ވިކިޕީޑިއާ:ހިނގަމުންދާ ހާދިސާތައް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ޅެންވެރިކަން ދަސްކުރައްވަން ބޭނުންފުޅުތޯއެވެ. އެހެންކަމުގައިވާނަމަ މި ލިޔުން ކިޔުއްވާށެވެ!

ވޭނަކާ ނުލައި ޅެން ވެރިއަކަށް (އާދަމް ޒާހިރު (ކުރޮޅި)

މިއީ ވަޒަންބަހުރުވައިގެތެރޭގައި ހިމެނޭ ޅެން އުފެއްދުމަށް ޝައުޤުވެރިވާ މީހުނަށްޓަކައި އަޅުގަނޑު އެކުލަވައިލާ ލިޔުމެކެވެ. މިއީ ފިލާވަޅެއްކަމުގައި ބަލައިގެންކަމުގައިވިޔަސް އެންމެ ރަނގަޅެވެ. އަދި މި ލިޔުމަކީ ވަކި މީހެއްގެ ނިންމުމަކަށް ވަކި މީހެއްގެ ލިޔުމެއްގެ ޖަދަލަކަށް ލިޔެފައިވާ ލިޔުމެއްވެސް ނޫނެވެ. މި ލިޔުމުގައި މި ހިމަނައިލާ މަޢުލޫމާތުކޮޅަކީ ތަޖުރިބާ ކުރުމާއެކު ދެވޭ މަޢުލޫމާތެކެވެ. ދިވެހި ދަރިންކުރެ ދިވެހިބަހުން ޅެން ހެދުމަށް ޝައުޤުހުންނަ ދަރިންނަށް އުނދަގުލެއް ނުލިބި ވޭންތަކެއް ނުއުފުލައި ޅެންވެރިއަކަށް ވެވިދާނޭ މަގުން ހިންގާ ކޯހަކަށް މަޢުލޫމާތު ދިނުމަށް ތައްޔާރުކުރާ ކަރުދާހެކެވެ. އެހެންކަމުން މި ކަރުދާހުގައި ޅެން ހަދާނެގޮތް ބުނެދީފައެއް ނުވާނެއެވެ. އެ މަޢުލޫމަތަކީ ޢަމަލީގޮތުން ދެވޭ އެއްޗެކެވެ.

ޅެންހެދުން: ދިވެހިބަހަށް ލޯބިކުރާ ދިވެހި ކޮންމެ ދަރިއަކުހެން ޅެންހަދަން ބޭނުންވެއެވެ. މި ހުނަރު ދަސްކޮށް ނަފުސުގައި ހިންގަން ބޭނުންވެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބަހަވީ ޢިލްމުވެރިން އެއްބަސްވެލައްވާގޮތުގައި އެއްވެސް ބަހެއްގައި ހުންނަ އަސަރެއް އެބަހުގެ އަދަބިއްޔާތު ނޭނގި ދެނެއެއް ނުގަނެވޭނެއެވެ. ޅެންވެރިކަމަށް ލޯބިކުރެވެނީ އެހެންވެއެވެ. ޅެންވެރިއަކަށް ވަރަށް ފަސޭހައިން ބަހުގެ އަދަބަށް ވަދެވެއެވެ. ބަހުގެ އަސަރަށް ފީނައިގަނެވެނީވެސް ޅެމުގެ ތެރެއިންކަމަށް ވީތީ އަދަބާމެދު ފިކުރުކުރެވޭ ކޮންމެ ދިވެއްސަކުވެސް ޅެން ހަދާހިތްވަނީ އެހެންވެކަންނޭނގެއެވެ. "ޅެން ހަދަން އެނގުމަކީ އާއިލީކަމެއް" " ކޮންމެ ކޮންމެ މީހަކަށް ޅެންހަދާކަށް ދަހެއްނުވާނެ" "ތިޔަ ހުނަރު އެނގޭނީ އެވެނިރަށެއްގެ އެވެނި ބައަކަށް" "މަޒުމޫނުލިޔަން އެނގުނަސް ޅެންހަދާކަށް ނޭނގޭނެ" "ޅެންހަދަން ދަސްވާނީ އަހަރު ދެ އަހަރު މަސައްކަތްކޮށްގެން" "ޓަސްލައިފައި ޅެންހަދަން ދަސްވޭތަ؟" މިއީ ބައެއް މީހުންގެ ފިކުރުގައި ހިނގާ ވަސްވާސްތަކެވެ. މިކަމަށް ވިސްނާ މީހުނާމެދު ފިކުރުކުރެވޭގޮތެވެ. ދެވޭ ނުބައި ޚިޔާލެކެވެ. އެއްވެސް ޝައްކެއް ނެތެވެ. ޅެންހަދަން ބޭނުންވެގެން އެކަމާއުޅޭ ކޮންމެ ދަރިއަކަށް ޓަސްލާފައިވިޔަސް ޅެންހަދަން ދަސްވުމަކީ ނުވާނޭކަމެއް ނޫނެވެ. ކިތަންމެ ޝައްކެއް ވިޔަސް އަދި ބޯދާ ޚިޔާލުތަކުގައި ތިއްބަސް ޙަޤީޤަތް ވާނީ ޙަޤީޤަތަކަށެވެ. އެހެނީ ހިތްވަރާ ޢަޒުމާއެކު ކުރިމަތިލާ ކޮންމެ މީހަކަށް، ކުރިން ނުދަންނަ ބަހަކުން ވާހަކަދައްކަން ދަސްވުމަކީ ވަރަށް ފަސޭހައިން ވާނޭކަމެކެވެ. އެހެންކަމުން ޅެން ހަދަންވެސް ދަސްވުމަކީ ވާނޭކަމެކެވެ. މި ހުނަރު ލިބިގަންނަން އެދޭ މީހާ އެންމެ ފުރަތަމަ ޅެމަކީ ކޮބައިކަން ރަނގަޅަށް ދަސްކުރަންވާނެއެވެ. ބައިތަކީ ކޮބައިކަމާއި އޭގައި ހުންނަ ކާފިޔާ، ބަނޑުވައް، ފިލިކޯޅި، ވަޒަން، މުލައަކުރު، ޞަދުރު، ޢަޖުޒަކީ ކޮބައިކަން ބަލައިގަނެ، ޚިޔާލީ ފިކުރު މި ބައިތަކަށް ހުސްކުރަންވާނެއެވެ. ކަމުގެ ޝައުޤު އުފައްދައި ކަމާވާންވާނެއެވެ. ނިކަން ރަނގަޅު ޢަޒުމަކާއެކު ޅެން ހަދަން ދަސްކުރުމާ ކުރިމަތިލާށެވެ. އޭރުން މިއީ އެއްވެސްކަމެއް ނޫނެވެ. މިއީ އާދައިގެ ފެންވަރަށް (ބޭސިކް ލެވެލަށް) ޅެން ހަދަން ދަސްކޮށްދޭ ކޯހެކެވެ. ވީމާ މި ކޯހުގައި މައިގަނޑުގޮތެއްގައި ދަސްކޮށްދޭނީ ކިޔުމަށް ތަބާވެގެންނެވެ. މިއީ އާ އުކުޅަކާއެކު ދަސްކޮށްދޭ ކޯހެކެވެ. މި އުކުޅަކީ "ފަހިމަގު" އެވެ. ފަހިމަގު ތިއަރީއެވެ. މިހާތަނަށް ތަޖުރިބާ ކުރިގޮތުގައި ކާމިޔާބު އުކުޅެއްކަމުގައި މި ގޮތް ވެއެވެ. ނޭނގިތިބެ ކުޑަ ހިނދުކޮޅެއްގެތެރޭގައި ވަޒަނަކީ ކޮބައިކަން ދަސްވެ ވަޒަނަށް ބަސްތައް ފައްތަން ދަސްވާ ތިއަރީއެކެވެ. ނޭނގިތިބެ ޅެންވެރި ޚިޔާލަށް މީހާ ހޭނި މުޅި ހަށިގަނޑުގައި މި ރޫޙު ހިފައިދާ އުކުޅެކެވެ. މި ހުނަރުގެ އަލީގައި ތިޔަ އެކުވެރިޔާ ޅެން ހަދަން ދަސްކުރާށެވެ.


ވަޒަނަކީ ކޮބާ؟ ވަޒަނަކީ ޅެން އެ މިނަކުން ކިރައި ކިޔުން ހަމަކޮށްފައިވާ ބަރުދަނެވެ. އަޑާއި ރާގާއި މަޚުރަޖު އެ ބަރުދަނަށް ފެތުނީމާ ބުނާނީ އެހުރީ ވަޒަނަށް ފެތިފައިކަމުގައެވެ. ވީމާ މި ކޯހުގައި ފުރަތަމަ މި ދަސްކޮށްދެނީ ވަޒަނަށް ބަސް ފައްތާށެވެ. މިގޮތުން ބޭނުންކުރާނީ އަތާއި ފައިން އަދި ބޮލުން ބޭނުންކުރެވޭ ޢަމަލީ ކިޔުމެކެވެ. މި ބައިތު ވަނީ ވަޒަނަށް ކިޔާނަމަ ކިޔޭނޭގޮތަށް ބައިކޮށްފައެވެ. ފިލިގުނުމެއްމިކަމުގައި ނުވެއެވެ. ފިލި ގުނާނަމަ ޅެންހަދަން ދަސްވާނީ އުނިކޮށެވެ.

ކޮންފަދަނަސީ ބެއްތޯއެމީ ދޮންވެލިބިމެއް ގައިލެއްވުމީ ހަންހާރަވެތި ދިވެހިންގެމީ ގިންތީތެރޭ ހިމެނުއްވުމީ

މިއީ ޔޫސުފް މުޙައްމަދު ފުޅުގެ ޅެމެއްގެ ބައިތެއް. ޅެމަކީ "ކޮންފަދަ ނަސީބެއްތޯއެމީ"

މި ޅެމުގައި ބަސް ކިރަން ބޭނުންކޮށްފައިވަނީ "ހޯދާބަލާ" މި ވަޒަނެވެ. މި ވަޒަނުގެ އަށް ލަފުޒު ނުވަތަ ކިރުން މިއިން ކޮންމެ ބައިތެއްގައިވެއެވެ. ކޮންމެ ފޮޅުވަތެއްގައި ވަނީ ހަތަރު ކިޔުމެވެ. މުޅި ބައިތުގައި ވަނީ އަށް ކިޔުމެވެ. މި ފިލާވަޅުގައި ދައްކައިދީފައިވަނީ ވަޒަނުގެ އެންމެ ތައްގަނޑެކެވެ. ކިޔުންތެރިން ހަނދާންކުރަންވީކަމަކީ މިއީ ވަކި މަގުސަދެއްގައި ލިޔެފައިވާ ފޮތެއްކަމުގައިވާތީ އެހެން ތައްގަނޑުތަކަށް ނުދިޔައީކަމެވެ. ވަޒަނުގެ ލުއި ބަރުމިނަށް ބަލައި އެކި ގެތުމުން ހަދައިފައިވާ ތައްގަނޑުތައް ހުރެއެވެ. މިއީ އޭގެ ތެރެއިން ޅެން ހަދަން އަލަށް ދަސްކުރާ ކުދިބަޔަކަށް ފަސޭހަވާނެ އެއް ތައްގަނޑުކަމުގައިވާތީ މި ތައްގަނޑު އަޅުގަނޑު ޚިޔާރުކުރީއެވެ.

ކާފިޔާއަކީ ކޮބާ؟ ކާފިޔާއަކީ ނިންމުމެވެ. ދިވެހިން މިބައި ވަރަށް ފުރިހަމަކޮށް ހަމަކުރުމަށްވިސްނައެވެ. އެހެންކަމުން ދިވެހި އަދީބުން ކާފިޔާކަމުގައި ބަލައިގަންނަނީ ބައިތުތަކުގެ ނުވަތަ ކިޔުމެއްގެ ނުވަތަ ޞަދުރާއި ޢަޖުޒުގެ ނިމޭ އަކުރާއި ފިއްޔެވެ. މަތީގައި ލިޔެވުނު ބައިތުން ކާފިޔާ ދެނެގަންނަމާތޯއެވެ.

