އަތޮޅުކުރިއަރުވާ ކޮމިޓީ
Appearance
އަތޮޅު ކުރިއަރުވާ ކޮމިޓީއަކީ އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކަންތައްތަކުގައި އަތޮޅުވެރިޔާއަށް މަޝްވަރާދީ އަތޮޅުގެ ރައްޔިތުންގެ ފައިދާއާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ މުޢައްސަސާއެކެވެ. މިކޮމިޓީގައި ހިމެނިވަޑައިގަންވާނީ ރަށްރަށުގެ ވެރިންފެންވަރުގެ ބޭފުޅުންނެވެ. މިއަތޮޅުގައި އަތޮޅުކޮމިޓީގެ ފަރާތުން އަތޮޅުތަރައްޤީގެ ޕްރޮގްރާމް ހިންގައެވެ. މިޕްރޮގްރާމަކީ އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ ލުއިލޯނު ދޫކުރުމުގެ އިތުރަށް އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ތަފާތު ހަރަކާތްތަކެއް ހިނގަމުންދާ ޕްރޮގްރާމެކެވެ