ކުޑަކަމުދާހޮޅީގައި ރިހުން
Appearance
ކުޑަކަމުދާހޮޅީގައި ރިހުން(އިނގިރޭސި ބަހުން: Urethral pain) ހުރުމާއެކު ތަދު އިޙްސާސް ކުރަންޖެހުމަކީވެސް ކުޑަކަމުދާ ހޮޅިއަށްބައްޔެއް ޖެހިފައިވާ ކަމުގެ އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރެއިން އަލާމާތެކެވެ. މިގޮތުން ކުޑަކަމުދާއިރު ދިލަނަގާތީއާއި ކުޑަކަމުދާއިރު ތަދުވާތީ ޝަކުވާ ކުރެއެވެ. ގިނަފަހަރު ތަދުގެ އިހްސާސް ކުރެވޭނީ ކުޑަކަމުދާހޮޅީގައި ނޭދެވޭ ޖަރާސީމް އަށަގަތުމުންނެވެ. އަދި ވަރަށް ގިނަ ފަހަރު އެތަދު މަސާނާ އިންފެކްޓްވުމާއި ގުޅުން ހުރެއެވެ. ކޮންމެ ފިރިހެނެއްގެ ކުޑަކަމުދާހޮޅި ވަށައިގެން ތަންކޮޅެއް ފުނުގައި އޮންނަ ގުނަވަނެއްކަމުގައިވާ ޕްރޮސްޓޭޓް ގްލޭންޑްގެ ބައްޔެއްގެ ސަބަބުންވެސް ކުޑަކަމުދާ ހޮޅީގައި ރިއްސަފާނެއެވެ. އެތަދު ވަކިވަރަކަށްވުރެ ބޮޑުވެއްޖެނަމަ ކުޑަކަމުނުދެވުމަކީވެސް ވަރަށް ގާތްކަމެކެވެ.