...........................................މީ .......................................މީ ...........................................މީ .......................................މީ

މަތީގައި އެ ވަނީ ބައިތުގައި ކާފިޔާ ހަމަކޮށްފައިވާ ގޮތެވެ. މިއީ ވަރަށް ފުރިހަމަ ބައިތުތަކުގައި ހުންނަގޮތެކެވެ. ގިނަ ޝާޢިރުން ބައިތުގެ މެދުތެރެއިން ކާފިޔާ އެއްގޮތެއް ނުކުރާނެއެވެ. ހަމައެކަނި ފޮޅުވަތުގެ ނިމުމުގައި އެއްގޮތްކުރުމެއް އޮތީމާ ޅެން ފުރިހަމަ ވާނެއެވެ. މިދެންނެވިގޮތަށް ހަދާނަމަ ކާފިޔާ އޮންނާނީ ތިރީގައިވާގޮތަށެވެ. ފަވާފައި ވާ އަކުރަށް ކަޅިއަޅާށެވެ. މިއީ ރަނގަޅު ރީތި ބައިތެކެވެ.

ޤައުމަށްޓަކައި ދީނަށްޓަކައި ކެރިގެން ޖިހާ ދުކުރާނަ މޭ ފައުޅާއިސިއް ރާއެއްގޮތަށް ހުރިހާކަމެއް ގެންދާނަ މޭ

ޅެން ހެއްދެވީ ފަޟީލަތުއްޝައިޚުލް އުސްތާޛު މޫސާ ފަތުޙީ ޅެމުގެނަން:ހިތުގެ ޢަޒުމް

އިސްވެ ދިޔަ ބައިތުގައި ކާފިޔާ އެއްގޮތް ކޮށްފައިވަނީ ކޮންމެ ފޮޅުވަތެއްގެ ނިމުމުގައި އެކަންޏެވެ. މިއީ ޢާންމުކޮށް ޅެންވެރިން ޅެން ހަދާގޮތެވެ. މި ފެންވަރުގައި ޅެން ފުރިހަމަކުރުމީ އަދީބުން ބަލައިގަންނަ މޮޅުގޮތެކެވެ. ވީމާ ކޮންމެހެން މެދުން އެއްގޮތްކުރުމީ ލާޒިމްކަމެއް ނޫނެވެ.

ކޮންމެ ބައިތެއްގައި ކާފިޔާ އެއްގޮތް ކުރޭހެއްޔެވެ؟

ޅެމުގެ ބައިތުތައް ކާފިޔާއިން ގެތޭ ދެ ގޮތެއް ވެއެވެ. އެއްގޮތަކީ ޅެމުގެ ކޮންމެ ބައިތެއްގައި ކާފިޔާ އެއްގޮތްކުރުމެވެ. މިގޮތަށް ހަދާނަމަ ހުރިހާ ބައިތުގައި އެއްގޮތަށް ހުންނާކަށް ނުޖެހެއެވެ. އަންނަނިވި މިސާލަށް ބަލައިލާށެވެ. މިއީ މުޙައްމަދު ޖަމީލް ހައްދަވައިފައިވާ "ވާހަކަޅެން" ގެ ބައިތުކޮޅެކެވެ. "ދެން ވެގެން ދިޔައީ ވެގެން ދާނޭ ގޮތޭ އެންމެނަށް އެނގި ފައުޅުވެފައި ވާގޮތޭ ފައިދަށުން ދެމިގެން ހިގައްޖޭ ދޫލަތައް ހައިބަވެތި ކިސްރާގެ އަގުހުރި ކޮއިލުތައް ސާދަވަރަކަށް ރަސްކަލުންނަށްފަހު މުޅީން ތާޖުކޮޅު ދިޔައޭ ވެގެން ދެފަ ފާރިސީން ރޫމުގައި އޮތް ބަރު ދިޔައޭ ކުޑަވެގެން ތޫނުކަން ހަތިޔާރުގައި ނެތި ކޮށިވެގެން"

