އެރިތުރިއާ
| State of Eritrea Hagere Ertra
ሃገረ ኤርትራ دولة إرتريا Dawlat Iritriya |
||||||
|---|---|---|---|---|---|---|
|
||||||
| Anthem: Ertra, Ertra, Ertra | ||||||
| Capital and largest city |
Asmara. 15°20′N 38°55′E / 15.333°N 38.917°E |
|||||
| Official languages | Arabic1, English1, Tigrinya1 | |||||
| Other languages | Tigre, Saho, Bilen, Afar, Kunama, Nara, Hedareb[1], [2]. | |||||
| Ethnic groups | 50% Tigrinya, 40%Tigre, Kunama, 4% Afar, 3% Saho, 3% other [1] | |||||
| Demonym | Eritrean | |||||
| Government | provisional government | |||||
| - | President of State | Isaias Afewerki | ||||
| Independence | ||||||
| - | From Italy | November 1941 | ||||
| - | From United Kingdom under UN Mandate | 1951 | ||||
| - | from Ethiopia de facto | 24 May 1991 | ||||
| - | From Ethiopia de jure | 24 May 1993 | ||||
| Area | ||||||
| - | Total | 117,600 km2 (100th) 45,405 sq mi |
||||
| - | Water (%) | negligible | ||||
| Population | ||||||
| - | 2009 estimate | 5,673,520[2] (118th) | ||||
| - | 2008 census | 5,291,370 | ||||
| - | Density | 43.1/km2 (165th) 111.7/sq mi |
||||
| GDP (PPP) | 2008 estimate | |||||
| - | Total | $3.743 billion[3] | ||||
| - | Per capita | $747[3] | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $1.479 billion[3] | ||||
| - | Per capita | $295[3] | ||||
| HDI (2007) | Error: Invalid HDI value · 157th |
|||||
| Currency | Nakfa (ERN) | |||||
| Time zone | EAT (UTC+3) | |||||
| - | Summer (DST) | not observed (UTC+3) | ||||
| Drives on the | right | |||||
| Calling code | 291 | |||||
| Internet TLD | .er | |||||
| 1. | [3], [4]. | |||||
އެރިތުރިއާއަކީ އިރުމަތީ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
ފިހުރިސްތު
އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]
އެރިތުރިއާގެ ރަސްމީ ބަހަކީ އިނގިރޭސި ބަހާއި އަރަބި ބަހާއި ތިގްރިންޔާ ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އެރި^ްރިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ އަސްމާރާއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ޕްރޮވިޝަނަލް ސަރުކާރެއް އޮންނަ ތަނެކެވެ. ޤައުމުގެ އާބާދީއަކީ 5 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 114 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 117600 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ er. އެވެ. ކޯލިން ކޯޑަކީ +291 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ނަކްފާއެވެ.
ނަން[އުނިއިތުރު ގެންނަވާ]
އެރިތުރިއާގެ ރަސްމީ ނަމަކީ ސްޓޭޓް އޮފް އެރި^ްރިޔާއެވެ.
ޖުޣުރާފީ[އުނިއިތުރު ގެންނަވާ]
އެރިތުރިޔާގެ ހުޅަނގުގައި އޮތީ ސޫދާނެވެ. ދެކުނުގައި އޮތީ އިތިޔޯޕިޔާއެވެ. އިރު ދެކުނުގައި އޮތީ ޖިބުތީއެވެ. މި ޤައުމުގެ އިރުމައްޗާއި އުތުރުގައި ދިގު އައްސޭރި ފަށެއް އެެބައޮތެވެ. ރަތްކަނޑުގެ އަނެއް ފަރާތުން އޮތީ ސަޢުދީ ޢަރަބިއްޔާ އާއި ޔަމަނެވެ.
