އަމާނާތް (ފިލްމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަމާނާތް
އަމާނާތް ގެ ޕޯސްޓަރެއް
ޑައިރެކްޓަރމަހުދީ އަހުމަދު
ޕްރޮޑިއުސަރމުޙައްމަދު ނިޔާޒް ޓެޑްރީ
ލިޔުންތެރިޔާމަހުދީ އަހުމަދު، މުޙައްމަދު ނިޔާޒް ޓެޑްރީ
Starringޖަމްޝީދާ އަޙުމަދު، ޢަލީ ޚާލިދު، އާރިފާ އިބްރާހީމް، ފާތިމަތު ރަމީޒާ
Music byމުޙައްމަދު އިކްރާމް
Cinematographyކޮކޯ ޙަލީމް/މުހައްމަދު މަނިކް
ރިލީޒްކުރި ތާރީޚް
2002
ދިގުމިން
183 މިނެޓް
ބަހުރުވަދިވެހި

'ދެރިޔާ' ކާމިޔާބީއަށް ފަހު މުޙައްމަދު ނިޔާޒް ޓެޑްރީ ޕޮރޮޑިއުސްކޮށް މަހްދީ އަހުމަދު ޑައިރެކްޓްކުރި އަމާނާތް ވެސް ވަނީ ބޮޑެތި ކާމިޔާބުތައް ހޯދާފައެވެ. ހިންދީ ފިލްމު މައުސޫމް އަސްލަކަށް ބަލައިގެން ހެދި ފިލްމްގެ ބަތަލް ބައިވެސް ކުޅުނީ 'ދެރިޔާ' ގެ ވެސް ލީޑް ރޯލް އަދާކޮށްފައިވާ އަލީ ޚާލިދު އެވެ. މީގެ އިތުރުން ޖަމްޝީދާ އަދި ފާތިމަތު ރަމީޒާ ބޮޑު ބަޔެއް މިފިލްމްގައި އަދާކޮށްފައި ވެއެވެ. ކުޑަ 3 ކުދިންގެ މުހިއްމު ރޯލްތަކެއް ހިމެނޭ މިފިލްމު ވަނީ 3 ވަނަ ގައުމީ ފިލްމީ އެވޯޑްގައި 12 އެވޯޑް ހާޞިލްކޮށް ރިކޯޑް މުގުރާލައިފައެވެ.

އުފާވެރި ދިރިއުޅުމެއް އުޅޭ އަލީ ޚާލިދު އާއި ފާތިމަތު ރަމީޒާގެ ލޯބި ލޯބި 2 އަންހެންކުދިން ތިބެއެވެ. މިދިރިއުޅުމުގެ އުފާވެރިކަމަށް ނިމުމެއް އަންނަނީ ޚާލިދު ގާތުގައި އޭނާގެ ފިރިހެން ދަރިއަކު އައްޑޫގައި ހުންނަ ވާހަކަ އަބްދުއް ސައްތާރު ބުނާ ހިސާބުންނެވެ.

އަލީ ޚާލިދުއަށް އޭނާގެ މާޒީގައި އައްޑުއަށް ކުރި ދަތުރެއްގައި، އޭނާ ހުރި ގޭގައި އުޅުނު ޖަމްޝީދާ އަހުމަދު އާއި އެކު ބަދަހިވި ގުޅުމުގެ ހަނދާންތަށް އާވެގެން ދެއެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]