވެސް އެނގުނަސް އަށީގައި ދެފައި ވަށްކޮށްގެން "ނިކަން މަވެގެން" އެބަ ތިބެއެވެ. މިހެން ތިބެފައި ފޮނުތައް އަރުވަމުން އަޑުވީއްލައި "ތިމާއަށް ކުޅިފަސް ލިބިއްޖޭ" ކިޔައިގަނެއެވެ. މިވާގޮތެއް އެނގިލައްވާތޯއެވެ. އެފަކީރަށް ކުޅިފަސް ނުވެސް އެނގެނީއެވެ. ކުޅި ކުޅެންވާނީ ކުޅިފަސް އެނގޭ މީހަކަށެވެ. ކުޅިފަހުގެ ކޮޅުމަތި އޮތް ދިމާއާއި ދަމައި އެއްވާނުގައި ހިފަންޖެހޭ ފަށްތަކާއި ދޫ ދޭންޖެހޭ ފަށްތައް އެނގޭ މީހުނަށެވެ. އެހެންކަމުން އަޅުގަނޑުމެން ތިބެންވާނީ އަބަދުވެސް މިފަދަ ކަންކަމަށް ސަލާލުވެެގެންނެވެ. ނަމަނަމަ މަޤާމެއް ހުސްވާއިރަކަށް އެމަޤާމާއިގެން ދަހިވެ ނުތެޅޭށެވެ. ދަނެގެން ސަފުގެ ކުރިއަށް އަރާށެވެ. އޭރުން ހީހެއް ނުލެވޭނެއެވެ.

Start a discussion with އާދަމް ޒާހިރު (ކުރޮޅި)

Start a discussion