ވިކިޕީޑިއާ:ޞަފްހާ އަކަށް ނުވަތަ ލިޔެވިފައިވާ މަޒްމޫނަކަށް ބަދަލު ގެނައުމަށް އެހީ އެއް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވިކިޕީޑިޔާ ތަކުގައި ހިމެނޭ ޞަފްޙާތަކަށް އުނިއިތުރު ގެނައުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކުރަންވަން ޖެހިވަޑައިގަންނަވާނެހާވެސް ކަމަކީ ވިކިޕީޑިޔާ ޞަފްޙާއެއްގެ މަތީގައިވާ އުނިއިތުރު ގެންނަވާ ޓެބަށް ފިތާލައްވާނީ އެވެ. އެގޮތަށް ފިތާލުމުން އެޞަފްޙާއަށް އުނިއިތުރު ގެނެވޭނެގޮތަށް އަތުރާލެވިފައިވާ އަސްލު ލިޔުން ހިމެނޭ ފޮއްޓެއް ހުޅުވިގެންދާނެއެވެ. ޞަފްޙާއަކަށް މަޢުލޫމާތެއް އިތުރުކުރާނަމަ އެއިތުރުކުރި މަޢުލޫމާތެއް ނެގި ތަނަކަށް(ވެބްސައިޓް އަކަށް) ނުވަތަ ފޮތަކަށް ޙަވާލާދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ޙަވާލާނުދީ ހުންނަ ލިޔުންތައް ވަރަށްގިނަ ފަހަރު ވިކިޕީޑިޔާ އިން ފުހެލެވޭނެ އެވެ. އުނިއިތުރުގެނެސް ނިމުމުން ގެނެވުނު އުނިއިތުރުގެ ޚުލާޞާއެއް ހުލާސާ ޖަހާފައިވާ ދިމާލު އިން ދިގު ގޮޅީގެ ތެރޭގައި ލިޔަންވާނެއެވެ. ގެނެވުނު އުނިއިތުރު ވަރަށް ޚުލާޞާކޮށް ވެސް ލިޔެވިދާނެއެވެ. ތިބާ ޞަފްޙާއަށް ގެނައި އުނިއިތުރު ބަލާލުމަށް ނަމޫނާ ބަޓަން އަށް ފިތާލައްވާށެވެ. ތިބާ ގެނައި އުނިއިތުރުގެ ސަބަބުން އައި ބަދަލާއި، އަދި ކުރިން ލިޔުންހުރި ގޮތުގެ ތަފާތު ބަލާލުމަށް ބަދަލުތައް ދައްކަވާ ބަޓަން އަށް ފިތާލާށެވެ. ގެނެވުނު އުނިއިތުރަށް ނުވަތަ ބަދަލަށް ތިބާ ހިތްހަމަޖެހޭނަމަ ޞަފްޙާ ރައްކާކުރައްވާ ބަޓަން އަށް ފިތާލައްވާށެވެ. ތިބާ ގެންނެވި ބަދަލު ހުރިހާ ވިކިޕީޑިޔާ ކިޔުންތެރިންނަށް ފެނިގެންދާނެއެވެ.