މި ޅެމުގެ ކޮންމެ ބައިތެއްގައި ވަނީ ކާފިޔާ އެއްގޮތް ކޮށްފައެވެ. ނަމަވެސް ދޭދޭބައިތު އެއްގޮތްކޮށްފައެއް ނެތެވެ. މިއީ ކާފިޔާ އެއްގޮތްކުރާ އެއްގޮތެވެ. މިގޮތަށް ހަދާނަމަ ދޭދޭބައިތު އެއްގޮތްކުރުމީ ލަޒިމްކަމެއް ނޫނެވެ. މިގޮތަށް ކާފިޔާ ހަމަޖެއްސުމަކީ ވަރަށް މަދު ޝާޢިރަކު ވަރަށް މަދުން ބޭނުންކުރާ ގޮތެކެވެ. ވީމާ ތިޔަ ދަރިވަރުންނަށްވެސް މި އުސޫލަށް ޅެން ހެދިދާނެއެވެ.

ޅެމުގައި ކާފިޔާ ގަތައިފައި ހުންނަ ދެވަނަ ގޮތަކީ ޅެމުގެ ފުރަތަމަ ބައިތުގެ ޞަދުރާއި ޢަޖުޒުގެ ކާފިޔާ އެއްގޮތްކޮށްފައި ދެންހުރި ބައިތުތަކުގެ ޢަޖުޒު އެކަނި ފުރަތަމަ ބައިތާ އެއްގޮތަށް ބެހެއްޓުމެވެ. މީގެ މިސާލެއް ތިރީގައި ވަނީއެވެ. މިއީ ޅ. ނައިފަރު ޒަކަރިއްޔާ ހެއްދެވި ޅެމެއްގެ ފަސްބައިތެވެ.

މި ޅެމުގެ ފުރަތަމަ ބައިތުގައި "ޔޭ" "ޔޭ" ލިޔެ ކާފިޔާ އެއްގޮތް ކޮށްފައިވެއެވެ. އަދި ދެންހުރި ކޮންމެ ބައިތެއްގެ ޢަޖުޒުގައި (ދެވަނަ ފޮޅުވަތުގައި) "ޔޭ" ލިޔެ ކާފިޔާ ފުރިހަމަކޮށްފައިވެއެވެ. މި ޅެމުގެ ފުރަތަމަ ބައިތު ފިޔަވައި އެއްވެސް ބައިތެއްގައި ޞަދުރާއި ޢަޖުޒުގެ ކާފިޔާ ގަސްތުގައި އެއްގޮތް ކޮށްފައެއް ނެތެވެ. މިއީ އެންމެ ގިނަ ޝާޢިރުން ޅެން ހަދާއިރު ކަފިޔާ ހަމަޖައްސާގޮތެވެ. ތިޔަދަރިވަރުން ބޭނުންނަމަ މިގޮތަށް ޅެން ހަމަޖެއްސިދާނެއެވެ.

ދިވެހިބަހުގެ އަޑުތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ބަސްބަސްފަދައިން ގިނަ އަޑުތަކެއް އެކުލެވެއެވެ. ދިވެހިބަހުގައި އެ އަޑުތައް ރަމްޒުކުރަނީ ތާނައިގެ ފިލިތަކެވެ. މިތާނގައި މި ލިޔެލަނީ ދިވެހިއަޑުތައް ފާހަގަކުރުމަށް ލިޔެ އުޅޭ ފިލިތަކާއި އެ ފިލިތަކުގެ ބަރުދަނެވެ. ދިވެހިބަހުގެ އަޑުތައް ރަމްޒުކުރާ ފިލި ދެނެގަތުމީ ޅެންހަދާ ކުދިންނަށް ފަސޭހަވާނޭކަމެކެވެ. މި ތަނުގައި މި ބަޔާންކުރުމުގައި ފިކުރުކޮށްފައިވަނީ އަޑު މަޚުރަޖަށެވެ.

