ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ނުވަތަ ޑިސްފަންކްޝަނަލް ޔުޓެރައިން ބްލީޑިންގ(DUB) އަކީ ބަލީގެ ޙާލަތެއް ނޫނީ ބައްޔެއް ހުރުމަކާ ނުލައި، އެއްވެސް ތަރުތީބެއް، އިންތިޒާމެއްނެތި،ކުރިމަތި ފަރާތުން ލޭއައުމެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވަނީ ގިނަ ފަހަރު ބާލިޣުވާތާ ކުރީކޮޅު، ނުވަތަ އިއްދައިން ކެނޑެން ކައިރިވުމުންނެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ބުނެދޭން ނޭނގޭގޮތަށް ކުރިމަތިވާ ކަމެކެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭ ވަރަށް ގިނައިން ވެސް އަތުވެދާނެ އެވެ. ނޫނީ ވަރަށް މަދުން ވެސް އަތުވެދާނެ އެވެ. މިގޮތަށް ލޭއައުން ދޭތެރެ ދޭތެރެއިން ވެސް ކުރިމަތިވެދާނެ އެވެ. ނޫނީ ކުއްލިއަކަށް ވެސް ކުރިމަތިވެދާނެ އެވެ.ހަށިގަނޑު ބަރުދަން މަތި، ބުރަހެލިކޮށް ތިބޭ އަންހެނުންނަށް ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުން ކުރިމަތިވުން އިތުރުކަން ފާހަގަ ކުރެވެއެވެ. ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭއައުމަކީ ހޯރމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން، މާބަނޑުވުން، ބައިގެން ދިއުން، ރަހިމުގައި ފައިބްރޮއިޑް އުފެދުން، ކުރިމަތި ފަރާތް ހިމެނޭ ހިސާބުގައި ފަދަ ޖިސްމާނީ ނޫނީ ބަލީގެ ހާލަތެއްނެތި، އެއްވެސް ކަހަލަ އިންތިޒާމެއް ނެތި، ރަހިމުން ލޭފޭބުމެވެ.