ކްލިންޑަމައިސިން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ކްލިންޑަމައިސިން (އިނގިރޭސި ބަހުން: Clindamycin) އަކީ ލިންކޮސަމައިޑް ގުރޫޕް ގައި ހިމެނޭ އެންޓިބަޔޮޓިކް އެކެވެ. އެނޮރެބިކް ބެކްޓީރިޔާ ތަކުގެ ސަބަބުން ޖެހޭ އިންފެކްޝަން ތަކަށް ފަރުވާ ކުރުމަށް މިއެންޓިބަޔޮޓިކް ބޭނުން ކުރެވެއެވެ. އަދި ބައެއް ކަހަލަ ޕަރަސައިޓް ތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ބޭނުންކޮށް އުޅެއެވެ. މިސާލަކަށް މެލޭރިޔާ އަށް ފަރުވާ ކުރުމުގައި ބޭނުން ކުރެވެއެވެ. އޮށާޅަ ނެގުން ފަދަ ކަންތައްތަކަށް ފަރުވާ ކުރުމުގައި ވެސް ބޭނުން ކުރެއެވެ.

ތަފާތު ބްރޭންޑް ނަންތަކުގައި ކްލިންޑަމައިސިން ނެރެ ފާމަސީ ތަކުން ވިއްކަމުން ގެންދެއެވެ. އެގޮތުން ޑަލަސިން، ކްލިއޯސިން، ކްލިނަސިން ފަދަ ނަންތަކުގައި ނެރެފައި ވެއެވެ.