މުޙައްމަދު ނިޔާޒް ޓެޑްރީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުޙައްމަދު ނިޔާޒް ޓެޑްރީ ފިލްމެއް ހެދުމުގެ މަސައްކަތުގައި

މުޙައްމަދު ނިޔާޒް (ޓެޑްރީ) އަކީ ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް ފަރާތެކެވެ. ޑައިރެކްޓަރެއް ޕްރޮޑިއުސަރެއްގެ އިތުރުން އަމިއްލަ ސްޓޫޑިއޯ އެއް ހިންގައެވެ.

ފިލްމު އުފައްދަން ފެށުން[އުނިއިތުރު ގެންނަވާ]

1987 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްއިން ކިޔަވައި ނިމުނުގޮތަށް ޓީވީއެމްގެ ޕްރޮޑިއުސަރ ޓްރެއިނީއެއްގެ ވަޒީފާ ޓެޑްރީ އަދާކުރަންފެށިއެވެ. މަޖީދިއްޔާ ސްކޫލްގެ އެންމެފަހު އަހަރުތަކުގައި ޓެޑްރީއަށް ހަދިޔާއަކަށް ވީޑިއޯކެމެރާއެއް ލިބުނެވެ. ޓެޑްރީގެ ޢާއިލާގެ ވަރަށް ގާތް މެންބަރެއްކަމުގައިވާ، އަބްދުލް ޣަފޫރު ދިން މިހަދިޔާއަކީ ދިވެހި ފިލްމީ މައިދޮރާއްޓާ ދިމާލަށް ޓެޑްރީ މިސްރާބް ފެށި ސަބަބެވެ. ސްކޫލްގައި ކިޔަވަމުންދިޔައިރު، ބައެއްކުލާސް ކުދިންނާއި ގާތް ރައްޓެހިންނާއި އެކުފެށި ޑިޓެކްޓިވް ފިލްމް "މރ.ހޫ" އަކީ ޓެޑްރީ މިދާއިރާއަށް އިތުރަށް ޝަޢުޤުވެރި ކުރުވިކަމެކެވެ. އަހަރެއްހާދުވަހު ޓީވީއެމްގެ ވަޒީފާގައި އުޅުމަށްފަހު އިތުރަށް ކިޔެވުމަށް ސްރީލަންކާ އަށްދިޔައެވެ. ދެއަހަރެއްހާދުވަހު ސްރީލަންކާގައި ކިޔަވަން ހުރިއިރުވެސް ރައްޓެހިންނާއިއެކު މިމަސައްކަތާއި ގުޅުންހުރި ތަފާތު ތަޖުރިބާތަށް ކުރަމުންދިޔައެވެ.

މުޙައްމަދު ނިޔާޒް ޓެޑްރީ 3ވަނަ ފިލްމީ އެވޯޑްގައި އަމާނާތަށް ލިބުނު އެވޯޑާއެކު

1989 ވަނަ އަހަރު ފަހުކޮޅު ޓެޑްރީ ދެވަނަފަހަރަށް ޓީވީއެމް އާއިގުޅުނެވެ. އެދުވަސްވަރު ރޯދަ މަހު ޓީވިން ދެއްކި ޑްރާމާ ސިލްސިލާ "ސަޅިބައިސާ" އަކީ ޓެޑް ޑައިރެކްޓްކޮށް އުފައްދާފައިވާ ސިލްސިލާ ބައި ތަކެވެ. ސަޅިބައިސާ އަކީ ދިވެހި ޓީވީގެ ދިގު ތާރީޚްގައި ބެލުންތެރިންގެ "އާދަޔާ ޚިލާފު" ޝައުވެރިކަމަކާއި ތަރުހީބެއް ހޯދި އުފެއްދުމެކެވެ. ސަޅިބައިސާ މަސައްކަތް ބިނާކޮށް ފެށިގެން އައީ ޓެޑްރީގެ ކޮންސެޕްޓަކަށެވެ. އެހެންނަމަވެސް އެދުވަސްވަރު ޓެޑްރީއަކީ ސްކްރިޕްޓް ލިޔާމީހަކަށް ނުވާތީ، އަޙުމަދު ނިމާލް ފަދަ ބައެއް ތަޖުރިބާކާރުންގެ އެހީއާއިއެކު ސަލިބައިސާގެ ފުރަތަމަ އަހަރުގެ އެޕިސޯޑްތަށް ލިޔުނެވެ. ސްކުރިޕްޓް ލިޔުމުގެތެރޭގައި ސަޅިބައިސާ ކަނޑާ މަންޒަރުތަކުގެ ޑައެލޮގްތަށް އެކުލަވާލާ ތައްޔާރުކުރީ ޓެޑްރީއެވެ. ސަޅިބައިސާގެ ދެވަނަ އަހަރު ހުރިހާ އެޕިސޯޑެއް އެކުލަވާލައި ލިޔެތައްޔާރުކުރީ ޓެޑްރީ އަމިއްލިޔަށެވެ. މޮޅަށް ޑައިރެކްޓް ކުރުމުގެ އިތުރުން މޮޅުސްކްރީން ރައިޓަރަކަށް ޓެޑްރީ ވެގެންދިޔައީ ސަލިބައިސާގެ އެންމެފަހުން 1992 ވަނަ އަހަރު ނެރުނު އެޕިސޯޑް ތަކާއިއެކުގައެވެ.

