ކެޓް ފިޝް

ވިކިޕީޑިއާ އިންވިކިޕީޑިއާ
އެއަށްޓެހި

ކެޓް ފިޝް(ސައިންޓިފިކް ނަން: Plotosus lineatus)ނުވަތަ (އިނގިރޭސި ބަހުން: Striped eel catfish) އަކީ ވެނުގެ ސިފައިގައި ހުންނަ މަހެކެވެ. މިމަސް އާންމު ގޮތެއްގައި އުޅެނީ ވަރަށް ބޯކޮށް ފަޅުގެ ތިލަ ހިސާބުތަކުގައި އައިން ހަދައިގެންނެވެ. މިގޮތަށް އައިން ހަދައިގެން ދަތުރުކުރާއިރު މަސްތައް އޮންނަނީ ވަރަށް ބޮޑަށް ގައިގޯޅިވެ،ވަރަށް ބޮޑަށް ޖެހިފިތިގެން، ގާތްގާތުގައެވެ. މިމަސް ގިނައިން ކައިއުޅެނީ ކުދި ކަކުންޏާއި ކަކުނި ފާނޑުގެ އެއްޗިއްސެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގެ ފުރަތަމަ ކޮތަރިބައިގެ ފުރަތަމަ ކައްޓަކީ ވަރަށް ވިހަ ގަދަ ކަށިތަކެކެވެ. ވީމާ މިމަސް ހިފައި ގެންގުޅޭއިރު މިކަމަށް ވިސްނައިގެން އުޅުމަކީ މުހިއްމު ކަމެކެވެ. މިއީ އާންމު ގޮތެއްގައި ރާއްޖޭގެ މަސްވެރިން ހިފައި އުޅޭ މަހެއް ނޫނެވެ. އަދި ދިވެހިން ކައިއުޅޭ މަހެއްވެސް ނޫނެވެ.

މަހުގެ ތުނބުގައި 4 ޖޯޑު ނަރުވާ ހުރެއެވެ. މަހުގެ މަތީ ކޮތަރިބައިގެ ފުރަތަމަ ކަށި ހުންނަނީ ކޮޅަށް ވަރަށް ތޫނު ކޮށެވެ. މަހުގެ މަތީ ދެވަނަ ކޮތަރިބަޔާއި ނަގޫފަތް، އަދި ބަނޑުދަށް ފަރާތު ކޮތަރިބައި ހުންނަނީ ގުޅި އެއްކޮތަރިބައެއްގެ ގޮތުގައެވެ. މަހުގެ މަތީބައިގެ ކުލައަކީ މުށިކުލައެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ދެފަރާތުގައި ހުދުކުލައިގެ ފުޅާ 3 ރޮނގު ހުރެއެވެ.