ބޮޑުގެ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަރަދޫ ބޮޑުގެއަކީ ވެންބޮޅަފުށީ އަވަށުގައި ހުންނަ އިނގިރޭސީން ބިނާ ކުރި ޢިމާރާތެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ނުވަތަ އެއަށްވުރެން ކުރިން އެމީހުން މިތަން ބިނާކުރިއެވެ. މިތަން ބިނާކުރުމަށްފަހު ރޯޔަލް އެއަރފޯސްގެ ގުދަނެއްގެ ގޮތުގައިވެސް މިތަން ބޭނުންކުރެވުނުކަމަށް ބުނެވެއެވެ. އަދި އޭގެފަހުން ޖަލެއްގެ ގޮތުގައިވެސް ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބޮޑުގެ ބޭނުންކުރެވުނުކަމުގައ ބުނެވެއެވެ. ކޮންމެ އަކަސް މަރަދޫގެ ބޮޑުމަގުގައި ހުރި މިޢިމާރާތަކީ މަރަދޫއަށް ބަލާއިރު ނިޞްބަތުން ބޮޑު ޢިމާރާތެކެވެ. މިތަންކުރީގައި ބޭނުންކުރަމުން އައީ "ވެންބޮޅަފުށި ސިނަމާ" ގެ ނަމުގައި ހިންދީ ފިލްމު ދައްކާ ސިނަމާއެއްގެ ގޮތުގައެވެ. 1994 ވަނަ އަހަރާ ހަމައަށް މިތަނުގައި ފިލްމު ދައްކަމުން ދިޔައެވެ. އޭގެފަހުން މިތަން ވަނީ ބޭނުން ނުކޮށް ދިންދުވަސް ވުމުގެ ސަބަބުން ވީރާނާ ވެފައެވެ. "ބޮޑަގެ" ގައި ދާރުލްއާސާރެއް ގާއިމު ކުރން ނިންމާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ދާދި ފަހުން ބުނެފައެވެ.އަދި ދާރުލްއާސާރު ގާއިމު ކުރަން ބޭނުންވާ ފައިސާ ވެސް ކައުންސިލްގެ މި އަހަރުގެ ބަޖެޓްގައި ހިމަނާފައި ވެއެވެ. މީގެ ކުރިން މަރަދޫ ބޮޑަގޭގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ހުޅުވަން ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ.