Jump to content

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

މިނިވަން، މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ވުޖޫދުވެގެން އައީ، ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު 2016/06 ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުންނެވެ. ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެ ކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށް ޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދާފައި ވަނީ 2016 އެޕްރީލް 25 ވީ ހޯމަ ދުވަހުއެވެ. މި މަޖިލީހަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބެލެނިވެރިކަމުގެ ދަށުން ހިނގަމުންދާ ވަކި އިދާރާއެކެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން

[އުނިއިތުރު ގެންނަވާ]
  1. ފަޟީލަތުލްއުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް - މަޖިލީހުގެ ރައީސް
  2. ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން - މަޖިލީހުގެ ނާއިބު ރައީސް
  3. ޑރ. މޫސާ އަންވަރު ޙަސަން - މަޖިލީހުގެ މެންބަރު
  4. ޑރ. އިލްޔާސް ޙުސައިން - މަޖިލީހުގެ މެންބަރު
  5. ޑރ. ޢަލީ ޒާހިރު - މަޖިލީހުގެ މެންބަރު