ކައްޓަލަފުށި
Appearance
ކައްޓަލަ ފުއްޓަކީ ހދ.އަތޮޅުގައި، ވައިކަރަދޫގެ އިރުއުތުރުން އަދި ނޭކުރެންދޫގެ އުތުރަށް އޮންނަ ވަރަށްކުޑަ ގާމަތި ރަށެކެވެ. މިރަށް ކުޑަކަމުން ރަށުގައި ފެންފަށަލަ ހަރުލާވަރެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެރަށަކީ ފެންލޮނު ރަށެއް ކަމުން އެއްވެސް ޒަމާނެއްގައި މަސައްކަތްކުރުމަށް ބޭނުންކޮއްފައިވާ ރަށެއް ނޫނެވެ. ބޮޑުތަކުރުފާނު ވާހަކައިގައި ކިޔާއުޅޭގޮތުން ޕޯޗުގީޒުންގެ ބަޔެއް އެރަށަށް ފޮނުވާލެވެނުވެ. އަދި އެމީހުންނަށް ކާންބޯން ނުލިބިގެން މަރުވީކަމަށްވެސް ކިޔާއުޅޭއެވެ. އާއްމުކޮށް މިރަށް ބޭނުންކޮއް އުޅެނީ އަކިރި ނެގުމަށާއި ދަރުކޮށުމަށެވެ.