ބަހުގެ ޤަވާޢިދު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބަހުގެ ގަވައިދަކީ ބަހެއްގައި ލަފްޒު އެތުރި ތަރުތީބު ވާ ހަމައެވެ.

މަސްދަރު[އުނިއިތުރު ގެންނަވާ]

ލެޓިން ބަހާއި އިނގިރޭސި ބަހުގެ ގަވައިދުގައި މަސްދަރަކީ ޒަމާނެއް ނުހިމެނޭ ފިއުލެއްގެ ސިފަ ހުންނަ ވައްތަރެކެވެ. މިއީ ނަމުގެ އިބާރާތެއްގެ ބަދަލުގައި ބޭނުން ކުރެވޭ ކަމުގެ އިބާރާތް އުފެއްްދުމަށް ބޭނުން ކުރެވޭ ވައްތަރެކެވެ. މިއީ ކަމުގެ ނަން ވެސް މެއެވެ.

ލެޓިން ބަހުގައި ޖެރަންޑް ނުވަތަ މަސްދަރަކީ އޭގައި ނަމުގެ ސިފަ އެކުލެވޭ، އެހެންނަމަވެސް ކަމުގެ ލަފްޒުތަކުގެ ވައްތަރެކެވެ. އަރަބި ބަހުގައި މަސްދަރަކީ ކަމުގެ ނަމެވެ.

މަސްދަރު ޖުމްލައެއްގެ މާއްދާ ނުވަތަ އިސްބައިގެ ގޮތުގައި ވެސް އަތުވެދާނެއެވެ. މިސާލު: ފެތުމަކީ ހިތްގައިމު ކަމެކެވެ. އަދި ރައްދުވާގެ ގޮތުގައި ވެސް އަތުވެދާނެއެވެ. މިސާލު: ފެތުމާ އަހަރެން ގަޔާވެއެވެ.

ޓީވީ ބަލާން އިންނަ އިރު ބިސްކޯދު ކެއުމަކީ ތަސްކީނު ވެލުމުގެ ގޮތެކެވެ. (މި ތަނުގައި ކުލަގަދަކޮށް ލިޔެފައި މި ވަނީ މަސްދަރުގެ އިބާރާތެކެވެ. މި ތަނުގައި މަސްދަރުގެ އިބާރާތް ބޭނުން ކޮށްފައި މިވަނީ މި ޖުމްލައިގެ އިސްބައިގެ ގޮތުގައެވެ.)