އޮޕަރޭޝަންކުރާތަން އައްސިކޮށްލުން
Appearance
އޮޕަރޭޝަންކުރާތަން އައްސިކޮށްލުން(އިނގިރޭސި ބަހުން: Local Anaesthesia) އަކީ އައްސިކުރުން ނުވަތަ ހޭނެއްތުން ގެ ވައްތަރެކެވެ. ދޮސްގަނެފައިވާ މުލިހި ފަޅާލުން، ނުވަތަ ހަށިގަނޑުގެ ތަނެއްގައިވާ ސަރުބީ ގުޅައެއް ނެގުން، ފަދަ ކުޑަކުޑަ އޮޕަރޭޝަން ތަކުގައި ބޭނުންކުރަނީ މިވައްތަރުގެ އައްސިކުރުމެވެ. އޮޕަރޭޝަންކުރާ ތަނުގެ ވަށައިގެން ކުޑަ ސަރަހައްދަކަށް އައްސިކުރުމަށް ބޭނުންކުރާ އިންޖެކްޝަން ޖަހައި ، ތަދާއި، ފިނި ހޫނު އަދި މިނޫންވެސް އިހްސާސްތައް އެތަނުން ކަނޑުވާލެވެއެވެ. 2 ގަޑިއިރެއްހާއިރު ވަންދެން މިއައްސިކުރުމުގެ އަސަރު ދެމިހުރެއެވެ.
އައްސިކުރުމުގެ ވައްތަރު ކަނޑައެޅުމުގައި ބެލެވޭ ކަންތައްތައް
[އުނިއިތުރު ގެންނަވާ]- ފާއިތުވި އަދި މިހާރުގެ ޞިއްޙީ ޙާލަތު
- ކުރިން އޮޕަރޭޝަނެއްކޮށްފައިވޭތޯ ބެލުން
- ކުރިން ހެދުނީ ކޮންވައްތަރެއްގެ އައްސިކުރުމެއްތޯ ބެލުން
- ދިގުމުއްދަތެއްގައި ބޭސް ބޭނުންކުރަންޖެހޭ ބައްޔަކަށް ބޭސް ބޭނުންކުރޭތޯ ބެލުން
- ފުއްޕާމޭ، ހިތް، ފުރަމޭ، ގުރުދާގެ ބަލިތަކަށް ބޭސްކުރޭތޯ ބެލުން
- އޮޕަރޭޝަންކުރަނީ ކީއްވެގެންކަމާއި ކުރަނީ ކޮން ކަހަލަ އޮޕަރޭޝަނެއްކަން
- އޮޕަރޭޝަން ކުރުމުގެ ކުރިން ހަދާފައިވާ ޓެސްޓްތަކާއި ތަފާތު އޮޕަރޭޝަން ފަދަ ތަކެތީގެ ރިޕޯޓް