1990ވަނަ އަހަރު ދިވެހިރާއްޖޭގެ މަޝްހޫރު މިއުޒިޝަން އަހުމަދު ފަސީޙް ފަސީ އާއި ޖެނިފަރ ލަތީފް އެކްޓްކުރި "ރިދަމް އޮފް ދަ ވޭވްސް" އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި "އެމްޓީވީ ސްޓައިލް"ގެ ވީޑިއޯ ލަވައެވެ. މިލަވަ އުފެއްދުމަށް ޓެޑްރި ތައްޔާރުކުރި ސްޓޯރީބޯޑަކީ މިހާރު 18އަހަރު ފުރި، ރާއްޖޭގައި ފެންނަން އޮތް އެންމެ ދުވަސްވީ ސްޓޯރީބޯޑެވެ. ދިވެހި ޓީވީގައި އޭރުމަސައްކަތްކުރި ޓެކްނިކަލް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ރިދަމް އޮފް ދަ ވޭވްސް އަށް ޓެޑްރި ތައްޔާރުކުރި ސްޓޯރީބޯޑަކީ ރާއްޖޭގައި ދިވެއްސަކު ތައްޔާރުކުރި ފުރަތަމަ ސްޓޯރީބޯޑެވެ.

ފުރަތަމަ ފިލްމް ދެރިޔާ[އުނިއިތުރު ގެންނަވާ]

މުޙައްމަދު ނިޔާޒް ޓެޑްރީ ގެ އަމިއްލަ ސްޓޫޑިއޯ އިޓާނަލް ފިކްޗަރސް އާއި ކްލަބް ސްކޯޕް ގުޅިގެން، އަބްދުލް މުޙައިމިން ޕްރޮޑިއުސްކޮށް 1994 ވަނަ އަހަރު އުފެއްދި ފިލްމު ދެރިޔާ އަކީ ދިވެހި ފިލްމީ މަސްރަހު ބަދަލު ކޮށްލި ފިލްމެކެވެ. ގިނަބަޔަކު ގަބޫލު ކުރިގޮތުގައި ފިލްމު ހަދާ ސްޓައިލް ނުވަތަ ގޮތްގަނޑު ދެރިޔާގެ ސަބަބުން ބަދަލު ކުރަން މަޖުބޫރު ވެގެން ދިޔައެވެ. ފުރަތަމަ ފިލްމީ އެވޯޑްގައި ތަފާތު އެތައް އިނާމްތަކެއް ޙާޞިލްކުރި މިފިލްމަށްވަނީ ފައިސާގެ ގޮތުން ވެސް ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

އޮލިމްޕަހުގައި ދެއްކި 36ޝޯގެރެތެއިން ހައުސް ފުލް 34ޝޯ ދެއްކި ދެރިޔާގައި ބަތަލް ބައި ކުޅުނީ ފިލްމީ މަސްރަހަށް މުޅިން އަލަށް ނިކުތް ފަރާތެއް ކަމުގައިވާ ޢަލީ ޚާލިދު އެވެ. ބަތަލާ ބައި ކުޅުނީ ޢަލީ ޚާލިދުގެ ހަގީގީ ދިރިއުޅުމުގެ އަންހެނުން ހައްވާ ޒާހިރާ އެވެ. މީގެ އިތުރުން މިފިލްމްގައި ކޮއްޔަ ހަސަން މަނިކު، މަރިޔަމް ވަހީދާ، އަހުމަދު ޝިމާޢު، އަދި އައިޝަތު ވަހީދާ އާއި، ހައްވާ ރިޔާޒާ ހިމެނެއެވެ.

