ރަހިމުގައި ފައިބްރޮއިޑް އުފެދުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފައިބްރޮއިޑަކީ ރަހިމުގެ މަސްގަނޑުގައި އުފެދޭ ޓިއުމަރގެ ވައްތަރެކެވެ ރަހިމުގައި އުފެދޭ ފައިބްރޮއިޑަށް މަޔޯމާ އަދި ލިޔޯމަޔޯމާވެސް ކިޔައެވެ މިއުފެދި ބޮޑުވަނީ ރަހިމުގެ މަސްގަނޑުގެތެރޭގައި ނުވަތަ ދެފަރާތުގައެވެ. މީގެ ބޮޑުމިން ތަފާތު މިންވަރަށް ހުރެއެވެ. ކުޑަ ފަސްއޮށެއްވަރުގެފައިބްރޮއިޑް ހުންނައިރު ބަރަބޮލެއްވަރުގެ ފައިބްރޮއިޑްވެސް ހުރެއެވެ. ކިތައްމެ ބޮޑުވިޔަސް މިވައްތަރު ޓިއުމަރ ކެންސަރަކަށް ބަދަލެއް ނުވާނެއެވެ. އާންމުގޮތެއްގައި ރަހިމުގައި ފައިބްރޮއިޑް އުފެދެނީ ދަރިމައިވާ އުމުރުފުރާ ގައެވެ. ފައިބްރޮއިޑް ވަކިވަރަކަށް ވުރެ ބޮޑުވެއްޖެ ނަމަ ރަހިމު އެއްފަރާތަކަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ވަށައިގެންވާ އެތެރެހަށީގެ ގުނަވަންތަކަށް ބާރު ބޮޑުވެއެވެ. އަދި މިކަމުގެ ސަބަބުން ތަފާތު އުނދަގޫތަކާއި ކުރިމަތި ވެއެވެ. އޭގެތެރޭގައި މަސާނާއަށް ފިތި ބާރުބޮޑުވުމުން އަވަސްއަވަހަށް ކުޑަކަމުދާން ޖެހެއެވެ. ހިމަގޮހޮރަށް ފިތި ބާރު ބޮޑުވުމުން ބޮޑުކަމުދާން އުދަގޫވެ ދައްބަނޑުގައި ރިއްސާގޮތް ވެއެވެ. އަދިމައްސަރު ކަންތަކުގެ ދުވަސްވަރު ގިނައިން ލޭފައިބާގޮތް ވެއެވެ. މީގެއިތުރުން ބަލިވެއިނދެއްޖެނަމަ ވިހަން އުދަގޫވެ ސިޒޭރިއަން ހަދައިގެންދަރިފުޅު ނަގަން ޖެހިދެއެވެ