ރަށްކުރިއަރުވާ ކޮމިޓީ
ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީ ތަކަކީ ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކަންތައްތަކުގައި ރަށުގެ ވެރިންނާ ރަށުއޮފީހާ ގުޅިގެން މަސައްކަތްކުރުމާއި، ރައްޔިތުންނާގުޅޭ ކަންކަމުގައި ރަށުގެ ވެރިންނަށް ލަފަޔާ މަޝްވަރާދީ ރަށުގެ ކުރިމަގު ބައްޓަންކުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް އައްޔަންކުރެވިފަވާ ކޮމިޓީއެކެވެ. މިކޮމިޓީގައި ހިމެނޭ މެމްބަރުން ހޮވަނީ އެރަށެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރުވޯޓަކުންނެވެ. މިކޮމިޓީގައި ހިމެނޭ މެމްބަރުންގެ ޢަދަދު ކަނޑައެޅިފައިއޮންނަނީ އެރަށެއްގެ އާބާދީގެ ކުޑަބޮޑު މިނަށްބަލައިގެންނެވެ. މިކޮމިޓީގެ ރައީސަކަށް ހުންނަވާނީ އެވަގުތަކު ރަށުއޮފީސް ހިންގެވުމާ ޙަވާލުވެހުންނަވާ ވެރިއެކެވެ.? މީގެއިތުރުން ކޮމިޓީގައި ހިމެނޭ މަޤާމްތަކަކީ ނައިބްރައީސް، ސެކްރެޓްރީ މިމަޤާމްތަކެވެ. މިކޮމިޓީގެ ޢުމުރަކީ މީލާދީ ފުރިހަމަ ދެއަހަރުދުވަހެވެ.