ދެވަނަ ފިލްމް އަމާނާތް[އުނިއިތުރު ގެންނަވާ]

އަމާނާތުގެ އިސްތިހާރު ގަނޑެއް

ދެރިޔާ އަށްފަހު ޓެޑް ޕޮރޮޑިއުސްކޮށް މަހުދީ އަހުމަދު ޑައިރެކްޓްކުރި އަމާނާތް ވެސް ވަނީ ބޮޑެތި ކާމިޔާބުތައް ހޯދާފައެވެ. ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ހެދި ފިލްމްގެ ބަތަލް ބައިވެސް ކުޅުނީ އަލީ ޚާލިދު އެވެ. މީގެ އިތުރުން ޖަމްޝީދާ އަދި ފާތިމަތު ރަމީޒާ ބޮޑު ބަޔެއް މިފިލްމްގައި އަދާކޮށްފައި ވެއެވެ. ކުޑަކުދިންތަކެއް މުހިއްމު ރޯލްތަކެއް ހިމެނޭ މިފިލްމު ވަނީ އެންމެ ފަހުގެ ފިލްމީ އެވޯޑްގައި 12 އެވޯޑް ހާޞިލްކޮށް ރިކޯޑް މުގުރާލައިފައެވެ.

ޓެޑްރީގެ ފިލްމު ކުންފުނިން ހަދަން ގަސްތުކޮށް ނުހެދި ވާ ފިލްމުތަކުގެ ތެރޭގައި ދުންތަރި، މަންމަ ފަދަ ފިލްމްތައް ހިމެނެއެވެ. މިއަދު ޓެޑްރީގެ ސްޓޫޑިއޯ އިން އިޝްތިހާރާއި ލަވަތައް އުފައްދައިގެން ނެރެއެވެ.

އުފެއްދި ފިލްމާއި ޑްރާމާ ސިލްސިލާތައް[އުނިއިތުރު ގެންނަވާ]

  • ސަޅިބައިސާ - ޓީވީ ޑްރާމާ ސިލްސިލާ
  • ދެރިޔާ
  • އަމާނާތް
  • ޓެޑްރީ ހަދަން އިޢުލާންކޮށް މަސައްކަތްކުރިއަށް ނުދިޔަ ބައެއް ފިލްމްތައް ތިރީގައި މިވަނީ އެވެ.
    • މަންމަ
    • ދުންތަރި
އަމާނާތުގެ ފަހުގެ އިސްތިހާރު ގަނޑެއް

މުޙައްމަދު ނިޔާޒް(ޓެޑްރީ)އަށް ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

އަމާނާތް އިން ލިބުނު އެވޯޑްތައް[އުނިއިތުރު ގެންނަވާ]

މުޙައްމަދު ނިޔާޒްގެ ފިލްމް އަމާނާތަށް 2007 މާރޗް 3ގައި ބޭއްވި 3 ވަނަ ގައުމީ ދިވެހި ފިލްމް ފެސްޓިވަލްގައި ޖުމްލަ 12 އެވޯޑް ލިބިފައި ވެއެވެ.

ޓެޑްރީ ޙިއްޞާވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު މޭކަޕް - މަހުދީ އަހުމަދު/ ޓެޑްރީ - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ސައުންޑް އިފެކްޓް - މުހައްމަދު އިކްރާމް/ޓެޑްރީ - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅި އެޑިޓިންގ - ޓެޑްރީ - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު އެޑަޕްޓެޑް ސްކްރީން ޕްލޭ - މަހުދީ އަހުމަދު/ޓެޑްރީ - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ޑައިލޮގް - މަހުދީ އަހުމަދު/ޓެޑްރީ - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ފިލްމް - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
ތިންވަނަ ފިލްމު އެވޯޑްގެ ރަސްމިއްޔާތަށްފަހު