ބަނޑުވައް: ބަނޑުވަކަކީ ބައިތުތަކުގެ ފެށުންތައް ނުވަތަ ޞަދުރާއި ޢަޖުޒުގެ ފެށުމެވެ. ދިވެހި ޅެންވެރިން މާނަކުރާގޮތުގައި އެއިން ކޮންމެ ފެށުމެއްގައި ފާޅުކުރާ ދެވަނަ އަޑެވެ. މި ބައި ފުރިހަމަކުރުމީ ޅެން ކިޔުމުގެ އަދަބު އަސަރުގަދަކޮށްދޭ ސިފައެކެވެ. ދިވެހި ޅެމުގައި މިބައިވެސް އެއްގޮތްކުރުމުގައި ނުވަތަ އެމުނުމުގައި ދެ ފިކުރެއް ބޭންކުރެއެވެ. އެއީ ބަނޑުވައް އެއްގޮތްކުރުމާއި ނުކުރުމެވެ. މިގޮތްވަނީ ކިހިނެއްކަން "ދެމޭފިލީގެ ނުފޫޒުގައި ބަނޑުވަކާއި ކާފިޔާ މިނިވަންވުން" މި ސުރުޚީގެ ދަށުގައިވާނެއެވެ. ބަނޑުވައް އެއްގޮތްކުރުމުގައި ބޭނުންކުރާ ފިކުރާމެދު އަންނަނިވި ދެ ޅެމަށް ވިސްނަވައިލައްވާށެވެ.


ސާދަވަރަކަށް ރަސްކަލުންނަށްފަހު މުޅީން ތާޖުކޮޅު ދިޔައޭ ވެގެން ދެފަ ފާރިސީން ރޫމުގައި އޮތް ބަރު ދިޔައޭ ކުޑަވެގެން ތޫނުކަން ހަތިޔާރުގައި ނެތި ކޮށިވެގެން" - މުޙައްމަދު ޖަމީލް ހައްދަވައިފައިވާ "ވާހަކަޅެން" ގެ ދެ ބައިތު-

މި ދެބައިތުގައިވެސް ބަންޑުވައް އެއްގޮތްކޮށްފައެއް ނުވެއެވެ. މިއީ މުލައަކުރުގައި ދެމެފިލި އޮތުމުން ލިބޭ ފުރުސަތެކެވެ. ދެމޭފިލީގެ ގޮތުގައި ބެލެވޭ "އާ އީ އޫ އޭ އޯ" ގެ ފިއްޔެއް މުލައަކުރުގައި އޮތުމުން އަޑު ފާޅުކުރާއިރު ދެވަނަ ޙާލަތުގައި ނުކުންނާނި އެއްއަޑެއްކަމުގައި ބަހަވީގޮތުން ބެލެވެއެވެ. އެހެންކަމުން ދެވަނަ އަކުރުން އެއަޑު އެއްގޮތްކުރަން ނުޖެހެނީކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. މި ބައިތުކޮޅަށްވެސް ވިސްނަވައިލައްވާށެވެ.

-ޅ.ނައިފަރު ޒަކަރިއްޔާ-

މި ބައިތުކޮޅުގެ ތެރެއިން ފަހު ދެ ބައިތުފިޔަވައި ދެން ހުރި ހުރިހާ ބައިތެއްގައި ވަނީ ބަނޑުވައް އެއްގޮތް ކުރައްވައިފައެވެ. އެއީ އެ ބައިތުތަކުގެ ބައިތައް ކުރުފިލިން ފަށައިފައިވާތީއެވެ. މުލައަކުރުގައި ކުރު ފިލި ވާތީއެވެ. މި ޅެމުގެ ފަހަތުން ދެވަނަ ބައިތުގައި ބަނޑުވައް އެއްގޮތް ކޮށްފައި ނުވަނީ އޮޅުމަކުން ނުވަތަ ގަސްތުގައިކަމަށް ވެދާނެއެވެ. ނަމަވެސް އެބައިތަކީ ބަނޑުވައް އެއްގޮތްކުރަންޖެހޭ ބައިތެކެވެ. އެއީ މުލައަކުރުގައި ދެމޭ ފިއްޔެއް ނެތީމައެވެ. ޅެމުގެ ފަހު ބައިތު ރަނގަޅެވެ. އެ ބައިތުގައި ބަނޑުވައް އެއްގޮތްކުރާކަށް ނުޖެހެއެވެ. އެއީ އެ ބައިތުގެ ފެށުންތަކުގައި އޯބޯފިލި އޮތީމައެވެ. އެއީ ދެމޭފިއްޔެއްކަމުގައިވާތީއެވެ.

