Jump to content

ވެލުޕިއްލައި ޕްރަބާކަރަން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ވެލުޕިއްލައި ޕްރަބާކަރަން އަކީ ސްރީލަންކާގެ އުތުރުގައި އުފެދިފައިވާ ލިބަރޭޝަން ޓައިގާރސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) ގެ ބާނީ އެވެ. މިއީ ޓެޓަރިސްޓް ޖަމާޢަތެކެވެ. ޕްރަބާކަރަން އަކީ މިޖަމާޢާތުގެ ވެރިޔާއެވެ. ޕްރަބާކަރަންގެ ސަޕޯޓަރުން އޭނާ ސިފަކުރަނީ އިރު ކަލާންގެ ގެ ގޮތުގައެވެ. އެލްޓީޓީ އަކީ މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއް ޓެރަރިސްޓް ޖަމާޢަތެވެ.\


ޕްރަބާކަރަން އުފަންވެފައިވަނީ ނޮވެމްބަރު 26، 1954 ގައި ސްރީލަންކާގެ ޖަފްނާ އަށެވެ. ބުނެވޭ ގޮތުގައި އަމިއްލައަށް މަރުވެގެން މީހުންނަށް ހަމަލާދޭ މީހުންގެ ފައުޖެއް އުފައްދައި، އަމިއްލައަށް މަރުވެގެން ޙަމަލާދިނުން ދުނިޔެއަށް ތަޢާރަފްކުރެއްވި މީހަކީ ޕްރަބާކަރަން އެވެ. ޕްރަބާކަރަން އަކީ މެދުފަންތީގެ އާއިލާއެއްގެ 4 ވަނަ މެންބަރެވެ. ޕްރަބާކަރަންގެ އެލްޓީޓީއީ ޖަމާޢަތުގެ ކޮންމެ މެންބަރެއްގެ އަތުގައި ސައިނޭޑް ގުޅައެއް އޮވެއެވެ. އެއީ ބަޔެއްގެ އަތްދަށުވެއްޖެނަމަ އަމިއްލައަށް މަރުވުމަށް އެގުޅަ ބޭނުންކުރެވޭނެތީ އެވެ. ޕްރަބާކަރަންގެ ކަރުގައި އޮންނަ ފަށުގައި ވެސް މިފަދަ ގުޅައެއް އޮންނަކަމަށް ވެއެވެ. މިޖަމާޢަތުން ސިޔާސީ އެތަކެއް ފަރާތްތަކެއް މަރާލާފައެވެ. އެގޮތުން 1991 ވަނަ އަހަރު އިންޑިޔާގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަ ކޮށްލުމުގެ އިތުރުން، 1993 ގައި ސްރީލަންކާގެ އޭރުގެ ރައީސް ނަރަސިންހާ ޕްރަމަދާސަ އާއި، އަދި 2005 ގައި އަވަހާރަކޮށްލި އޭރުގެ ސްރީލަންކާގެ ޚާރިޖީ ވަޒީރު ލަކްޝްމަން ކަދިރްގަމް ހިމެނެއެވެ.