އެންމެ ފަހު ވިންދާ ޖެހެދެން (ފިލްމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
އެންމެ ފަހު ވިންދާ ޖެހެންދެން
ޑައިރެކްޓަރއަލީ ޝިފާއު
ޕްރޮޑިއުސަރމުހަންމަދު އަލީ، އައިޝަތު ފުއާދު
ލިޔުންތެރިޔާމަހުދީ އަހުމަދު
Starringމުހަންމަދު ޖުމައްޔިލް
މަރިޔަމް މަޖުދާ
މުހަންމަދު މަނިކު
ޝީލާ ނަޖީބު
ހަދީޖާ މުހަންމަދު
އަލީ އާޒިމް
Music byމުހަންމަދު އިކްރާމް
Cinematographyއަލީ ޝިފާއު
ރިލީޒްކުރި ތާރީޚް
2015
ދިގުމިން
135 މިނެޓް
ބަހުރުވަދިވެހި

ރަޔަން (ޖުމައްޔިލް) އަކީ މުއްސަނދި އާއިލާއަކަށް ލިބިފައިވާ ހަމައެކަނި ދަރިއެވެ. މީރާ (މަޖުދާ) އަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ ދިރިއުޅުން ވަރަށް ސިމްޕަލް ކުއްޖެކެވެ. އީދު ތެރޭގައި މީރާގެ އެކުވެރިއެއްގެ ރަށުގައި މަޖާކުރަނިކޮށް، ހަމަ އެރަށަށް އަންނަ ރަޔާންއާއި ދިމާވެއެވެ. އީދު ޗުއްޓީ ނިމި މާލެ ފުރަންދެން، މީރާއާއި ރަޔަން އެކި ފަހަރު މަތީން ދިމާވެއެވެ. އަދި މީރާގެ ނަޒަރުގައި ރަޔަންއަކީ މުއްސަނދިކަމުން ކިބުރުވެރި އަދި ބޮޑާ މީހެކެވެ. މީރާ ގަބޫލްކުރާގޮތުގައި މިފަދަ މީހުންނަކީ އެއްވެސް ހާލަތެއްގައި އަންހެންކުއްޖެއްގެ އެންމެ ފަހު ވިންދާ ޖެހެންދެންވެސް ގާތުގައި ތިބެން ބޭނުންވާނެ ބައެއް ނޫނެވެ.

މާލެ އައުމަށްފަހު ރަޔަން އާއި މީރާ އަނެއްކާވެސް ދިމާވެއެވެ. އަދި އެކި ފަހަރުމަތިން ދިމާވަމުން ގޮސް، މި ދެޒުވާނުންގެ ދެމެދުގައި އެކުވެރިކަން ބަދަހިވާންފަށައެވެ. ދުވަސްކޮޅެއްގެތެރޭގައި މިއެކުވެރިކަން ހާއްސަވެ، ލޯތްބައް ބަދަލުވެ، ދެމީހުން އެކުގައި ދިރިއުޅުމެއް ފަށާން، ކައިވެނި ކުރަން ނިންމައެވެ. ނަމަވެސް މިހިސާބުން މިދެމީހުންގެ ދިރިއުޅުމަށް ރަޔަންގެ ބައްޕަ (މަނިކު) ގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވެއެވެ. ރަޔަންގެ ބައްޕަގެ ހުވަފެނަކީ، ތަނަވަސްކަމުގެ ގޮތުން ރަޔަންއާއި އެއް ފެންވަރެއްގެ ކުއްޖަކާ ރަޔަން ދެވުމެވެ. ރަޔަންއަކީ އެއްވެސް އިރެއްގައި އޭނާގެ ބައްޕަގެ މުއްސަދިކަމުން އޭނާގެ އަމިއްލަ ދިރިއުޅުން ބިނާކުރަން ބޭނުންވާ ޒުވާނެއްނޫނެވެ. އެހެންވެ، ބައްޕަގެ ހަރުކަށި އެންގުންތަކާ ހިލާފަށް، ގެއިން ނުކުމެގެން ގޮސް މީރާއާއި ކައިވެނިކުރެއެވެ. މިހިސާބުން ރަޔާންއާއި ރަޔަންގެ ބައްޕަގެ ގުޅުން ނިމުމަކަށް އާދެއެވެ. އަދި ރަޔަންއަށް މިއީ އެންމެ ރަނގަޅު ގޮތްކަމުގައި ހީކުރެވި، އަމިއްލަ ފައިމައްޗަށް ތެދުވަން ލިބޭ ފުރުސަތެއްކަމުގައިވެސް ދެކެއެވެ.

