ބުރުނީ (ތ. އަތޮޅު)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބުރުންޏަކީ އަތޮޅުގެ ވެރިކަންކުރާރަށް ވޭމަންޑޫ އާއި ގާތްގަނޑަކަށް 22 ނޯޓިކަލް މޭލު ދުރުގައި ދ އަތޮޅުގެ ބައެއްރަށްތަކާ ކައިރީގައިވާ ރަށެއްކެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ބޮޑުމިނުގައި 30.5 ހެކްޓަރ ހުރި މިރަށުގެ މީހުން ދިރިއުޅުމަށް ކުރާމައިގަނޑު މަސައްކަތަކީ މާލެއާއި ރިސޯޓްތަކުގައި މަސައްކަތްކުރުމާ މަސްވެރިކަމާއި ފަންވިނުމުގެ އިތުރުން ދަނޑުވެރިކަމެވެ.

ތާރީޚް[އުނިއިތުރު ގެންނަވާ]

ކުރިއްސުރެ ދިވެހިންގެތެރޭގައި މަޝްހޫރު ދޮންހިޔަލަ އާއި ޢަލިފުޅު ދިރިއުޅުނުކަމަށް ބުނެވޭ ބުރުނީގައި ދޮންހިޔަލަ ކަމަނާ ދިރިއުޅުނުކަމަށްބުނާ ވަޅުގަނޑުވަރު ހުރިތަނުގެ ގާގަނޑާއި އަދި ކަމަނަ އޮޅޭކިޔާތަނާ ހީނާދަނޑު ކޯމަސްދަނޑު، އަދި ކަމަނާ މިސްކިތޭކިޔާ މިސްކިތެއްވެސް މިރަށުގައި ހުރޭ. 2004 ޑިސެމްބަރ 26 ގައި ދިމާވި ހިތާމަވެރި ސުނާމީގެ ކާރިސާއަށްފަހު ވަގުތީގޮތުން ވިލުފުށީ ރައްޔިތުންގެ ގިނަމީހުން ދިރިއުޅުމަށް ބުރުނީގައި ހަދާފައިވާ 38 ވަގުތީހިޔާގެ 152 އެޕާޓްމަންޓްގައި . ވިލުފުށީގެ 1225 މީހުންން ދިދިރިއުޅެފައިވޭ މިރަށަކީ ބަނދަރު ހެދިފައިވާ ، ތިމާވެށީގެގޮތުން މުއްސަދި ރަހެއް.

ތ އަތޮޅުގެ ރަށް ތަކުގެ ރެރެއިން ބުރުނި ފާހަގަ ކުރެވެނީ މީހުން ދިރި އުޅޭ ހިސާބަށް ވުރެ 

މީހުން ނޫޅޭ ހިސާބު ވާ ބޮޑު ރަށެއްގެ ގޮތުގައެވެއަދި މީހުން ދިރިއުޅޭ އަވަށު ތެރޭގަވެސް ހުސް ބިން ގިނަކަމށް ފާހަގަ ކުރެވެއެވް. މި ވާހަކަ ތ.އަތޮޅު ބަނދިންވެސް ފާހަގަ ކުރެވެއެވެ. ތ އަތޮޅު ބަނދި ވިދާޅުވެލެއްވުމަށް

ބުރުނީގަ ހުރި ފާހަގަ ކޮށްލެވޭ އިމާރާތްތަކާއި ތަންތަން[އުނިއިތުރު ގެންނަވާ]

ހުކުރު މިސްކިތް[އުނިއިތުރު ގެންނަވާ]

ކަމަނާ މިސްކިތް[އުނިއިތުރު ގެންނަވާ]

ސުނާމީ މިސްކިތް[އުނިއިތުރު ގެންނަވާ]

ކަމަނާ ތުނޑި[އުނިއިތުރު ގެންނަވާ]

ކަމަނާ ގަނޑުވަރު ތަރާގަނޑު (ގާގަނޑު) ތިލަފިހިގެ ހުރި އުސް ފަސްގަނޑު[އުނިއިތުރު ގެންނަވާ]

މަކްތަބު (އިޖުތިމާއީ މަރުކަޒު)[އުނިއިތުރު ގެންނަވާ]

ބާ އޮފީސް[އުނިއިތުރު ގެންނަވާ]

ފާހަގަކޮށްލެވޭ ކަންތައް[އުނިއިތުރު ގެންނަވާ]

ބުރުނީގައި ޚާއްޞަކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އެއްކަމަކީ އަހަރުގެ ވަކިމޫސުމެއްގައި (ހުޅަނގު މޫސުމް ) ފަޅުތެރެއަށް ގިނަޢަދަދަކަށް ރާގޮނޑި ވަނުމާ، އަދި އެކަމަށް ޙައްސަ ކުރެވިފައިވާ ދަލެއްބޭނުންކޮށްގެ މިރާގޮޑިތައްހިފައި ބުރުނީގައި އެވަގުތު ތިބި ކޮށްމެ ވިހޭގެބޮލަކަށް ލިބޭ އުސޫލުން ކުދިބޮޑުއެއްމެނަށް ބަހައެވެ . މިކަމުގެ ސަބަބުން ބުރުނީގެ ރައްޔިރުން އުމްރާނީ ގޮތުން ނާއި މާލީ ގުތުން ކުރިއަރައި ގޮސްފައިވޭ. 1990 ގެ އަހަރުތަކުގައި ރާގޮނޑި ހިފުން ހުއްޓުމަކަށް އައުމަށް ފަހު މިހާރު 2008 އިން ފެސިގެން ކޮންމެއަހަރަކުވެސް ރާގޮނޑި މޫސުމުގައި ދުވާލަކަށް އެވްރެޖް ކޮށް 4000 އާ 10000 އާ ދެމެދުގައި ރާގޮނޑި ހިފެއެވެ.