ބައްކާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބައްކާ (ޢަރަބިބަހުން: بكة) އަކީ ޤުރުއާނުގައި ނަންގަނެވިފައިވާ ތަނެއްގެ ނަމެވެ. ބައްކާ ގެ ވާހަކަ ގުރުއާނުގައި އައިސްފައިވަނީ ޢާލް ޢިމްރާން ސޫރަތުގެ 96 ވަނަ އާޔަތުގައެވެ. ބުނެވޭ ގޮތުގައި މިއީ އެންމެ ފުރަތަމަ މިސްކިތެއް ބިނާކުރެވުނު ތަނެކެވެ. އެހެން ކަމުން ބައެއް މީހުން މިތަނަކީ މައްކާގައި އޮންނަ ތަނެއް ކަމަށް ބުނެއެވެ. އަނެއް ބަޔަކު ބުނަނީ އެއީ ބައިބަލްގައިވާ ބައްކާގެ ވާދީ އާއި ގުޅިގެން އައިސްފައިވާ ނަމެއް ކަމަށެވެ.

މައްކާ އާއި ބައްކާ[އުނިއިތުރު ގެންނަވާ]

މައްކާ އާއި ބައްކާ އަކީ އެއްތަނެއް ކަމުގައި ބުނާ ބުނުން[އުނިއިތުރު ގެންނަވާ]

ބުނެވޭ ގޮތުގައި ބައްކާ އަކީ ކުރީގައި މައްކާ އަށް ކިޔޭ އެހެން ނަމެކެވެ. ބައްކާ އިން ރަމްޒުކޮށް ދެނީ އެންމެ ފުރަތަމަ މިސްކިތް ބިނާ ކުރެވުނު ތަނެވެ. އިސްލާމް ދީން ގައި ފުރަތަމަ ބިނާކުރެވުނު މިސްކިތެއް ކަމުގައި ބެލެވެނީ ކައުބަތުﷲ ގެފުޅެވެ. މިއީ އިބްރާހީމްގެ ފާނާއި ދަރިކަލުން އިސްމާޢީލްގެފާނު ބިނާކުރެއްވި ތަނެކެވެ. ވަރަށްގިނަ ފަތްފުތްތަކުގައި ބައްކާ އަކީ މައްކާ ކަމުގައި ލިޔެފައިވެއެވެ.

މައްކާ އާއި ބައްކާ އަކީ އެއްތަނެއް ނޫން ކަމުގައި ބުނާ ބުނުން[އުނިއިތުރު ގެންނަވާ]

މައްކާ އަށް ބައްކާ ޢާންމު ކޮށް ކިޔައި ނޫޅޭތީ ބައްކާ އަކީ މައްކާ ކަމާ މެދު ބައެއް ފަހަރު ޝައްކު ކުރެވޭ ތަން އާދެއެވެ. ބައެއް މީހުން ބުނަނީ ބައްކާ އަކީ ޢާންމުކޮށް ވާދީ އާއި ކޯރު ފަދަ ތަންތަނަށް ކިޔަ އުޅޭ ނަމެއް ކަމަށެވެ. މިސާލަކަށް މިޞްރުގައި ސީނާގައި އޮންނަ ވާދީ އަކަށް ވާދީ އަލްބައްކާ ނުވަތަ އަލްބައްކާ ވާދީ އޭ ކިޔައެވެ. އަދި މެރޯތު ގައި ވާ ގެލީލީ ސަރަހައްދުގެ މެދުގައި އޮންނަ ވާދީ އަކަށް ބައްކާ އޭ ކިޔައެވެ. މާނައަކީ މިފަދަ ކޮންމެ ތަނަކަށް ބައްކާ އޭ ކިޔައިިފާނެ ކަމެވެ.

ލިޔުންތެރިޔާ ކްރިސްޓޯފް ލަކްޒެމްބާރގް ދެކިލައްވާ ގޮތުން ބައްކާ ކިޔޭއިރު އޮންނަ ބާ މައްކާ ކިޔޭ އިރު އޮންނަ މީމަށް ބަދަލުވެގެން ގޮސް މައްކާގެ ނަން އުފެދިގެން އައި އައުމަކީ އަރަބި ބަހަށް ބަލާއިރު އަސާސެއް އޮތް ކަމެއް ނޫނެވެ. މާނައަކީ އެގޮތަށް ބަދަލުވި ބަދަލުވުމަކީ ރަގަޅު ބަދަލުވުމެއްކަން ގަބޫލު ކުރެވެން ނެތުމެވެ.

މި މަޒުމޫނަކީ މުޅިން ފުރިހަމަ ވެފައިވާ މަޒުމޫނެއް ނޫނެވެ. މި މަޒުމޫނު ފުރިހަމަ ކޮށްދެއްވަން ބޭނުންފުޅު ނަމަ އިނގިރޭސި ވިކިޕީޑިއާ ގައި މި ޢުންވާނުގެ ދަށުން ލިޔެވިފައިވާ މަޒުމޫނު ބައްލަވައިގެން ތަރުޖަމާގެ ނުނިމި އޮތް ބައި ފުރިހަމަކޮށް ދެއްވާށެވެ. ކަނާތްފަރާތުގެ އަރިމަތީގައިވާ ފާލަންތަކުން އިނގިރޭސި ބަހުން އޮތް މަޒުމޫނަށް ވަޑައިގެންނެވޭނެއެވެ.