Jump to content

އަޙްމަދު ސަމީރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އައްޝައިޚު އަޙްމަދު ސަމީރަކީ ށ. ފޯކައިދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރި ބޭފުޅެކެވެ.

އައްޝައިޚު އަޙްމަދު ސަމީރު ވަނީ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލްއަޝްރަފިއްޔާގައި 1997ވަނަ އަހަރު ތަޢުލީމު ޙާޞިލުކުރައްވައިފައެވެ. 2000ވަނަ އަހަރު އިމާމު އަބޫ ޙަނީފާ ހައި އިންސްޓިޓިއުޓް ފޯ ޓީޗަރ ޓްރެއިނިންގގައި ޑިޕްލޮމާ އިން ޓީޗިންގ (އިސްލާމް) ޙާޞިލުކުރައްވައިފައިވެއެވެ. އޭގެފަހުގައި 2006ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ އަލްޖާމިޢަތުލްއިސްލާމިއްޔާ (މަދީނާ އިސްލާމިކް ޔުނިވަރސިޓީ) އިން އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވިއެވެ. މާސްޓަރ އޮފް އާޓްސް އިން ޝަރީޢާ ޙާޞިލުކުރެއްވީ 2017ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ.

އައްޝައިޚު އަޙްމަދު ސަމީރު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑިޕާޓްމަންޓް އޮފް ޝަރީޢާގެ ސީނިއަރ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ފެކަލްޓީއާ ގުޅިވަޑައިގަތީ 2010ވަނަ އަހަރުގައެވެ.

އަދި އައްޝައިޚު އަޙްމަދު ސަމީރަކީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ދީނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއްސަލަފުގެ ނާއިބު ރައީސްގެ އިތުރުން އެ ޖަމްޢިއްޔާގެ ޢިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ވެސް މެއެވެ. ހަމައެހެންމެ އަޔާދީ ތަކާފުލާއި އެލިއާގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވައެވެ.