އަލީގަރް މުސްލިމް ޔުނިވަސިޓީ
Appearance
އަލީގަރް މުސްލިމް ޔުނިވަސިޓީއަކީ އިންޑިޔާގެ މައި ސަރުކާރުން ހިންގާ ޔުނިވަސިޓީ އެކެވެ. މަދުރަސަތުލް އުލޫމު މުސަލްމާނީ ހިންދީ ގެ ނަމުގައި މި ތަން ފުރަތަމަ ގާއިމުކުރީ ސައްޔިދު އަޙްމަދު ޚާން އެވެ. 1875 ގައި މިތަން މުޙައްމަދާން އެންގްލޯ-އޮރިއެންޓަލް ކޮލެޖް ގެ ނަމުގައި ހިންގަން ފެށުނެވެ. މިތަނުގެ މައިގަނޑު މަގްސަދަކީ މުސްލިމުން ސިވިލްސާވިސްގެ ވަޒިފާތަކަށް ތަމްރީނު ކުރުމާއި، އިނގިރޭސިވިލާތުގެ ޔުނިވަސިޓީތަކުން މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތު ހޯދުމެވެ. މި ކޮލެޖް އަލީގަރް ޔުނިވަސިޓީގެ ގޮތުގައި ހިންގަން ފެށުނީ 1920 ގައެވެ.