ކޫފާ ( އިރާގު )

ވިކިޕީޑިއާ އިންވިކިޕީޑިއާ

- ކޫފާ އޮންނަނީ އިރާގުގައިވާ ފުރާތު ކޯރުގެ އައްސޭރީގައެވެ. ކޫފާގެ އުތުރުން އޮންނަނީ އިރާގުގެ ވެރިރަށް ބަޣުދާދު އެވެ. އިރުދެކުނުން އޮންނަނީ ބަޞަރާ އެވެ.

- ކޫފާ ބިނާކުރެވުނީ ހިޖުރައިން 17ވަނަ އަހަރުގައެވެ. މިރަށް ބިނާކުރެއްވީ އުމަރުގެ ފާނުގެ އަމުރުފުޅަށް ސަޢުދު ބިން އަބީ ވައްޤާޞް އެވެ.

- ފާރިސްކަރައިގެ ރަށްތަކާއި. ޚަރާސާން ފަދަ ރަށްތައް ފަތަހަކުރެއްވުމަށް އިސްލާމީ ލަޝްކަރު ނިކުމެފައިވަނީ ކޫފާގެ ބިމުންނެވެ.

- ހިޖުރައިން 75ވަނަ އަހަރު ޙުއްޖާޖު ބިން ޔޫސުފު އައްޘަޤަފީ އިރާގުގެ ވެރިކަމަށް އިސްވުމަށް ފަހު ކޫފާއާއި، ބަޞަރާ ކައިރީގައި ހަގުރާމައިގައި ބޭނުންކުރެވޭ ބޭސްއެއްގެ ގޮތުގައި ވާސިޠު އޭ ކިޔޭ ރަށެއް ބިނާކުރެއްވި އެވެ.

- ކޫފާ ވަނީ ފިޤުހު އިލްމުގައި ކުރިއަރައިގެން ގޮސްފައެވެ. އަލް އިމާމް އަބޫ ޙަނީފާ އައްނުޢުމާން އަކީ ކޫފާގެ ފިޤުހު އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

- ކޫފާގެ އާޘާރުތަކުގެ ތެރެއިން މިހާރު ފެންނަށް ހުރީ ހިޖުރައިން 17ވަނަ އަހަރު ބިނާކުރެވުނު އަލް މަސްޖިދުލް ޖާމިޢު އެވެ.