އެތެއިޒަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

އެތެއިޒަމްއަކީ ހެއްދެވިފަރާތެއްވާކަށް ޤަބޫލުނުކުރާ މީހުންގެ ވިސްނުމަށް ކިޔާނަމެކެވެ. އެތެއިޒަމް ޤަބޫލުކުރާމީހުންނަށް ކިޔަނީ އެތީސްޓުންނެވެ. އެތީސްޓުންގެ މައިގަޑު ފަލްސަފާއަކީ ހެއްދެވި ފަރާތެއް ވާކަން އެމީހުންނަށް ސާބިތުނުވާކަމަށާއި ހެއްދެވި ފަރާތެއް ނެތްކަމަށް ޤަބޫލުކުރުމެވެ. އެތީސްޓުންގެ ތިންވައްތަރެއްގެ ޤުރޫޕެއްގެ ބަޔަކު އުޅެއެވެ. މިއިން ކޮންމެ ޤުރޫޕެއްގެ ބަޔަކީވެސް އެބައެއްގެ އަމިއްލަ ފިކުރާ އަދި އަމިއްލަ ވިސްނުން ސައިންސާއި ހިޔާލީ ވިސްނުމަށް ބަރޯސާވާ ބައެކެވެ. މިއެންމެންގެ ވެސް ކޮމަން އެއްވިސްނުމަކީ ސްޕަރނެޗުރަލް ނުވަތަ ޤުދުރަތީބާރެއް ވާކަން ޤަބޫލުނުކުރުމެވެ. މާނަޔަކީ ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރުމެވެ. ނުވަތަ ގޯޑް ނެތްކަމަށް ޤަބޫލުކުރުމެވެ.

އެތެއިޒަމް މިބަސް އުފެދިފައިވަނީ ގްރީކް ބަހުން އޮންނަ "އެތިއޯސް" މާނަޔަކީ (ގޯޑް ނެތް) ވިތައުޓް ގޯޑް މިބަހެވެ. މިބަސް އުފަންވެގެން އައީ މިނިވަންވިސްނުމާއި ދީންތަކާއިމެދު ޚިޔާލުފާޅުކުރުމުގެ ތެރެއިން ދީނަށް އަޅުކަން ކުރުމަށް ބޭނުންނުވާ ބައެއްގެ ސަބަބުންނެވެ. ދުނިޔޭގައި ފުރަތަމަ އެތީސްޓެއް ފާހަގަ ކުރެވިފައިވަނީ އަށާރަވަނަ ޤަރުނުގެ ތެރޭގައެވެ. މިއަދު ދުނިޔޭގެ އާބާދީގެ % 2.3 އަކީ އެތިސްޓުންނެވެ. ޖަޕާނުގެ އާބާދީގެ %65 މީހުންނަކީ ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރާ އެތިސްޓުންނެވެ. އަދި ރަޝިޔާގެ %48 މީހުންނަކީ އެތިސްޓުންނެވެ.