ކުރު ފިއްޔާއި ދެމޭފިއްޔަކީ ކޮބާ؟

ކުރުފިލި: އަ އި އު އެ އޮ އް (ބަރުދަނީ 1 ދެމުން) (ބައެއް ލަފުޒުތަކުގައި ސުކުނަކަށް ބަރުދަނެއް ނުލިބޭނެ) ދެމޭ ފިލި: އާ އީ އޫ އޭ އޯ އައި އައު އައެ އައޮ އިއު (ބަރުދަނީ 2 ދެމުން) ކިޔުމުން ދެމޭ: ބައެއް ސުކުން ކިޔުމުގައި ނިވާވާ: ބައެއް ސުކުން "ޗާންދަނީ"

ފެންވަރު ރަނގަޅު ދިރާސާތައް ކޮށްފިނަމަ ފިލިތައް އެމުނުމުގައި ފިލި ޖެހޭ އަކުރުގެ ގޮތުން ފިލީގެ ބަރުދަނަށް ބަދަލުއަންނަކަން ހޯދިދާނެއެވެ. ނަމަވެސް މި ހިސާބުން މިފޮތަށް މި މަޢުލޫމާތު ފުދޭކަމުގައި ބަލައި ނިންމައިލާނަމެވެ.

ދެމޭފިލީގެ ނުފޫޒުގައި ބަނޑުވަކާއި ކާފިޔާ މިނިވަންވުން ކާފިޔާ އާއި ބަނޑުވައް ހަމަޖެއްސުމުގައި ދެމޭ ފިއްޔަކީ ޚާއްސަކޮށްލެވޭ ފިލިތަކެކެވެ. ބައެއް ޝާޢިރުން ޅެން ހައްދަވާ އިރު ކާފިޔާ އެއްގޮތްކުރަންޖެހޭ ތަންތަނުގައި ދެމޭފިލި (އާ އީ އޫ އޭ އޯ) ހުރިނަމަ އަކުރު އެއްގޮތް ނުކޮށްވެސް ހުރެއެވެ. އެއީ ކިޔުމުގައި އަޑުން އެއްގޮތް ވާތީކަމަށް ބެލެވެއެވެ. ހަމަ އެހެންމެ ބަނޑުވައްއަކުރު އެއްގޮތްކުރުމުގައިވެސް މުލައަކުރުގައި (މުލައަކުރަކީ ކޮންމެ ފެށުމެއްގެ ފުރަތަމަ އަކުރު) ދެމޭފިލި އޮތްނަމަ މި ފިކުރު ބޭނުންކުރެއެވެ. މުލައަކުރުގައި ދެމޭފިލީގެ ތެރެއިން އާ، އީ، އޫ، އޭ، އޯ، އައިސްފައިވާނަމަ ބަނޑުވައްއަކުރު އެއްގޮތްކޮށްފައެއް ނުހުރެއެވެ. މިއީ ޢަރަބި އުސޫލުގައި މި ފިލިތައް އެމަގަށް ލިޔާނަމަ އެކުރުވެސް ފެންނާނީ އެއް ގޮތަކަށްކަމުގައެވެ. މިއީ އެ ބަހުގެ ނުފޫޒެއްކަމުގައި ވުމީ ގާތްކަމެކެވެ.

