ބަޑި ބުރާސްފަތި

ވިކިޕީޑިއާ އިންވިކިޕީޑިއާ

3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަސް މަޝްހޫރު ވެފައިވަނީ މި ނަމުންނެވެ.

އެދުވަހަކީ ރާއްޖޭގެ ބަޔަކު ހަތިޔާރާއެކު އޮޅުދޫކަރައިގެ ތަމަޅަ ކުލީސިފައިން ގެނެސް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކަމުގައި ހުރި އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލުމަށް ބަޣާވާތް ކުރި ދުވަހެވެ. އެދުވަހުގެ ފަތިހު ތަމަޅަ ކުލީ ސިފައިން މާލެ އަރައި ސިފައިންގެއާއި ރައީސް އޮފީހާއި މުލިއާގެ (ރައީސްގެ ގެކޮޅު) ހިފުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިން އެމީހުނާ ވަރުގަދަޔަށް ހަނގުރާމަކޮށް އެދުވަހުގެ އިރު އޮއްސުމަ ހަމައަށް ދިޔަ އިރުވެސް އެމީހުންގެ އަތްދަށަށް ރާއްޖެ ދިޔަ ނުދީ ހިފެހެއްޓި އެވެ. އަދި ބަޣާވާތް ކާމިޔާބު ނުވާނެކަން އެނގުމުން ބައެއް ދިވެހިން ރަހީނުކޮށްގެން އެމް. ވީ. ޕްރޮގްރެސް ލައިޓް ގައި ފިލަން މަސައްކަތް ކުރިއެވެ. އިންޑިޔާ ސިފައިންގެ އެހީތެރިކަމާ އެކު އެ ބޯޓް ފައްތާލައި އެމީހުން ހިފައި ހައްޔަރު ކުރެވުނެވެ.