އަމާނާތުގެ އެހެން ބައިތަކަށް ލިބުނު އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު ޑައިރެކްޓަރު - މަހުދީ އަހުމަދު - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ބަތަލާ - ޖަމްޝީދާ އަހުމަދު - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ސަޕޯޓިންގ އެކްޓަރު - އަބުދުއް ސައްތާރު - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ސިނަމަޓޮގްރަފީ - ކޮކޯ ޙަލީމް/މުހައްމަދު މަނިކް - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ބެކް މިއުޒިކް - މުހައްމަދު އިކްރާމް - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ - ފަޒީލާ ޢާމރު/މިހިތާ ލޯބިދޭނަން - އަމާނާތް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް- 2007

ދެރިޔާ އިން ލިބުނު އެވޯޑްތައް[އުނިއިތުރު ގެންނަވާ]

1994 ވަނަ އަހަރު ބޭއްވި ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލްގައި މުޙައްމަދު ނިޔާޒް ޓެޑްރީގެ ފިލްމް ދެރިޔާ އަށް 8 އެވޯޑް ލިބިފައި ވެއެވެ. އޭގެ ތެރެއިން ބައެއް އެވޯޑްތައް ތިރީގައި މިވަނީއެވެ.

  • އެންމެ މޮޅު ފިލްމް - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994
  • އެންމެ މޮޅު ޑައިރެކްޓަރު - މުޙައްމަދު ނިޔާޒް ޓެޑްރީ - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994
  • އެންމެ މޮޅު އެކްޓްރެސް - ހައްވާ ޒާހިރާ - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994
  • އެންމެ މޮޅު އެޑިޓިން - މުހައްމަދު ނިޔާޒު ޓެޑްރީ - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994
  • އެންމެ ސެޓް ޑިޒަިން މޮޅު - މުހައްމަދު ނިޔާޒު ޓެޑްރީ އަދި އަބްދުލް މުޙައިމިން - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994
  • އެންމެ ސިނަމަޓޮގްރަފީ - މުހަންމަދު މަނިކު އަދި ހަސަން ހަލީމް ކޮކޯ - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994
  • އެންމެ ބެކްގްރައުންޑް މިޔުޒިކް - އަހުމަދު އައްފާލު އަދި އަހުމަދު އާމިރު - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994
  • ފެސްޓިވަލްގެ ފަނޑިޔާރުން ދެއްވި ޚާއްސަ ކްރިޓީކް އެވޯޑް- ފާތިމަތު ރަޝްފާ - ދެރިޔާ - ފުރަތަމަ ގައުމީ ފިލްމް ފެސްޓިވަލް - 1994

އެހެނިހެން އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • ޗެކްރިޕަބްލިކްގައި ބޭއްވުނު 30 ވަނަ ޓްއަރ ފިލްމް ފެސްޓިވަލްގެ ވީޑިއޯ ސްޕޮޓް ކެޓަގަރީއިން 4ވަނަ - "ވިޒިޓް މޯލްޑިވްސް 1997" - އެޓަރނަލް ޕިކްޗަރސް - 1997

ދިވެހި ފިލްމް ފެސްޓިވަލް ޑޮކިއުމެންޓްރީ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ޑޮކިއުމެންޓްރީ ވެލިގަނޑު ރިސޯޓް

ޓެޑްރީ ޙިއްސާވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު ޑޮކިއުމެންޓްރީ - ކޮކޯޕާމް އެންޑް ސްޕާ- އިޓާނަލް ޕިކްޗާރސް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު ޑައިރެކްޓަރ - ޑޮކިއުމެންޓްރީ - ޓެޑްރީ - ކޮކޯޕާމް އެންޑް ސްޕާ- އިޓާނަލް ޕިކްޗާރސް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007
  • އެންމެ މޮޅު އެޑިޓިންގ - ޑޮކިއުމެންޓްރީ - ޓެޑްރީ - ވެލިގަނޑު ރިސޯޓް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007

ޑޮކިއުމެންޓްރީގެ އެހެނިހެން ބައިތަކަށް ލިބުނު އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • އެންމެ މޮޅު ކެމެރާ - މުހަންމަދު މަނިކު - ކްރައުން ރިސޯޓްސް - އިޓާނަލް ޕިކްޗާރސް - 2 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-1996
  • އެންމެ މޮޅު ކެމެރާ - މުހަންމަދު މަނިކު - ޅޮހިފުށި އައިލެންޑް ރިސޯޓް - އިޓާނަލް ޕިކްޗާރސް - 3 ވަނަ ގައުމީ ފިލްމް ފެސްޓިވަލް-2007

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]