ރަޔަންއާއި މީރާ ކައިވެނި ކުރުމަށްފަހު، މާމުއި ހަނދުގެ ދުވަސްތަށް އުފަލާ މަޖަލުގަ ހޭދަކުރަމުން ދެއެވެ. ނަމަވެސް މިދެމީހުންގެ މާމިއު ހަނދަށް ބޯ ކަޅު ވިލާތަކެއް އަރާ ދިރިއުޅުން އަނދިރިވެގެންދަނީ މީރާއާއި ބެހޭ ހީވެސް ނުކުރާ ކަމެއް ފެންމަތިވާ ހިސާބުންނެވެ.

ޕްރީ ޕްރޮޑަކްޝަން[އުނިއިތުރު ގެންނަވާ]

މިފިލްމުގެ ޕްރޮޑަކްޝަން ފަށާފައިވަނީ 2014 ވަނަ އަހަރުކަމުގައި ވިއަސް، ފިލްމުގެ ސްކްރީންޕްލޭ ލިޔެ ނިންމާފައިވަނީ 2011 ވަނަ އަހަރުއެވެ. މިއީ ވަރަށް އަސަރުގަދަ ލޯބީގެ ޑްރާމާއެވެ. 2011 ގައި ފިލްމުގެ ސްކްރީންޕްލޭ ނިނުމުނުތަނާހެން ޕްރީ ޕްރޮޑަކްޝަން ފެށުނެވެ. ފިލްމުގެ ތަރިންނަށް ހަމަޖެއްސީ އެވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި ތިބި އެންމެ ފުންނާބު އުސް ތަރިންނެވެ. ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖެއްސީ ރަވީ ފާރޫގު އެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކުން، ފިލްމުގެ ޕްރޮޑަކްޝަން ނުފެށި ލަސްވިއެވެ.

ފިލްމުގެ ޕްރޮޑަކްޝަން ނުފެށި 2 އަހަރު އޮތުމަށް ފަހު، ފިލްމުގެ ޕްރީޕްރޮޑަކްޝަން އަލުން ފެށުނީ 30 މެއި 2014 ވަނަ އަހަރުއެވެ. އޭރު ފިލްމަށް ކާސްޓްކޮށްފައިވާ ތަރިންނާއި ޑައިރެކްޓަރުގެ ޝެޑިއުލްތައް ފުރިފައިވާތީވެ، ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖެއްސީ ސިނެމަޓޮގްރާފަރ/ އެޑިޓަރ/ ޑައިރެކްޓަރ އަލީ ޝިފާއުވެ. އަދި ޕޮރޮޑިއުސަރ އާއި ޑައިރެކްޓަރުގެ ހިޔާލަށް ފިލްމުގެ މުޅި ކާސްޓް އެވަގުތު ތިބި އެންމެ ޒުވާން ތަރިން ހަމަޖެއްސުނެވެ. އެގޮތުން ލީޑް ރޯލަށް މުހަންމަދު ޖުމައިލް އަދި މަރިޔަމް މަޖުދާ ހަމަޖެއްސުނެވެ. އަދި ޖުމައިލްގެ މައިންބަފައިންގެ ރޯލަށް މުހަންމަދު މަނިކު އާއި ޝީލާ ނަޖީބު ހަމަޖެއްސުނެވެ. މީގެ އިތުރުން ހަދީޖާ މުހަންމަދުއާއި އަލީ އާޒިމް ވަރަށް މުހިންމު ރޯލްތަކަށް ހަމަޖެއްސުނެވެ.

މިބަދަލުތަކާއެކު، ފިލްމުގެ ސްކްރީންޕްލޭއަށްވެސް ކުދި ކުދި ބަދަލުގެނެވުނެވެ. އެގޮތުން ކެރެކްޓަރުންގެ ނަންތަށް ޒަމާންކުރެވުނެވެ އަދި އެމީހުންގެ ބަހުރުވައަށްވެސް ބަދަލުތަށް ގެނެވުނުވެ.

ޕްރޮޑަކްޝަން[އުނިއިތުރު ގެންނަވާ]

ފިލްމުގެ ޕްރޮޑަކްޝަން ފެށުނީ 08 ސެޕްޓެމްބަރު 2014 ވަނަ ދުވަހުގެ 1625 ގައެވެ. ފުރަތަމަ ޝޫޓްކުރެވުނީ ސީން 47 އެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]