މުޙައްމަދު އިބްރާހީމް ލުޠުފީ
Appearance
އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުތުފީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 21 ޑިސެންބަރު 1921 މ.ގައި އައްޑުއަތޮޅު ހިތަދޫގައެވެ. ބައްޕައަކީ އައްޑު އަތޮޅު ހުޅުދޫ ވާރުގޭ އަޙްމަދު ދީދީއާއި އައްޑޫ މީދޫ ގަނޑުވަރު ޙަސަން ދީދީގެ ފިޔޯރީ ދޮންދީދީގެ ދަރިކަލުން އައްޝައިޚް އިބްރާހީމް ލުތުފީއެވެ. މަންމައަކީ ސ. ހިތަދޫ އެޅެދީދީގެ ފާޠިމަތުދީދީއެވެ.
އަވަހާރަވީ 27 ފެބުރުވަރީ 2001 ގެއެވެ.