ތާރީޚު[އުނިއިތުރު ގެންނަވާ]
އެރިތުރިއާގެ ތާރީޚުގައި އެންމެ މުހިއްމު ދައުރެއް ކުޅެފައިވަނީ އެ ޤައުމުގެ އައްސޭރިއެވެ. ރަތް ކަނޑަށް ހުޅުވިފައިވާ އެރިތުރިއާގެ އައްސޭރިއަކީ 1000 ކިލޯމީޓަރުގެ ދިގުމިން ހުރި އައްސޭރިއެކެވެ. މި ގޮތުން އަރަބި ކަރައިން ރަތްކަނޑު ހުރަސްކޮށް ވަރަށް ގިނަ ބަޔަކު އެރިތުރިއާއަށް އައިސްފައިވެއެވެ. މީގެ ތެރޭގައި ޔަމަނު ކަރައިން އައި މީސް މީހުން ފާހަގަކުރެވެއެވެ. ތުރުކީގެ އުސްމާނީންނާއި އިންޑިޔާގެ ގޯވާގައި ތިބި ޕޯޗުގީޒުންގެ އިތުރުން މިޞްރު މީހުންނާއި އިނގިރޭސީން އަދި އިޓަލީ ވިލާތުގެ މީހުން ވެސް އެރިތުރިއާއަށް އައިސްފައިވަނީ ރަތްކަނޑުގެ މަގުންނެވެ. 1 ޖަނަވަރީ 1890 ވަނަ އަހަރު އެރިތުރިއާއަކީ އިޓަލީގެ ކޮލޮނީއެއް ކަމުގައި ހަމަޖެހިގެން ދިޔައެވެ. 1936 ގައި އެރިތުރިއާ ވެގެން ދިޔައީ އިޓާލިޔަން އީސްޓް އެފްރިކާގެ ޕްރޮވިންސަކަށެވެ. އެއީ އިތިޔޯޕިޔާ އާއި އިޓާލިޔަން ސޯމާލީލޭންޑާއެކުގައެވެ. އެރިތުރިއާއަށް އިޓަލީގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1941 ވަނަ އަހަރު ނޮވެންބަރު މަހުގައެވެ. އިނގިރޭސި ވިލާތާއި އ.ދ ގެ އެހެން މޭންޑޭޓްތަކުން މިންޖުވީ 1951 ވަނަ އަހަރުއެވެ. އިތިޔޯޕިޔާއިން މިނިވަންވީ 24 މޭ 1991 ގައެވެ. މުޅީން މިނިވަންވެފައިވަނީ 24 މޭ 1993 ގައެވެ.
ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]
އެރިތުރިއާގެ އާބާދީއަށް ބަލާއިރު، އެ އާބާދީ އެކުލެވިފައިވަނީ ވަރަށް ގިނަ ނަސްލުތަކެއް މީހުންގެ މައްޗަށެވެ. އެހެން ނަމަވެސް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން މި ޢަދަދުތައް ކަށަވަރުކަމާއެކު ލިބުމަކީ ވަރަށް ދަތިކަމެކެވެ. އެހެން ނަމަވެސް ކަށަވަރުކޮށް އެނގެނީ ތިގްރިންޔާ މީހުންނާއި ތިގްރޭ މީހުން އެކުވުމުން އެއީ ޤައުމުގެ އާބާދީގެ 80% ކަމެވެ. އެރިތުރިއާގެ ކޮންމެ ނަސްލެއްގެ މީހުން ވެސް ވާހަކަ ދައްކަނީ އެބައެއްގެ މާދަރީ ބަހުންނެވެ. އެހެން ނަމަވެސް އަޣުލަބިއްޔަތެއް ނެތް ޤިއްލީ ޖަމާޢަތްތަކުން އެއް ބަހަށް ވުރެ ގިނަ ބަހުން މޮށިއުޅޭކަން ފާހަގަކުރެވެއެވެ. އެރިތުރިއާގައި ދިރިއުޅޭ ނަސްލުތަކުގެ ތެރެއިން އެންމެ ފަހުން އެ ޤައުމަށް އިތުރުވި ބަޔަކީ ރަޝައިދާ ނަސްލުގެ މީހުންނެވެ. މިއީ ޢަރަބި ބައްރުގެ އައްސޭރީން 19 ވަނަ ޤަރުނުގެ ތެރޭގައި އެރިތުރިއާއަށް އައި ބައެކެވެ.
ސަގާފަތު[އުނިއިތުރު ގެންނަވާ]
އެރިތުރިއާގެ ވެރިރަށް އަސްމާރާ ފިޔަވައި އެހެން ތަންތަނުން ފެނިގެން ދަނީ އެފްރިކާގެ އެހެން ހިސާބުތަކުން ވެސް ފެންނަ ފަދަ ސަގާފަތެކެވެ. އެހެން ނަމަވެސް ވެރިރަށް އަސްމާރާގައި ވަރަށް ބޮޑަށް އިޓަލީގެ އަސަރުތައް ފެންނަމުންދާ ކަމަށް ފާހަގަކުރެވެއެވެ. މި ގޮތުން އަސްމާރާގެ ކެފޭތަކާއި ރެސްޓޯރަންޓްތަކުން އިޓަލީގެ ބުއިންތަކާއި ކާނާ ލިބޭކަން ފާހަގަކުރެވެއެވެ.
އިޤްތިޞާދު[އުނިއިތުރު ގެންނަވާ]
އެފްރިކާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން އެރިތުރިއާގެ ވެސް އިޤްތިޞާދު އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ އެ ޤައުމުގެ ދަނޑުވެރިކަމުގެ މައްޗަށެވެ. ދަނޑުވެރިކަމުގެ ސަރަޙައްދުތަކަށް އެންމެ ގެއްލުން ފޯރާ އެއް ކަމަކީ ހަނަފަސްކަމެވެ. އެރިތުރިއާ އާއި އިތިޔޯޕިޔާއާ ދެމެދު ކުރެވުނު ހަނގުރާމައަކީ، އެރިތުރިއާގެ އިޤްތިޞާދު މުޅީންހެން ފުނޑުފުނޑުވެގެން ދިޔަ ހަނގުރާމައެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 747 ޑޮލަރެވެ.