ބޮނޑިބަތް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބޮނޑިބަތް ކުޅިމަހާއެކު

ބޮނޑިބަތް އަކީ ހަނޑުލާއި، ގޮދަނާއި ސާގާއި ބަނބުކެޔޮ ފަދަ ތަކެތިން ކައްކާ ފޮނިކާއެއްޗެކެވެ. ބަނބުކޭލުގައި ކައްކަނީ ކުދިކޮށް ކޮށައިގެންނެވެ. ގޮވާމުގެ ބާވަތްތަކުގައި ކައްކަނީ ހުރިގޮތަށެވެ. މިކެކުނީމާ ހުންނާނީ ތަތްކޮންނެވެ. ބޮނޑި ބަތް އާންމު ކޮށް ހަދަނީ އީދު ދުވަސް ފަދަ ޚާއްޞަ މުނާސަބާތް ތަކާއި ގުޅުވައިގެންނެވެ. ދިވެހި ރާއްޖޭގައި ކުޑަ ދަރިފުޅު އުފަންވެ 7 ދުވަސްވެ ނަން ކިޔުމުން ވެސް ބޮނޑިބަތް ކައްކައިގެން ކުޅި މަހާއެކު ބަހައި އުޅެއެވެ.