ނެރު:Biography/Intro

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޙަޔާތު ނާމާ އަކީ މީހެއްގެ ދިރިއުޅުން ނުވަތަ ޙަޔާތުގެ ކަންތައްތައް ހިނގާފައިވާ ގޮތް ނުވަތަ ހިނގަމުންދާ ގޮތް ބަޔާންކޮށް މަޒުމޫނެއްގެ ސިފައިގައި ނުވަތަ ފޮތެއްގެ ސިފައިގައި ލިޔާލިޔުމެކެވެ. އިގިރޭސި ބަހުގައި ޙަޔާތު ނާމާ އަށް ބޭނުންކުރެވޭ ބަޔޯގްރަފީ މިބަސް ނެގިފައިވަނީ ގްރީކް ބަހުންނެވެ. ބަޔޯ މިލަފުޒުގެ މާނަ އަކީ ދިރިއުޅުން ނުވަތަ ޙަޔާތް އެވެ. ގްރަފީ މިބަހުގެ މާނައަކީ ލިޔުން މިއެވެ. އެހެން ކަމުން ބަޔޯގްރަފީ އަކީ މީހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައި އޮންނަ ލިޔުމެކެވެ. (އަދި އިތުރަށް...)