Jump to content

ރިކެޓްސިޔާ ސޫސުގަގަމޫޝީ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ރިކެޓްސިޔާ ސޫސުގަގަމޫޝީ(އިނގިރޭސި ބަހުން: Ricketssia Tsutsugamushi) އަކީ ބެކްޓީރިޔާ ގެ ސައިޒަށް ހުންނަ ރިކެޓްސިޔާ އާއިލާއަށް ނިސްބަތްވާ ޖަރާސީމެކެވެ. މައިކްރޮސްކޯޕެއްގެ ދަށުން ރިކެޓްސިޔާ ފެންނާނީ ދިގުކޮށް ( ސީދާ ދަނޑިކޮޅެއްގެ ސިފަަޔަށް ) ނުވަތަ ވަށް ( ވަށްބޯޅައެއްގެ ސިފަޔަށް ) އެއްޗެއްގެ ސިފަޔަށެވެ. ރިކެޓްސިޔާ ސޫސުގަމޫޝީ އެއެއްޗެއްގެ ހަށިގަނޑުގައި ދިރިއުޅޭ ސެއްޅި ނިސްބަތްވަނީ ލެޕްޓޯޓްރޮޕީޑިއަމް އަކަމޫޝީ، އަދި ލެޕްޓޯޓްރޮޕީޑިއަމް ޑެލިއެންސް ކިޔާ ވައްތަރަކަށެވެ. ސެއްޅީގެ ދިރިހުރުމުގެ ބުރުގައި 4 މަރުޙަލާއެއް ކަނޑަތުކުރެއެވެ. އެއީ ބިސް، ލާރވާ، ނީމްފް، އަދި ފުރިހަމަ ސެއްޅި އެވެ. ބަލި ޖައްސާ ޖަރާސީމް ސެއްޅީގެ މުޅި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުރެއެވެ. ނަމަވެސް އެންމެ ގިނައިން ހުންނަނީ ކުޅުއުފައްދާ ގޮށްތަކުގައެވެ. ސެއްޅި އޭގެ ކާނާ ހޯދުމަށް އިންސާނުންނާއި، އެހެނިހެން ޖަނަވާރުތަކުގައި ދަތްއަޅާ ހިނދު، މިބަލި ޖައްސާ ޖަރާސީމް އިންސާނުން ނުވަތަ އެޖަނަވާރެއްގެ ހަށިގަނޑުގެ ތެރެއަށް ދެއެވެ. މިބައްޔަށް ސޫސުގަމޫޝީ ބަލި (އިނގިރޭސި ބަހުން: tsutsugamushi disease)މިހެންވެސް ކިޔައި އުޅެއެވެ. ސޫސުގަމޫޝީ(އިނގިރޭސި ބަހުން: Tsutsugamushi) އަކީ ޖަޕާން ބަހުގައި ވަކި ދެލަފުޒެވެ. ސޫސުގަ(އިނގިރޭސި ބަހުން: Tsutsuga) މާނައަކީ ކުޑަ އަދި ނުރައްކާތެރި އެއްޗެއް މިއެވެ. މޫޝީ(އިނގިރޭސި ބަހުން: mushi) ގެ މާނައަކީ މަޚްލޫޤް ނުވަތަ ދިރޭއެއްޗެއް މިއެވެ.