ޅެމުގެ މާނަ "ޅެމުގެ މާނަ އޮންނާނީ ޅެންވެިރޔާގެ ބަނޑުގައެވެ" މިއީ ބައެއް ލިޔުންތެރިންގެ ކިބައިން އެނގެމުންދާ ފިކުރެކެވެ. ނަމަވެސް މިއީ މޮޅުޅެމެއްގެ ސިފައެއް ނޫނެވެ. މިއީ ދެރަޅެމުގެ ސިފައެއްވެސް ނޫނެވެ. މިއީ ބައެއް ޅެމުން ފާޅުވާ ސިފައެކެވެ. ރަނގަޅު ގޮތަކީ ޅެމުން ބުނެދޭ އެއްޗެއް ކިޔުންތެރިންނަށް ދޭހަވުމެވެ. ޚާއްސަކޮށް އެ ޅެން އަމާޒުކުރާ ބަޔަކަށް އެ ޅެމުގައި ބުނާ ވާހަކަ މޭރުން ވުމެވެ. ޢާންމުކޮށް ޅެން ވެރިން މާނަ ހަމަޖައްސާގޮތްގޮަތަށް ބަލައި އަލަށް ޅެންވެރިކަމަށް ވިސްނާ އަދީބުންގެ ޅެމުގައި މާނަ ހަމަޖެއްސުމަށް ޚިޔާލުދެމެވެ. މި އުސޫލަށް ބަލާނަމަ ދޭނޭ ނަސޭހަތަކީ މިއީއެވެ. ތިމާހަދާ މުޅި ޅެމުން ކޮންމެވެސް ވާހަކައެއް ބުނަންވާނެއެވެ. މިގޮތުން ބުނެދޭ ވާހަކައިގެ މަޢުލޫމާތު ގެނެސްދިނުމުގައި ކޮންމެ ބައިތަކުންވެސް ކުރު ވާހަކައެއް ބުނެދޭންވާނެއެވެ. އެ ބައިތުގެ ޢިބާރާތުން ޖުމުލައެއް ހެދެންވާނެއެވެ. ނޫނީ ކޮންމެ ބައިތެއްގެ ކޮންމެ ފޮޮޅުވަތަކުން ޖުމުލަ މާނައެއް ބުނެދޭންވާނެއެވެ. ބޭނުންނަމަ ކޮންމެ ދޭދޭ ބައިތަކުންވެސް މާނައެއް، ޢިބާރާތެއް ފާޅުކުރެވިދާނެއެވެ. އަދި އެހެންގޮތަކަށްވެސް މާނަ ހާމަކުރެވިދާނެއެވެ. އެއީ ޅެމަށް ޖުމުލަ ސުރުޚީއެއް ދިނުމެވެ. އެއަށްފަހު އެ ސުރުޚީއިން ބައިތުތަކުގެ މާނަ ފުރިހަމަކުރަމުންދިއުމެވެ. ކޮންމެ ބައިތެއްގައިވެސް ބުނެދޭ ކުރު ވާހަމަ ނިންމުމުގައި ސުރުޚީއާ ނުލައި ރަނގަޅު ޖުމުލައެއް ނުނެރެވޭނެއެވެ. އެގޮތަށް ހެދުމުންވެސް މާނަ ނެރެވޭނަމަ އެއީ ރަނގަޅުގޮތެކެވެ. ނަމަވެސް ޅެން ހެދިމީހާގެ ގާތަށް ގޮސްގެން ނޫނީ އެ ޅެމުގެ މާނަ ނުރެވޭނަމަ އެޅެމުގެ އަމާޒަށް ދަތުރުނުކުރުމަކީ ގާތްކަމެކެވެ.

ޅެމުގައި މަޢުލޫމަތު ހިމެނުން "ޅެމުގެތެރޭގައިވެސް މަޢުލޫމަތު ގެނެސްދޭ ޅެމާއި ހަމައެކަނި ފޮނިބަސްތަކެއް ކިޔައިލާ ޅެން ހުރެއެވެ. ޤައުމީ ދީނީ އިޖުތިމާޢީ ދާއިރާތަކުން ދުނިޔެއަށް ނެވާލާ ކޮންމެ ޅެމަކުން މަޢުލޫމަތު ގެނެސްދިނުމަކީ އެ ޅެމުގެ ހައިބަތާއި ޤަދަރު އުފުލިގެން ދާނޭކަމެކެވެ. އެހެންކަމުން ކުޅަދާނަކަން ހޯދައިގެން މަޢުލޫމަތު ހިމެނުމަށް ސަމާލުކަން ދޭންވާނެއެވެ. (ނިމުނީ) 2006 دانلود آهنگ جدید دانلود آهنگ دانلود موزیک مجید خراطها زیر حکم مهدی جهانی تنهاتر از من