ވީ ޓީވީ
Appearance

ވީޓީވީ އަކީ ވިލާ ގްރޫޕްގެ ސަބް ކުންފުންޏެއް ކަމުގައިވާ އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީގެ ފަރާތުން ހިންގާ ޕްރައިވެޓް ޓީވީ ޗެނަލް އެކެވެ. ވީޓީވީއަކީ ދިވެހިރާއްޖޭގައި 3ވަނައަށް ބްރޯޑްކާސްޓްކުރަން ފެށި ޓީވީ ޗެނަލެކެވެ. ވީޓީވީ އިފްތިތާޙުކޮށްފައިވަނީ 2008 ސެޕްޓެންބަރު 5ވަނަ ދުވަހުއެވެ. ވީޓީވީ އިފްތިތާޙުކޮށްދެއްވީ އޭރުގެ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ލީގަލް ރިފޯމް މުޙައްމަދު ނަޝީދެވެ.