މަމްސް ހަނގުރާމަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރޫމީންނާއި ބަރުބަރުންނާއި ދެކޮޅަށް މުސްލިމުން ކުރި މިހަގުރާމަ ހިގީ ހިޖުރައިން 69 ވަނަ އަހަރުގައި ޢަބުދުލް މަލިކް ބިން މަރުވާންގެ ޚިލާފަތުގައި މަޣުރިބު ނުވަތަ މޮރޮކޯގެ ޤައިރަވާން އޭ ކިޔޭ ރަށުގައެވެ. ބަރުބަރުން ރޫމީންނަށް އެހީވެ، މުސްލިމުންނާއި ދެކޮޅަށް ހަގުރާމަ ފެއްޓިއެވެ. ހަގުރާމައިގައި މުސްލިމުންގެ ލަޝްކަރުގެ ވެރިއަކަށް ހުންނެވި، ޢަޤަބާ ބިން ނާފިޢު ޝަހީދުވެ ވަޑައިގަތެވެ. އަދި މުސްލިމުންގެ ބޮޑުންގެ ތެރޭގައި ހިމެނޭ އަބުލް މުހާޖިރު ބިން ދީނާރު ވެސް ޝަހީދުވެ ވަޑައިގަތެވެ. އެއަށް ފަހު މުސްލިމުންގެ ލަޝްކަރު ފަހަތަށް ޖެހެމުން ގޮސް ޤައިރަވާންއަށް ވާސިލްވިއެވެ. އެއަށް ފަހު ޤައިރަވާން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ.

ރޫމީންނާއި ބަރުބަރުން ޤައިރަވާން ހިފުމުން ޤައިރަވާންގެ ވެރިއަކަށް ހުންނެވި ޒުހައިރު ބިން ޤައިސް އެޚަބަރާއިގެން ޚަލީފާ ޢަބުދުލް މަލިކްގެ އަރިހަށް ޝާމު ކަރައަށް ވަޑައިގަތެވެ. އެއަށް ފަހު ބޮޑު ލަޝްކަރެއް ތައްޔާރު ކުރައްވައި ޒުހައިރު ބިން ޤައިސް ވެރިއަކަށް ހުންނަވައިގެން ޤައިރަވާން އަށް ވަޑައިގެތެވެ. ހަގުރާމައިގައި ބަރުބަރުންގެ ވެރިއަކަށް ހުންނެވި ކަސީލާ ގަތުލުކުރައްވައި ޤައިރަވާން އިން ރޫމީންނާއި ބަރުބަރުން ފައްސައި ބޭރުކޮށްލިއެވެ.