މައްސަރު ދުވަސްވަރު އާދަޔާ ޚިލާފަށް ބަނޑަށް ތަދުވުން
މައްސަރު ދުވަސްވަރު އާދަޔާ ޚިލާފަށް ބަނޑަށް ތަދުވުން (އިނގިރޭސި ބަހުން: Dysmenorrhea) އަކީ މައްސަރު ދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް ކުރިމަތިވާ އުދަގުލެކެވެ. މައްސަރު ދުވަސްވަރު ބައެއް އަންހެނުންނަށް އާދައިގެ ބަނޑުގައި ރިހުމެއް ކުރިމަތިވި ނަމަވެސް އަނެއް ބައި މީހުންނަށް އާދަޔާ ޚިލާފަށް ބޮޑަށް ބަނޑުގައި ރިހުން ކުރިމަތި ކުރުވައެވެ. މިދުވަސްވަރު ކުރިމަތިވާ ތަދު އެކި މީހުންނަށް ކުރިމަތިވަނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ދިލަ ތަދެއް އިހްސާސެއް ކުރެވޭއިރު އަނެއްބައި މީހުންނަށް ތޫނު ތަދެއް އިހްސާސް ކުރެވޭކަން ފާހަގަ ކުރެވެއެވެ.
މައްސަރު ދުވަސްވަރު އާދަޔާ ޚިލާފަށް ބަނޑަށް ތަދުވުމުގެ މައްސަލަ އާންމުކޮށް ކުރިމަތިވަނީ އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާން އަންހެނުންނަށެވެ. އިގިރޭސި ބަހުން މިކަމަށް ކިޔަނީ ޑިސްމެނޯރިޔާ އެވެ. ޕްރައިމަރީ ޑިސްމެނޯރިޔާ ކުރިމަތިވަނީ ރަހިމުގައި އެއްވެސް ކަހަލަ މައްސަލައެއް ނުހުންނަ އަންހެނުންނަށެވެ. މިއީ ދިވެހިންގެ ތެރޭގައި ވެސް އެންމެ އާންމު ވައްތަރެވެ. ސެކަންޑަރީ ޑިސްމެނޯރިޔާ ޖެހެނީ ރަހިމުގައި މައްސަލަ ނުހުންނަ އަންހެނުންނަށެވެ.