އޮޅު ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
އޮޅު ފާނަ

އޮޅު ފާނަ (ސައިންޓިފިކް ނަން: Plectropomus areolatus)ނުވަތަ (އިނގިރޭސި ބަހުން: Squaretail coralgrouper) އަކީ ރާއްޖޭގެ މަސްވެރިންގެ ތެރޭގައި ވަރަށް މަޝްހޫރު މަހެކެވެ. މިއީ ދިވެހިންކުރާ ރޭގަނޑުގެ ކެޔޮޅު ކަމުގައި އަދި ދުވާލު ފައްތައިގެން ކުރާ މަސްވެރި ކަމުގައި ގިނައިން ބޭނޭ މަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ ފަރުފަޅުމަތީގެ ބޭރުގައެވެ. އޮޅުފާނައިގެ ވަރަށް ބޮޑެތި މަސް ދިވެހިން ބާނައި އުޅެއެވެ. މިމަހަކީ ބަރުހަށިގަނޑެއް ލިބިފައިވާ ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ވަރަށް ބޮޑުވާނެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 8 ކައްޓާއި، 11 މަޑު ކަށި ހުރެއެވެ. ކަންފަތުގައި 15 އާއި 16 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ބޯމަތިން ދެލޮލުގެ ދެމެދުގައި ކުދި ހުޅުނބު ތަކެއް ހުރެއެވެ. މަހުގެ ނިގޫފަތްކޮޅު ހުންނަނީ އެއްވަރަކަށެވެ. މަހުގެ ކުލައަކީ އަޅި މުށި ކުލައެވެ. ހަށިގަނޑުގައި ވަށައިގެން ގަދަކޮށް ހުންނަ ނޫކުލައިގެ ތިކިތަކެއް ވަރަށް ސާފުކޮށް ފެންނަން ހުރެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ކަޅު ކުލައެއްގައެވެ.